ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފަތުއަޑު ކިޔާފައި ބަހުސް ކުރަނީ ހާރިޖީ ގުޅުންތަކުގެ މައްޗަށެވެ. ސިޔާސީ ހަރަކާތްތަކުގެ ޝިއާރުތަކުގައި މި ވާހަކައެވެ. ޕާޓީއެއްގެ ޖަލްސާއަކަސް، ޕްރެސްއަކަސް، ޓީވީ ޕްރޮގްރާމަކަސް، ވާހަކަ ދެކެވެނީ މި މައުޟޫއަށެވެ. މައުޟޫއު ގުޅުވަނީ ގައުމުގެ ސިޔާދަތަށެވެ. މިނިވަންކަމާއި އިސްތިގްލާލަށެވެ. ދަރަނީގެ މަޅިއެއްގައި "އަޅުވެތި" ކުރާ ކަމުގެ ތުހުމަތެވެ. ނުވަތަ ބޭރުގެ ސިފައިން އަރާ، ގައުމު "ހިފަން" އުޅޭ ކަމުގެ ތުހުމަތެވެ. ހިޔާނާތުގެ ތުހުމަތު ކުރުން މި އޮތީ އެތެރެއިންނާއެކު ބޭރުގެ އަސްދަނޑިތަކާ ގުޅުވާ ހަމައަށް ގޮސްފައެވެ.

މިއީ އިއްޔެ މިއަދަކު ފެށިގެން އުޅޭ ބަހުސެއް ނޫނެވެ. މާ ކުރިން ވެސް އޮތް ބަހުސެއް ހޫނުވެ "ކެކި އަރައިގަތީ" އެވެ. 2018 ގެ ރިޔާސީ އިންތިހާބުގައި ވެސް މި ބަހުސް، ދޭތެރެ ދޭތެރެއިން އެތެރޭގެ މަސްރަހުގައި ކުރެވުނެވެ. އެކަމަކު ބައިނަލް އަގްވާމީ މީޑިއާތަކުން މުޅިން ވެސް އަޅަމުން ދިޔައީ އެ ސުރުޚީއެވެ. "އިންޑިއާ-ޗައިނާގެ ވާދައިގެ މައި ބެޓަލްގްރައުންޑް" ގެ ގޮތުގައެވެ. ރާއްޖޭގެ އިންތިހާބީ މަސްރަހުގެ ހަބަރުތައް ގެނެސްދެމުން އައީ އެ މައުޟޫއަށް ބިނާކޮށެވެ. އޭރުގެ ވާދަވެރި ދެ ކެންޑިޑޭޓުންނަށް ވުރެ "އިންޑިއާ-ޗައިނާ" ވާހަކަ މާ ބޮޑަށް ދެކެވުނެވެ.

ކުރީގެ ސަރުކާރުގައި ޗައިނާ، މި ސަރުކާރުގައި އިންޑިއާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަވަށްޓެރިޔާ ދޫކޮށް، ހާރިޖީ ސިޔާސަތުގައި އިސްކުރީ އެއަށް ވުރެ އިރުމައްޗެވެ. އިންޑިއާއާއި ގުޅުން ގޯސްވެ، ޗައިނާއާއި ދިޔައީ ގުޅުން ބަދަހި ކުރަމުންނެވެ. އެމަނިކުފާނުގެ ޒައާމަތުގައި ހިންގި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގަމުން ގެންދިޔައީ ޗައިނާގެ ހިލޭ އަދި ލޯނު އެހީގެ ދަށުން ޗައިނާގެ ކުންފުނިތަކުންނެވެ.

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ މަޝްރޫއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާއި، އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި "ހިޔާ" މަޝްރޫއުގެ 7،000 ފްލެޓް އިމާރާތް ކުރުން ފަދަ ބޮޑެތި މަޝްރޫއުތަކެވެ. ޗައިނާއާއި އެކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވެސް ގާއިމް ކުރީއެވެ.

މި މަޝްރޫއުތަކަށް ފަހު، ޗައިނާއަށް އެކަނި، ރާއްޖޭން 2 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އޭގެ ތެރޭގައި ބޮޑެތި އިންޓަރެސްޓް ރޭޓްތަކުގައި ސަރުކާރުގެ ކުންފުނިތަކަށް ދީފައިވާ ކޮމާޝަލް ލޯނުތައް ވެސް ހިމެނެއެވެ. އެ ލޯނުތަކަކީ ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތަކެކެވެ. އެއީ އެ ކުންފުނިތަކަށް ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި ސަރުކާރުން ޒިންމާވާން ޖެހޭ ލޯނުތަކެވެ.

ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތުގައި ހަމަހަމަކަން ނެތް ކަމާއި، ބައެއް ގައުމުތަކާ ގުޅުން ގޯސްވެ ބައިނަލް އަގްވާމީ މުޖުތަމައުގައި ރާއްޖެ އެކަހެރިވަމުންދާ ކަމުގެ އަޑު އިދިކޮޅު ފަރާތްތަކުން ގަދަކޮށްލިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ހާރިޖީ ސިޔާސަތު ހަމަހަމަ ކުރުމުގެ ވައުދުފުޅާ އެކުއެވެ. ކުރިން ވެސް ބެލެވުނު ގޮތަށް އިންޑިއާ އާއި ގުޅުން ބަދަހިވެގެން ދިޔައެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް އިންޑިއާ އިން ގްރާންޓް އަދި ލޯނު އެހީތައް ހަމަޖެއްސިއެވެ. އިންޑިއާ އިން ދޫކުރާ 200 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓްގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ 150 މިލިއަން ޑޮލަރަކީ ޓްރެޒަރީ ބޮންޑެވެ. މީގެ އިތުރަށް 800 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕެއް ހިމެނެއެވެ. އެއީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމީ އިންޑިއާގެ މި އެހީގައެވެ. ހުޅުމާލޭގައި ތަރައްގީ ކުރާ ކެންސަރު ހޮސްޕިޓަލާއި، ކްރިކެޓް ސްޓޭޑިއަމްއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމެވެ. އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކެވެ. ގްރޭޓާ މާލޭގެ ކަނެކްޓިވީ ބްރިޖާއި، ގުޅިފަޅު ޕޯޓް ފަދަ ބޮޑެތި އުމްރާނީ ތަރައްގީއެވެ. ކޮޗިންއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީ ދަތުރުތަކެއް ވެސް ދާދި އަވަހަށް ފަށާނެއެވެ.

އެމްޑީޕީ-ޕީޕީއެމްގެ ވާދައިގެ ތެރެއަށް އިންޑިއާ-ޗައިނާގެ ވާދަ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އިންޑިއާއަށް ތައުރީފްކޮށް، ޗައިނާއަށް ފާޑު ވިދާޅުވަމުންނެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ގެންދަވަނީ އިންޑިއާއަށް ފާޑުވިދާޅުވެ، ޗައިނާއަށް ތައުރީފް ކުރައްވަމުންނެވެ. މި ސަރުކާރާއި އިންޑިއާ އާއި ގުޅުވައި އެކި ތުހުމަތުތައް ކުރަމުންނެވެ. އެމްޑީޕީގެ ބޭފުޅުންތަކެއް ވެސް ގެންދަވަނީ ޗައިނާއާއި އިދިކޮޅާ ގުޅުވައި އެކި ވާހަކަތައް ފަތުރަމުންނެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބައިނަލް އަގްވާމީ ޕްލެޓްފޯމްތަކުގައި އިންޑިއާއަށް ތައުރީފްކޮށް، ޗައިނާއާ ދެކޮޅަށް ކެމްޕޭނެއް ކުރައްވަމުންނެވެ. އެމަނިކުފާނު ޗައިނާގެ ލޯނުތައް ސިފަ ކުރައްވަނީ ދަރަނީގެ މަޅިއެއްގެ ގޮތުގައެވެ. ދެން ވިދާޅުވަނީ އިންޑިއާއިން، ރާއްޖެ އެފަދަ މަޅިއެއްގައި "ނުފައްތާނެ" ކަމަށެވެ. ދިވެހިންގެ ދިރިއުޅުން ތަނަވަސް ކުރެވޭނީ ރާއްޖެ-އިންޑިއާގެ ގުޅުން ބަދަހިކޮށްގެން ކަމަށެވެ.

ޗައިނާއާއި ދެކޮޅު ކެމްޕޭނެއް ނަޝީދު ކުރައްވަމުން ދަނިކޮށް، "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ވެސް ކެމްޕޭނެއް އެތެރޭގައި ފަށައިފިއެވެ. އިންޑިއާއިން ދިން ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށެވެ. ޕީޕީއެމްއާއި ޕީއެންސީން އިސްވެ ކުރާ ކަމެއް ނޫން ކަމަށްް ބުންޏަސް، އެ ހަރަކާތްތަކުގައި ކޯލިޝަންގެ ލީޑާޝިޕްއާއި އެކްޓިވިސްޓުން ބައިވެރިވެއެވެ.

