(ހއ. ވަށަފަރު) މި ރަށުގެ ނަން ދިވެހިންގެ މެދުގައި ފަރިތަވެފައި މަޝްހޫރެވެ. ވަށަފަރޭ ބުނެފި ނަމަ އެ ވާނުގައި "ވަށަފަރު މީހުން އުނބަށް ޖެހި ވާހަކަ" ނާންނަ ފަހަރެއް ނުދާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ތުންތުން މަތިން ދެކެވޭ މިފަދަ ބޯދާ ވާހަކަތައް އެހީމެވެ. އަދި ބޮޑުތަދުގައި މި ރަަށު މީހުން ތަހައްމަލު ކުރި ތަދާއި ވޭނުގެ ވާހަކަ އަކީ ވެސް ކުލުނު ހުރި އެއްވެސް ހިތެއް މޮޅިވެރިކޮށްނުލާ ދުކޮށްލާނެ ފަދަ ވާހަކަތަކެއް ނޫނެވެ. މި ނޫނަސް މި ރަށު މީހުންގެ ހިތްހެޔޮ ކަމުގެ ވާހަކަ އާއި، ރަށުގެ ޗާލުކަމުގެ ވާހަކަ އާއި ރަށުގައި އޮތް ދިވެހި ސަގާފީ ރޫހުގެ ވާހަަކަ އަކީ ދޫދޫމަތިންނާއި، ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯތަކުގައި ރައްކާކުރެވިފައިވާ ވާހަކަތަކެކެވެ.

ކޮންމެއަކަސް މިފަހަރު މިއޮތީ އަޑު އިވުނު އެތައް ވާހަކަތަކަށް ފަހު ވަށަފަރު ތަޖުރިބާކުރެވިފައެވެ. މި ރަށުގެ ކަންކަން ލޮލުން ދެކެ އަތުން ހިފަން ލިބުނު ފަހަރަކީވެސް މިއެެވެ. މީގެ ދުވަސްކޮޅެއް ކުރިން ގިނަ ގޭގެ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިިބުނެވެ. އެއް ހޮޅުއަށިން އަނެއް އޮޅުއަށިން ހިނގަމުން މުޅި ރަށުގައި ހޭލަމޭލަވެ އުޅުނު މީހުންނާއި ބައްދަލުކޮށް އެކުވެ އުޅުމުގެ ފުރުސަތު ވެސް ލިބުނެވެ.

ހއ. ވަށަފަރު މަގުމަތި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހެން އުޅުމުގެ ތެރޭގައި އެންމެ ގިނަ މީހުންނާ ކުރި ސުވާލަކަށް ވާނީ މި ރަށުގެ ޚާއްސަ ކަމެއް އޮވޭތޯ ކުރި ސުވާލެވެ. މި ސުވާލުގެ ޖަވާބު ނިކަން ތަފާތު ގޮތްގޮތަށް ލިބުނެވެ. މި ރަށު ބައެއް މީހުން ބުނާ ގޮތުން ރަށުގެ ތަފާތު ކަމަކީ ރަށާ މެދު ދެކެވޭ ބޯދާ ވާހަކަތަކެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުން މި ރަށުގެ މުއްސަނދިކަމަކީ މި ރަށަށް ލިބިފައިވާ ގުދުރަތީ އާރޯކަމެވެ. ބައެއް މީހުން ދެކެނީ މި ރަށުގެ ރައުސުލްމާލަކީ ރަށުގެ މީހުންގެ އެކުވެރިކަމާއި، ސަގާފަތާ މެދު ރަށުގައި އޮތް ލޯބި ކަމަށެވެ. އަދި ރަށުގެ މީހުންގެ ހިތްހެޔޮކަމާއި އެއްބައެއްވަންތަކަމަކީ "ވަށަފަރު" ރާއްޖޭގެ ރަށްތަކުގެ މެދުގައި ތަފާތު ކުލައަކުން ލިޔެވޭނެ ކަމެއް ކަމަށް ގަބޫލުކުރާ މީހުންވެސް އެބަ ތިއްބެވެ.

އެ އެންމެން ވެސް އެ ދެއްކީ ރަނގަޅު ވާހަކައެވެ. އެއީ ހައްތަހާވެސް މި ރަށް ޚާއްސަވާ ސަބަބުތަކެވެ. ރަށަކީ ރީތި ދޮންވެލިގަނޑަކާއި، އެކި ނޫކުލައިގެ ދަޅައިން ދިއްލާފައިވާ ސާފު މޫދާއި، އެއްވާނަކަށް ކުނިކަހާ ސާފުކޮށްފައިވާ މަގުތަކުން ޒީނަތްތެރިވެފައިވާ ރަށެކެވެ. ރަށުގެ ކޮންމެ އުމުރުފުރައެއްގެ މީހަކާއި ވެސް ކުރިމަތިވުމުން މަރުޚަބާ ކިޔަނީ ސާދާ ހިނިތުންވުމަކާއި، ފޮނި ބަސްތަކަކާއި އެކުގައެވެ. ރަށަށް ކިތަންމެ ބީރައްޓިއްސަކަސް އެކަން އިހުސާސެއް ނުކުރެވެއެވެ.

މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް މި ރަށް ޚާއްސަވާ ސަބަބާއި މެދު ކުރެވުނު ސުވާލުގެ ޖަވާބަށް އަޅުގަނޑަށް ނުލާހިކު ޝައުގުވެރި ޖަވާބެއް މި ރަށު ހަރު ކުލައިގެ މީހެއްގެ ފަރާތުން ލިބުނެވެ.

"މިރަށުން އަސްލު ނުފެންނާނެ އެހާ ފަލަ މީހުންނެއް. އަނެއްކާ ވަރަށް ސިއްހަތަށް ބަލާ ބައެކޭ ބުނެވިދާނެ. އަދި އުމުރުގެ ފަހުކޮޅަށް ދާއިރުވެސް ވަރަށް ގަދަވެ އުޅޭނީ ގިނަ މީހުން." އޭނާ ބުންޏެވެ.

ހއ. ވަށަފަރުގައި ކުޑަކުދިންތަކެއް ކުޅެން އުޅެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެއީ ހަމަ ފިސާރި ތެދެކެވެ. ވަށަފަރުގައި ހޭދަކުރި ދުވަސްކޮޅު އެތައް ބަޔަކާއި ސަލާން ގަލާންކޮށް، ބައްދަލުވެ އުޅުނު އިރު އެއީ އަޅައިގަތް ކަމެއް ނޫނެވެ. އެކަމަކު ދެވަނަ ފަހަރު އެ މީހާގެ އެ ބަސްމަގާއި އެއްގޮތަށް ނަޒަރު ހިންގާލުމުން އެކަން އަހަންނަށްވެސް ތަަސައްވުރުކުރެވުނެވެ. މި ރަށުގެ ގިނަ މީހުންނަކީ ހަށިހެޔޮ ބައެކެވެ. ގިނަ މީހުން ތިބެނީ ނިކަން ލޫޅާފަތިކޮށް، ފަތިކޮށެވެ.

ސުވާލަކީ މިކަމުގެ ސިއްރަކީ ކޮބައިބާވެއެވެ. މި ރަށުގެ އެކި އުމުރުފުރާގެ މީހުންނާ މިކަމުގައި އެ މީހުންގެ ވިސްނުން ހުރި ގޮތް ބަލާލަން ސުވާލުކޮށްލީމެވެ. މި ރަށު މީހަކު ބުނީ އެހާ ރީތިކޮށް މީހުން ތިބުމުގެ ސިއްރަކީ ކެއިންބުއިމުގައި މި ރަށު މީހުން ގެންގުޅޭ އުސްލޫބު ކަމަށެވެ. އެގޮތުން ޒަމާނުއްސުރެ ވެސް މި ރަށު މީހުންނަކީ ހައްޓަށް ލުއި ކާނާ ކައި އުޅޭ ބައެކެވެ. ފަލަމަޑީގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ ތެރެއިން މިކަަހަލަ ތަކެތި ކެއުމަށް މި ރަށު މީހުން އިސްކަން ދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ތެޔޮލީ އެއްޗެއްސެއް ނުކާނެ އެހާ ބޮޑަކަށް. ގިނަ ގޭގެ އަށް ދިޔައީމަ ހަވީރު ސައިބޯން ހުނާނީ ސާގުފަންޏާއި ފެނު ގުޅަ އާ. ނިކަން ސިއްހަތަށް ބަލާ ބަޔަކު އުޅެއޭ ބުނެވިދާނެ. އަހަރެންނަކީ ވެސް މި ރަށް ނޫން ތަންތަން ދެކުނު މީހެއް. މި ރަށު މީހުންނަކީ އެހެން ފާހަގަކޮށްލެވޭ ބައެއް." އޭނާ ބުންޏެވެ.

