ކުޑަކުދިންނަށް ކިޔައިދޭ އިބްރަތްތެރި ވާހަކައެކެވެ. ވާހަކައަކީ ދެ ބުޅަލަކާއި ހިޔަޅެއްގެ ވާހަކައެކެވެ. އޭގެ އިބުރަތަކީ އެކުވެރިވުމެވެ. މަޝްވަރާ ކޮށްގެން އެކީ އުޅޭށެވެ. ވާހަކައިގައި މި ވާގޮތަކީ ދެ ބުޅަލެއް ބޯކިބާ ކޮޅަކަށް އޮޅުލަނީއެވެ. ދެ ބުޅާ ވެސް ބޭނުންވީ އެ ބުޅަކަށް މުޅި ބޯކިބާ ލިބޭށެވެ. އެހެން ތިއްބައި ހިޔަޅެއް އައިސް ބޯކިބާ ނަގައިގެން ގެންދަނީއެވެ. އަރައިރުން ނުވެ ބަހައިލިނަމަ ކޮންމެ ވެސް ވަރެއް ލިބުނީހެވެ. ކުރިމަތިވެގެން އުޅޭ ބަހުސާއި، މިއާއި އެއް ގޮތް ކަމެއް ހުއްޓަސް، މި ބަހުސް އަދި މާނާޒުކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުން އަގުބޮޑުކޮށް 60 ބިމެއް ވިއްކަން އެޗްޑީސީން އިއުލާން ކުރީއެވެ. އެއާއި އެކު ފާޑުކިއުންތައް އަމާޒުވެއްޖެއެވެ. ބިން ވިއްކަނީ ބީޗު ފުރަންޓުން 26 ބިމެއް އަކަފޫޓަކަށް 3،900 ރުފިޔާގެ މަގުންނެވެ. ބީޗު ސައިޑުން 34 ބިމެއް އަކަފޫޓަކަށް 3،500 ރުފިޔާގެ މަގުންނެވެ. 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާއި ދެމެދުގެ ބިންތަކެކެވެ. އެންމެ ދަށް އަގަކަށް ވެސް ބިމެއް ލިބެން އަންނަނީ 5.6 މިލިއަން ރުފިޔާއަށެވެ. އެ ވަރުގެ އަދަދެއް ދެއްކޭނީ ރާއްޖޭގައި ވަރަށް ބޮޑު އާމްދަނީ ލިބޭ މީހުނަށެވެ.

މި އިއުލާނަށް ފަހުން އިތުރު ކަމެއް ހިމެނިއެވެ. ކުރީގެ އިއުލާނުގައިވާ 60 ބިން ގަނެވޭނީ މާލެއަށް ރަށްވެހި މީހަކަށް ކަމުގައެވެ. އެއާއި އެކު، ބަހުސް ހޫނުވެ ހުޅު ފަޅައިގެން ގޮސްފިއެވެ. މީސް މީޑިއާގައި ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް ހުޅުމާލޭ ބިން "އެންމެ ހައްގުވާ" ބައެއްގެ ބަހުސް ކުރިއަށް ދަނީއެވެ. މި ބަހުސްގެ ބޭނުމެއް ވެސް އެކަމަކު ނެތީއެވެ. ނިކަމެތި ހާލުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި މާލެއަށް ހިޖުރަކޮށް އެތައް އަހަރެއް ވަން ދެން އުޅޭ ނިކަމެތި މީހާއަކަށް ވެސް އެއިން ބިމެއް ލިބޭ ގޮތަކަށް އަދި ނެތެވެ. ބިން ލިބެން އަންނަނީ ބޮޑު އާމްދަނީ ލިބޭ މަދު ދިވެހިންގެ ތެރެއިން ބަޔަކަށެވެ. އެ ވިއްކާ ގޯތީގެ އަގު އެހާ ބޮޑެވެ.

މާލެއަށް އުފަން އެކަމަކު މި މާލެ ބިމުގައި ކުއްޔަށް އުޅޭ މީހަކު ކިޔައިދިނެވެ. އޭނާގެ އާއިލާގެ ތަރިކައިން ވާރުތަވާން އޮތް ގެދޮރުގެ މުދަލެއް ވެސް މިހާރު ނެތެވެ. ކާފަމާމަގެ ގެދޮރު ހުރިއިރު، އެ ތަންތަން ވަނީ އެ މީހުންގެ ދަރިންނަށް ބަހައި ހުސްވެފައެވެ. ދަރިންގެ ދަރިން ވެސް އާއިލާއެއް ފަށައިގެން އުޅޭއިރު ވަންނާނެ ގެދޮރެއް ނެތުމުން އުޅެން ޖެހެނީ ކުއްޔަށެވެ. ފްލެޓަކަށް ކުރިމަތިލިއަސް އަދި ލިބޭ ގޮތް ނުވަނީއެވެ. ހާލުގައި ދިރިއުޅޭ މީހުން ގިނަ ކަމުން، "ކިއޫ" ތަރުތީބުން އަދި އޭނަގެ އާއިލާއާއި އަރާއި ހަމަނުވަނީ ކަމަށް ބެލެވެއެވެ. ބައެއް ހާލަތްތަކުގައި ފްލެޓް ބެހި ގޮތަކާއި މެދު ސުވާލުތައް ގިނައީއެވެ.