މި ހަރަކާތާއި ޗައިނާއާއި ގުޅުވައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވާހަކަ ދެއްކެވިއެވެ. ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވަނީ އިންޑިއާއާއި ދެކޮޅަށް ހިންގާ އެ ހަރަކާތަކީ، ޗައިނާއިން އިދިކޮޅު ފަރާތްތަކަށް ފަންޑުކޮށް ހަރަދުކޮށްގެން ހިންގާ ހަރަކާތެއް ކަމަށެވެ. އެ ހަރަކާތްތައް ހިންގަން ފަންޑް ކުރަނީ ރާއްޖޭގެ އެތެރޭގެ މަސްހަލަތު އިތުރަށް ހަލަބޮލިކުރަން ކަމަށް ތުހުމަތުކުރެއްވިއެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ އެ ކޯލިޝަނުން، ބޭރުގެ އެއްވެސް ގައުމަކުން ފަންޑު ނުހޯދާނެ ކަމަށެވެ. އިދިކޮޅުގައި ތިބިއިރު، އިންޑިއާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރާއްޖެ ހިފަން ޖެހޭނެ ކަމަށް ގޮވާލައްވަމުން ގެންދެވީ އެމްޑީޕީގެ އިސް ބޭފުޅުން ކަމަށް ވިދާޅުވެ ރައްދު ދެއްވިއެވެ.

ބަހުސްގެ ތެރެއަށް ދެން ނުކުންނެވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ޗައިނާއަށް ރައްދު ބަހެއް ވިދާޅު ނުވި ނަމަވެެސް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވިއެވެ. އިންޑިއާގެ އެހީތައް ދިފާއު ކުރެއްވިއެވެ. ވިދާޅުވީ، އިންޑިއާއާއި ދެކޮޅަށް އިދިކޮޅުން ހަރަކާތްތައް ހިންގަނީ އެ ގައުމުގެ އެހީގައި ރާއްޖެ ތަރައްގީވާ މަންޒަރު ފެނި "ހިތްދަތިވެގެން" ކަމަށެވެ.

ޝާހިދުގެ ވާހަކައާއެކު އިދިކޮޅުން ޕްރެސްއެއް ބޭއްވިއެވެ. ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ ބަހުގެ ހަމަލާތައް އިންޑިއާ ސަރުކާރަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އަމާޒުކުރެއްވިއެވެ. މޯދީ ބޭނުންފުޅުވަނީ އިންޑިއާގެ އަވަށެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކަމަށް ތުހުމަތު ކުރެއްވިއެވެ. ރައީސް ސޯލިހް އެ ކަމަށް އެއްބަސްވެވަަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. "ހަރުކަށިކަމާއި" މޯދީއާ ގުޅުވައި ވާހަކަ ދެއްކެވިއެވެ.

ފަތުރަނީ އަސާސެއް ހުރި ވާހަކަތަކެއް؟ ބޭނުމެއް ހުރި ބަހުސެއް؟

ޗައިނާގެ ލޯނުތަކަކީ ޝަރުތުތަކެއް ހިމެނޭ ދަރަނީގެ މަޅިއެއްގެ ގޮތުގައި އެމްޑީޕީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ދޮގުކުރައްވައެވެ. އިންޑިއާގެ ލޯނުތަކަކީ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އަޅަން ޝަރުތުކޮށް ދޫކުރާ ލޯނެއްގެ ގޮތުގައި ދެކެވޭ ވާހަކަތައް އިންޑިއާ ސަފީރު ދޮގުކުރައްވައެވެ.

"ވަގުތަށް" އިންޑިއާގެ ސަފީރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާ އިން މަސައްކަތް ކުރަނީ ރާއްޖެ ހިފަން ކަމަށް ބުނެ ދައްކަނީ އަސާސެއް އަދި އޮށްޓަރެއް ވެސް ނެތް ވާހަކަތަކެއް ކަމަށެވެ. އިންޑިއާގެ އަސްކަރީ މަރުކަޒެއް އަޅަން އުޅޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ. ސިޔާސީ އިސް ލީޑަރުން އެފަދަ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ، ވަރަށް ދެރަ އަމަލެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

އިންޑިއާ ސަފީރު އެ ގޮތަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އިތުރަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަތަައް ދޮގުކުރައްވަމުންނެވެ. އައްޑޫގައި އިންޑިއާގެ އެހީގައި ޕޮލިސް އެކަޑަމީއެއް އަޅަން އުމަރު ސޮއިކުރެއްވި އެއްބަސްވުން މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ. އުމަރު ހިމެނޭހެން، އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ އެއީ އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ.