ހއ. ވަށަފަރުގައި ކުޑަކުދިންތަކެއް ކުޅެން އުޅެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހެން ބައެއް މީހުން ގަބޫލުކުރާ ގޮތުން ރަށުގެ މީހުން މިހާ ހަށިހެޔޮކޮށް ތިބުމުގެ ސިއްރު ގުޅިފަައި ވަނީ ރަށުގެ މީހުންގެ މުރާލި ހީވާގި ދިރިއުޅުމުގެ ވައްޓަފާޅި އާއެވެ. މި ރަށުގެ މުރާލިކަން ސާބިތުކޮށްދޭ ކަމަކީ އިހު ޒަމާނުގައި މި ރަށު ގިނަ މީހުން ބަޑު ފުރާނަ މުއްތިކުރަނީ މަސްވެރިކަމުންކަމަށް ވުމެވެ. އަދި ތެދުއިވަޑާމުގައި އަރާހުރި މި ރަށުގައި ރިސޯޓް ކޮންސްޓްރަކްޝަނުގެ މަސައްކަތް ކުރާ މީހުން ވެސް މަދެއް ނޫނެެވެ. ރަށު ތެރެއަށް ނަޒަރު ހިންގާލުމުން ފެންނަން ހުރި ސާފު ރީތި މަގުތައް މި ރަށު އަންހެން ވެރިންގެ މުރާލިކަމުގެ މިސާލަކަށް ފުދެއެވެ.

" ވަރަށް މަސައްކަތް ކުރާ ބައެއް މި ރަށު މީހުންނަކީ. މަޑަކުން ނުތިބެވޭނެ. އެއީ މި ރަށު މީހުން އެހާ ރީތިކޮށް ތިބޭ ކަމަކީ." ވަށަފަރުން ދިމާވި މީހަކު ކިޔައި ދިނެވެ.

މި ރަށު މީހުންނަކީ ތަފާތުު އެކި ޒާތްޒާތުގެ ކުޅިވަރުތައް ކުޅޭ ބައެކެވެ. ޚާއްސަކޮށް ސަޤާފީ ކުޅިވަރުތަކަށް މި ރަށު މީހުންނަކީ ނިކަން ފޯރި ހުންނަ ބައެކެވެ. އެހާބޮޑަށް ހެލިފެލިވެ އުޅުމަކީ ރަށުގައި ހަށިހެޔޮ ދުޅަހެޔޮ މީހުން ގިނަވާ އެއް ސަބަބަކީ މިއީ ކަމަށް ވެސް ރަށު މީހުން ބުނެއެވެ. ކޮންމެއަކަސް މި ރަށަކީ ނިސްބަތުން ބަލާއިރު ސިއްހަތު ރަނގަޅު އާރު ހެޔޮ ބަޔަކު ދިރިއުޅޭ ރަށެކެވެ. މި ރަށުގެ ހުރިހާ އުމުުރު ފުރައެއްގެ މީހުންނަށް ބަލާލުމުން ވެސް ފެންނަނީ ހަށިހެޔޮ ރީތި މީހުންނެވެ. މިއީ މި ރަށުގެ މީހުންގެ ކިބައިން ފާހަގަކުރެވުނު ތަފާތު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އައްޑޫ ޝަކުވާ ބޯޓު

  "ހޮޅު އަށިން އަނެ އް އޮޅު އަށިން"
  އޮޅު އަށި އަކީ ކޮބާ؛؟

  ހަމަނޭގިގެން މި އެހީ...

  3
  1
 2. އައްޑޫ ޝަކުވާ ބޯޓު

  ޝަ އުގުވެރިކަމާ އެކު ކިޔާލެވުނު ތާފާތު ލިޔުމެ އް. އިބާރާތްކުރުންވެސް ފަށުވިވެފަ އި ވ ރީތި.
  100

  8
  2
 3. މުއިއް

  އެހެން ވީމާ ވަރައް ލޫޅާފަތި މޭޔަރެއް ދޯ މާލޭ މޭޔަރައް ހޮވާފަ އެހުރީ

  14
  3
  • ޭއެހެން

   ގެރޭ އެއްނު 😅

 4. ބުރުގާ

  އޭ، ވަށަފަރު މީހުންތަ އުނބައްޖެހީ؟؟!

  3
  2
 5. ހުސޭނުބޭ

  މި ލިއުން ކިޔާފައި މަ ވަރަށް ކަޑަވެއްޖެ
  އަންނަ އަހަރު އޮންނަ ރީތީގެ މުބާރާތުގައި ވާދަކުރުމުގެ ޚިޔާލު ދޫކޮށްލާފިން

  1
  1
  • ކިޔާ

   ހާހާހާ..

 6. ޙަލީ

  މިރަށުގެ ރައްޔިތުންނަށް ފުރިހަމަ ސިއްހަތެއްގޢި ތިބޭތީ ވަރަށް އުފާވެއްޖެ. އެހެންރައްތަކުގެ މީހުންވެސް ވަށަފަރުގެ ރައްޔިތުން ނަމޫނާ ބަޔަކަށް ބަލާ ރަގަޅުސިއްހަތެއްގައި ދެމިތިބުމަށް މަސައްކަތް ކުރަންޖެހޭ