ޗައިނާގެ ސަފީރު، ޓްވީޓާ މެދުވެރިކޮށް އަބަދުވެސް އެމްޑީޕީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަ ދޮގުކުރައްވައެވެ. "ބީބީސީ" އަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދަރަނީގެ މަޅީގެ ވާހަކަތަކަކީ ހިޔާލީ ވާހަކައެއް ކަމަށެވެ. ޗައިނާއަށް ދައްކަންޖެހޭ ލޯނުގެ ޖުމުލަ އަދަދު ވެސް އޮޅުވާލައިގެން މިނަށް ވުރެ ބޮޑު އަދަދުތަކުގެ ވާހަކަ ދައްކަވާ ކަމަށެވެ. ލޯކަލް ޕާޓީ ގޭމް ތެރެއަށް ޗައިނާ ވައްދަނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާ ސަފީރު ރައްދު ދެއްވީ ރައީސް ނަޝީދު އާއި އާޒިމް ދައްކަވާ ވާހަކަތަކަށެވެ. "ބީބީސީ" އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވަނީ ޗައިނާގެ ދަރަނި ތިން ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެކަމަކު ލިޔެކިއުންތަކުން ފެންނަނީ އެއް ބިލިއަން ޑޮލަރެވެ. ޗައިނާ ސަފީރު ވެސް ވިދާޅުވަނީ އެ އަދަދެވެ. ނަޝީދަށް މައުލޫމާތު އެނގިވަޑައިނުގަންނަވަނީ ކަމަށް ވެސް ސަފީރު ވިދާޅުވެފައިވެއެވެ.

ސިޔާސީ ބޭފުޅުން ފަތުރުމުންދާ ވާހަކަތަކާއި ގުޅޭ ގޮތުން ހާރިޖީ ދާއިރާގެ އެނަލިސްޓަކު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ހަގީގަތެއް ނެތް ވާހަކަތަކެއް ނަމަ މައްސަލައެކެވެ. ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް މުހިއްމު އިންވެސްޓަރެއް ކަމަށާއި، ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ފަހަރަކު އިންޑިއާއިން އިސްވެ އެހީވާ ކަމަކީ ތާރީހުން ފެންނަ ހަގީގަތެއް ކަމަށް ވިދާޅުވިއެވެ. އެތެރޭގެ ހިޔާލު ތަފާތުވުމުގައި އެ ދެ ގައުމާއި މެދު ނަފުރަތު އުފެދޭ މޭރުމުން ވާހަކަ ދައްކައިގެން ދަތި ކުރުމުގެ ފިޔަވަޅެއް އަންނަ ނަމަ، އޭގެ ގެއްލުން ދައްކާނީ ދިވެހިންނަށް ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވަކާލާތު ކުރައްވާ އުމަރު ނަސީރު ވެސް ވިދާޅުވަނީ އިންޑިއާއާއި މެދު ނަފުރަތު އުފައްދައިގެން ނުވާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ވެސް އިންޑިއާއަށް އަމާޒުކޮށް ނަފުރަތު އުފެދޭ މެސެޖްތައް ދެއްވާ ކަމަށް ވިދާޅުވިއެވެ. ޗައިނާއާއި މެދު ވެސް ނަފުރަތު އުފައްދައިގެން ނުވާނެ ކަމަށާއި ދެ ޕާޓީގެ ބޭފުޅުން އެއިން ގައުމެއްގެ ފަޅިއަށް އަރައި ބަހުސް ކުރާނަމަ، "އިންޑިއާ ޗައިނާ ވާދައިގެ ތެރޭގައި ރާއްޖެ ފިތިގެންދާނެ" ކަމަށް އުމަރު ވިދާޅުވެއެވެ.

ހާރިޖީ ގުޅުންތައް ދިރާސާކުރައްވާ ބޭފުޅުން އަބަދުވެސް ފާހަގަކުރައްވާ ނުކުތާއަކީ ބައިނަލްއަގްވާމީ މުޖުތަމައާއި ރާއްޖެއާއި ދެމެދު އޮތްގުޅުން ގޯސްކޮށްލުމަކީ ރާއްޖެއަށް އޮތް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމެވެ. ބޭރުގެ ގައުމަކާ ގުޅިގެން ރާއްޖެއަށް ގެއްލުންވާނެ މުއާމަލާތެއް ވެސް ކޮށްގެން ނުވާނެއެވެ. ހާރިޖީ ގުޅުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަން ވާނީ ވެސް ސާބިތު ހިފޭ ވާހަކަތެކެވެ. ހެކި ދެއްކުމެއް ނެތި ހަމަ ހުރެ ވާހަކަ ފެތުރުން ރަނގަޅެއް ނޫނެވެ. ސިޔާސީ "ގޭމް" މިހާރު ހުރި މިސްރާބު ރަނގަޅު ކަމަކަށް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ބަލަ

    ޗައިނާއިން މަސައްކަތެއް ނުކުރޭ ރާއްޖެއަށް ކަންކަން ޝަރުތު ކުރާކަށް. މޯދީ އެކަމަކު ކަންކަން ޝަރުތު ކުރާކަން އެބަ ފެނޭ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ހަމަ ދެކޮޅު #އިންޑިއާއައުޓް

    83
    2
    • ހަންޑި

      ތަސްބީހަފަތި އަތަށްލާގެންވެސް އިންޑިޔާ އައުޓް ކިޔާލަ ކިޔާލާތިތިބެނީ. ތިދާވަރުންދަންޏާ ނޭވާ ހޮޅިއަށް އެޅޭ ވަގުތުވެސް ކިޔާނީ އިންޑިޔާ އައުޓްކަންނޭގެ.

      16
      26
  2. Anonymous

    ސާބަސް، ދެން ގައުމުގެ މިނިވަންކަން ގެއްލި އަޅުވެތިވާއިރުވެސް އަހަރެމެން ތިބެންވީ ހަނު ދޯ! ކިތަންމެ ބޮޑު ބަލިމަޑުކަމެއްއޮތަސް މުޒާހަރާ ނުކޮށް ވެސް ވާކަށްނެތް! ނާ ތާހިރުމެން ބަލިމަޑުކަމޭ މުޒާހަރާ ނުކުރާށޭ ކިޔާއިރު ގައުމަށް ދިމާވެފައިމިވަނީ ކޮވިޑަށްވުރެ ބޮޑު ބަލާވެރިކަމެއް! ކުޅިބަލަން އެންމެން ލޮކްޑައުން ވެގެން ތިބެފިނަމަ މާދަމާ ހިތާމަކުރަންޖެހިދާނެ! ގައުމު އަޅުވެތިވެ އިންޑިއާގެ ބާރު މިތަނުގައި ހިނގާ ދުވަހަކުން ވާނެ ގެއްލުން މާބޮޑު، ވަގުތުންވަގުތައް އިންޑިއާ ސިފައިން މި ރާއްޖެއިން ބޭރުކުރަން މަގުމައްޗަށް ނުކުންނަންޖެހޭ، އެހެންނޫނީ ނަޓްޖޮބްސްއަށް ވާނީ ކަލޭމެން މުސްތަގުބަލުގައި

    71
    1
  3. ސަލާމްބެ

    އިންޑިއާ ސަފީރު ،މިއަދު މިގައުމުގެ ރައްޔިތުންނައް އިތުރައް އޮޅުންފިލުވާދޭންޖެހޭ ކަމެއް ނެތް. އޭގެ ހެއްކަކީ ދިވެހި މިނިވަންމުސްތަގިއްލު ދައުލަތުން މިރާއްޖެއިން ދިއުމައް އެންގި އެންގުމައް ފާޅުގަ ދެކޮޅުހެދުން. އެއްވެސް ގައުމެއްގަ އަނެއްގައުމަކުން އައިސް ގަދަކަންދައްކާ ބޮޑުގައުމު ކުޑަގައުމެއްގެ މައްޗައް ބާރާއިނުފޫޒު ހިންގުމަކީ ސީދާގޮތުން އަދި ނުސީދާ ގޮތުން އެގައުމެއް އިސްތިއުމާރުކުރުން. ވީމާ އިތުރު ވާހަކަތަކެއް ބަހަނާއެއް ދެއްކުމެއް ނެތް. ޝަރުތަކާ ނުލާ ދެގައުމައްވެސް އެންމެ ފައިދާހުރި ރަންގަޅު ގޮތަކީ ހަމަމިހާރުން މިހާރައް އިންޑިއާ ސިފައިން ދިބެހިރާއްޖެ ދޫކޮށް ދިއުން. އިންޑިއާ މިލިޓަރީއައުޓް# އިންޑިއާ ސަފީރަށް ވަރަށްސަލާމް

    59
    1
  4. އިންޑިއާ އައުޓް

    އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    64
    2
  5. ކާފަބޭ2020

    ވާހަކަގިނަކުރުމުގެބޭނުމެއް މިވަގުތަކުނެތް ރާއްޖޭގެ4ހިސާބެއްގަ ދު ރު ރާސްތާޕްލޭނެއްގެދަށުންމިހާރުއޮތީ" ހިސޯ ރު" ވެނިމިފަ ދެންމިޤައުމުންޖެހޭނީ އެޅިހާބަތަކަށްރިހަވެގެންތިބެން ނޫނީ ދާނެތަނެއްހޯދައިގެންދިއުން ނޫނީ.......

    49
    2
  6. ވެރިން

    ވަރަށް ހެއްވާ ރައީސް ޔާމީން ވެރިކަމުގަ އިރު އިރުކޮޅާ ފުރަފުރާއިގެންނާ ގޮސްގެއްނާ ނުވީތާކަށް ބޭރުގަ ނޫސްވެރިން ގެނެސް ކަލޭ މެންޖެހި ސަކަރާތް މަތިން ހަދާން ވޭތަ

    44
    5
  7. މާރިޔާ

    ރާއްޖެއައް ހަމައެންމެ ރަގަޅީ ޗައިނާ މީޝައްކެއްއޮއްކަމެއްނޫން

    49
    2
  8. ތަޖުރިބާގެ އަލީގައި....

    މަގޭ ޙަޔާތުގައި، 03 ނޮވެމްބަރު 1988 ގައި، ރާއްޖެ އަޅުވެތިވުމަކުން ﷲގެ އިރާދަފުޅާއެކު ސަލާމަތް ކޮށްދިނީ އިންޑިއާގެ "މިލިޓަރީ" ސިފައިންނެވެ. އޭގެ ބަދަލުގައި މިވީ 31 އަހަރު ވެސް މިރާއްޖެ ހިފާކަށެއް ނޫޅެއެވެ. ބޮޑު ބައްޔެއް ވިއްޔާ، މަހުޖަނުން ފިޔަވައި، ބާކީތިބި ގިނަ ރައްޔިތުން ފަރުވާ ހޯދުމަށް ދަނީ އިންޑިއާ އަށެވެ. ދިވެހި ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދްރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަކީ، އިންޑިއާގެ ބޮޑު އެހީއެކެވެ. ޗުއްޓީއަށް ވެސް އިންޑިއާ އަށް ދާ ދިވެހިން ވަރަށް ގިނައެވެ. އިންޑިއާގައި ދަރިިންނާއެކު 20، 30 އަހަރު ދިރިއުޅުނު ދިވެހިން އެބަ ތިއްބެވެ. މިއަދާއި ހަމައަށް ދިރިހުރި، ޢުމުރުން 10 އަހަރުން މަތީގެ ދިވެހިންގެ ތެރެއިން ގްރޭޑް 10 އަކާއި ހަމައަށް ސްކޫލެއްގައި އުޅެފައި ހުރިނަމަ، އިންޑިއާގެ ޓީޗަރަކު ކިޔަވައިނުދޭ ދިވެއްސެއް ނުހުންނާނެ އެވެ. ދިވެހިން އިންޑިއާއަށް ޝުކުރުވެރި ވާންޖެހޭ މިފަދަ ކިތަންމެ ކަމެއް އެބަހުއްޓެވެ. އޭގެ މާނައަކީ ޗައިނާއާ ދުރުވުމެއް ވެސް ނޫނެވެ. ނަމަވެސް އިސްކަން ދިިނުން ޙައްޤީ، އިންޑިއާ އަށެވެ.

    7
    58
    • ވެރިން

      ކަލޯ މިހާ ރު އިންޑިޔާގެ ވެ ރިކަމުގަ ހުރިމީހާޔާ 3 ނޮވެމްބަ ރު1988 ގެ ވެ ރިކަމުގަަ ހުރި މީހާޔާ އަޅާ ކިޔާލީމަ އިގޭނެ އިނޑިޔާ އިސްނުކުރަންވީ ކީއްވެގެނކަން

      21
      • ހޭބަލި

        3ނޮވެބަރގެ ވާހަކަ ތިދައްކަނީ ކޮންތަޖުރިބާއެއްގެއައްޔެއްގަބާ.؟ ތިޔަ އިންޑިއާސިފައިން ތިޔަބުނާ ނޮވެބަރ 3ގަ ރާއްޖެއައިދުވަހުން ފެށިގެ މިރާއްޖެއިން ފޭބުމާހަމައަށް ވަރަށްގާތުން އެމީހުން އަމަލްތައްހުރިގޮތް ލޮލުން ދުށީމު. އެއީވެސް މިދުވަހައް މަގުކޮށަމުން ދިޔަދުވަސްތަކެއް . ކާނަލްޖޯޝީ އަކީ އޭރުމިރާއްޖޭގަ ހުރިއިންޑިއާސިފައިންގެ ކޮމާންޑަރ. މިރާއްޖޭގެ ގިނަދިވެހިންނައްއަދިވެސްއިންޑިއާގެސިފައިންގެ އަސްލު ހީލަތްތަެރިކަމެއް ނުވިސްނޭ.

  9. ރޯދަ މުބާރިކް

    އަމީތާބު ފައިބާ! ފައިބާ! ނޯ ހެލިކޮޕްޓރ، ވީ ހޭވް ބައްތެލި ބޯޓްސް. ޢިޓްސް އަ ޖަޒީރާ ނޭޝަން! ފައިބާ!

    33
    2
  10. މަސީހު

    ގަލަމުގެ ވެރިންނަކީ ކަނުއަންދިރިބަޔަކައްވެ ނިމިއްޖެ ގަލަމުން ދެލިހުސްވެދާނެތީ ބޭރުގެއެހީ ހޯދައިގެން ގަލަމައް ދެލިއަޅާކަމައްވަނީ ނަމަ އަސްލުހާލަތުގެނެސް ނުދެވޭނެ.

    40
  11. ޙުސައިން

    ވަރަށް ރަގަޅު ލިޔުންކޮޅެއް! ރާއްޖެއަށް އެންމެ މަސްލަހަތު ރަގަޅު ގޮތަކީ ދެޤައުމާ އެކުވެސް އެކުވެރި ގާތް ގުޅުމެއް ބޭއްވުން. ސިޔާސީ ބޭފުޅުންގެ މަންފާއަށް ފޮރިން ޕޮލިސީ މޮޑޭ ފުއްގަނޑަކަށް ނުހައްދަވާ!

    16
    22
  12. ފުރަތަމަ ގައުމު

    އެއްވެސް ގައުމެއްގެ ސިފައިން ތިބުން ގޯސް
    އެއީ މައްސަލަ އަކީ

    36
    1
  13. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އެތެރޭގެ މާގިނަ ސިޔާސީ ވާދަވެރިކަމެއް ނެތް. މިވެގެން އުޅޭގޮތަކީ އިބޫ ގެ ގޮތްދޫނުކުރުމާއި ބޯހަރުކަން. ސަންޕޕާ ކެޔޮކޮޅު އިބޫ ކާލާފައި، ގަސް އިބޫ ހޫރުވާލީ. ޙުދު ތިމާ މީހާ ވެރިކަމަށް ގެނައި ޕާޓީ އަށް ވެސް އިބޫ "ދޯކާ" ދިނީ. (ދޯކާ ދިނުމަކީ ބިޓްރޭ ކުރުން). އަމިއްލަ ޕާޓީ ގައި ކޮޅުފައިން ޖަހައިފި މީހަކު ވެރިކަމުގައި ބެހެއްޓުމަކީ ކޮށްގެންވާނޭ ކަމެއްނޫންކަން ގިނަމީހުން އެއްބަސްވާނެ. ފައްޔާޒު ގެ ލޯޔަރ ފައްޔާޒު، "ދިފާޢު" ކުރާނީ. ނަމަވެސް އިބޫ މިއަންގަނީ، "ދިފާޢު" ކުރާނަމޭ. އިބޫ ބޭނުމީ އައްނި އާއި ޖަދަލު ކުރަން. މީގެ ބަދަލުގައި އިބޫ، "ފައްޔާޒު ވައްކަން ކޮށްފިތޯ ބަލާނަން" މިހެން "އެކަނި" ބުނެލި ނަމަވެސް މުޅިޤައުމުގެ ހުރިހާ މައްސަލަ އެއް ނިމޭނެކަން ޔަޤީން. މުޅި ޤައުމުގެ ހުރިހާ މައްސަލައެއްގެ އަސްލަކީ އިބޫ އިންސާފަށް ވާހަކަ ނުދެއްުކުމާއި، އިބޫ އިންސާފަށް ކަންތައްތައް ނުކުރުން. ފައިސަލް ނަސީމް އަކީ މަތީ ތަޢުލީމް ހާސިލް ކޮށް، ކިޔަވައިގެން ހުރި މީހެއް. އިބޫ އަކަށް އުޅެއުޅެވެސް މިކަމެއް ނުވި. ފައިސަލް ނަސީމް އާއި ޙަވާލު ކުރިއަސް މާރަނގަޅުވާނެ.

    8
    4
    • އަނދިރި އަނދިރިން

      މި ތިން ދައުރުގައި މި ގައުމީ ހަލާކުކުރި އަންނިއާ ޑރ. ރާމީ ހަސަނު މިގައުމުގަ ވެރިކަން ކުރަންވީ ދިޔަ!

  14. މަބޭ

    ނޮވެމްބަރ3 ގަ ރާއްޖެޔައް އިންޑިޔާސިފައިން އައިއިރު ތަމަޅައިން ރާއްޖެދޫކޮއް ލަންކާއައް ދަތުރުފަށައިފި އަދި އެއްވާހަކަ ތަގުގީގްރިޕޯޓްތަކުން އެންގެންއޮތްގޮތުގަ ލަންކާއުންފުރައުގެން ތަމަޅައުން ރާއްޖެއައިމަގުމަތީ ތަމަޅައިން ދަތުރުކުރި އުޅަންޑުތަކާއި އުންޑިޔާގެ ނޭވީއާދިމާވިކަމައް ބަޔާންތަކުގަވޭ އެދޔވަސްވަރަކީ އިންޑިޔާސިފައިން ލަންކަަގެ ކަންޑުގެސަރަހައްދު ބަލަހައްޓަމުން ގެންދިޔަދުވަސްވަރެއް މީފެންނަންއޮތް ހަގީގަތެއް

    19
    3
  15. އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ރައްޔިތުން ގުބޯ ހެއްދުން

    ރާއްޖޭގެ ހަތަ ރުބިތުގައި އިންޑިއާ ވަކިހިއްޕާލައިފި އެކަމަށް ހިއްވަ ރު ދެނީ ހަމައެކަނި އެމްޑީޕީ ފިކި ރުގައި ތިބިބަޔަކު އަމިއްލަ އެނދުމަށް ޓަކައި ރާއްޖެއަށް އެކަމުން ފައިދާތަކެއްވާނެތީއެއްނޫ!

    27
    3
  16. ރައްޔިތުން ވިސްނާތިބޭތި މިދުވަސްކޮޅު ތަފާތުބޮޑުގޮތަކަށް ރައްޔިތުން ގުބޯހައްދަން ގުންޑާއިން ވަރަށްމަސައްކަތްކުރާނެ

    ފު ރަތަމަ އިންޑިއާ ރައްޔިތުން އެއުޅޭ ހާލުނިކަން ދެކިބަލަ ޚާސަކޮށް މުސްލިމުނަށް ކު ރާދުއްތު ރާ ކޮންމެހެ އެކުވެ ރިކަމޭކިޔައިގެން ރާއްޖޭގެ ބިންތައް އިންޑިޔާއަށް ދީފަ އެކަންފޮ ރުވުމަށް ފާޑުފާޑަށް އަނގަފޭނެކަމެއްނެތް!

    23
    1
  17. މާގިނަ ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް ކޮންމެގޮތެއް ވިއަސް އިންޑިއާ ޖެހޭނީ ހަމައައުޓްވާން

    އެކުވެ ރިކަން އޮތަސް ނެތަސް އިނޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބާން ބަލަ އަބަދުވެސް ރާއްޖެއާއި އެހެންޤައުމުތަކާ ގުޅުން އޮވެޔޭ އެކަމަކު އިންޑިއާ ނޫނީ މި ރާއްޖޭގައި ވަހިއްޕާލައިގެން އެހެންޤައުމެއްގެ ބަޔަކުނޫޅެއެއްނު އެކުވެ ރިކަން އޮތަސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަށްނުޖެހޭނެ!

    12
  18. އިންޑިއާ ހަމަމިހާރު އައުޓް

    އެކުވެ ރިކަމޭ ކިޔާފަ އިންޑިއާއަށް ރާއްޖެ ދޭޖެހޭތަ؟

    20
  19. އިންޑިއާ އައުޓް

    ވަގުސަ ރުކާ ރު އިސްތިއުފާ ރައްޔިތުން މިސަ ރުކާ ރަށް ދޫދީފިނަމަ ރައްުިތުން ރޯންޖެހޭނެ ވިސްނާ!

    23
    2
  20. ބުރިޖް ރައީސްޔާން

    ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ!

    26
    2
  21. ދަރަނި ދަންތުރަ

    ނޭވާ ހޮޅިޔަށްއެޅި ފުރާނަދިޔަޔަސް ހަމަކިޔާނަން އިންޑިޔާ އައުޓު އިންޑިޔާ އައުޓު

    18
    1
  22. ދަރަނި ދަންތުރަ

    މިގައުމުގައި ހުރިހާ ހައިޖާނެއް އުފައްދަނީ ކެނެރީގޭ ލާދީ ސޮރު މިގައުމަށްޖެހިފަހުރި ބޮޑުމުސީބާތެއް އެއީ އިންޑިޔާ އައުޓު

    13
    1
  23. ބާޣީނަކީ އިންޑިއާސިފައިން

    ތަޖު ރިބާގެ އަލީގައި ތިވިދާޅުވި ބަސްފުޅު ފަހަށްބާވަމާ އަޅުވެތިވުމަށް ނޫނެކޭ ބުނުމަކީ ގޯހެއްތޯ؟ ހެޔޮހިތުން ކަމެއްކޮދިނީމަ އޭގެބަދަލު ވިއްކަންވީ ދިވެހިބިންތޯ؟ ތިވިދާޅިވި ބާޣީނޭ އިނގޭތޯ މިއަދު އިންޑިޔާގެ ސިފައިންގެ ގޮތުގައި ހަރަކާތްތެ ރިވަމުން އެދަނީ ތާފަތަކީ ސިފައިގެ ޔުނީފޯމުގައި ހު ރިތަފާތު އޭ ރު ރާއްޖެ ހިފުމަށްއައި މީހުން މިއަދުއައިސް އެތިބީ އެހެންސިފައެއްގައި އެއީ ހަމަ އެއްބައެއް ރައީސްޔާމީން ވެ ރިކަމުގައި ރާއްޖެ ފޭބުމަށް އިންޑިއާ ސިފައިނަށް އެންގުމުން ނުފައިބާ އެތިބީ އެއީ ހަމަ އެބާޣީ ތަފާތު ދައްކަން ނޫޅޭ އެއީ ހަމަ އެއްބައެއް އޭ ރު އެމީހުން ރާއްޖެ ގެނައުމުގައި އަޑީގައި ތިބިމީހުން މިއަދު
    ރިކަމުގައި!

    12
    1
  24. ޢަފްލާ

    ޢެންމެފަހުން އަހރެމެން ޖެހޭނީ ގެރިމަސް ކެއުން ހުއްޓާލަން މިހާރު އިސްލާމް ދީން ނޫން އެހެންދީންތަކަށް ޖާގަ ދެވިއްޖެ