"މާލެއަށް ރަށްވެހި މީހަކު، މާލެއަށް އުފަން މީހަކު، ދާނެ ވަކި އިތުރު ރަށެއް އޮންނާނެތަ؟ ޚިދުމަތްތައް ވެސް އޮތީ މި ތަނުގައި، އެހެން ރަށްރަށުން ވެސް މީހުން އައިސް އެ އުޅެނީ މި ތަނުގައި، އަހަރެމެން ވެސް އުޅެން އޮތީ ދެން ހަމަ މި ސަރަހައްދު، އެކަމަކު ހިއްކާ ބިމަކުން ވެސް އަހަރުމެން މީހަކަށް ގޯއްޗެެއް ނުލިބޭ، ގޯތި ހިލޭ ވެސް ދެނީއެއް ނޫން، މާލެ މީހުނަށް އެކަނިއޭ ދޭނީ ކިޔާފައި ވެސް ފަހުން ވެސް މި އޮތީ ބޮޑު އަގެއްގައި އިއުލާން ކޮށްފައި،" އޭނާގެ އިހްސާސްތައް ހުރި ގޮތް ކިޔައިދިނެވެ.

މާލެ މަގުމަތި ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މާލެއަށް ހިޖުރަ ކުރަން މަޖުބޫރުވި އަތޮޅުތެރޭގެ މީހަކު ކިޔައިދިނެވެ. މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ހިސާބުން ނޫނީ ވަޒީފާއެއް ބޭނުންވާ ހިސާބުން ގިނަ ޒުވާނުންނަށް އޮންނަނީ މާލެއަށް ހިޖުރަ ކުރުމެވެ. އެ ވާހަކަ ދެކެވޭ އިރަށް ދެން ފަށާނީ ރިސޯޓްތަކާއި އަތޮޅުތެރޭ ހުރި ވަޒީފާގެ ފުރުސަތުތަކުގެ ވާހަކައެވެ. އެކަމަކު އެހެން ވަޒީފާއެއް ހޯދައިގެން ވެސް މި އާއިލާއަށް އިޚްތިޔާރެއް ނެތެވެ. އޭނާގެ ދަރިފުޅަށް ކުރިމަތިވެފައިވާ ސިއްޚީ ހާލަތުގެ ފަރުވާ ލިބެން އަންނަނީ މާލޭން އެކަންޏެވެ. ރަށަށް ބަދަލު ވުމުގެ ޚިޔާލެއް އުފެދިފައި ވެސް މާލޭގައި މަޑު ކުރަން ޖެހުނީ މިހެން ވެގެނެވެ. އޭނާ ވެސް ދާނެ ވަކި އެހެން ތަނެއް ދެން މިހާރު ނެތެވެ.

"އަޅުގަނޑުމެންނަކަށް ގައިމު ވެސް ނެތް އެހެން ޗޮއިސްއެއް، މި ތާނގާ އުޅުން ނޫނިއްޔާ، ހަފުތާއަކު އެއް ފަހަރު ދެ ފަހަރު ޑޮކްޓަރަކަށް ދައްކަން މި ޖެހެނީ، އެހެން ރަށެއްގައި އޭގެ ސްޕެޝަލިސްޓެއް ލިބެން ހުއްޓަސް، އުފަން ރަށާއި ދުރަސް ހެޔޮ، ގޮސްލެވިދާނެ، އެކަމަކު އެހެން ރަށެއްގަ ވެސް ނެތީ. ދެން ވަކި ކޮންތާކަށް އަޅުގަނޑުމެން ގޮސް އުޅެން އޮތީ؟ މިހެން ކުލި ދައްކާލަ ދައްކާލަ ތިބެން މި ޖެހެނީ،" ސަރުކާރުގެ ފްލެޓް ޕްރޮގްރާމްތަކަށް ވެސް ހުށަހަޅައި، އަދި އުއްމީދެއް ނުލިބި އޮތް އެ އާއިލާގެ މީހާ ކިޔައިދިނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސާފު އެއް ކަމެކެވެ. މާލެ ރަށްވެއްސަކަށް ވެސް، އެހެން ސަރަހައްދެއްގެ ރަށްވެއްސަކަށް، އާންމު ދިވެހި މީހާ އުޅެނީ "ހާސްކަމެއް" ގައެވެ. މަޖުބޫރު ހިޖުރައެއް ކުރިމަތި ކޮށްފައި އޮތަތީވެ ކޮންމެ ބަޔަކު އުޅެނީ އެ ކަމުގެ ހާސްކަމުގައެވެ. މާލެ ބިން ތޮއްޖެހިގެން ގޮސް، އެންމެންހެން އުޅެނީ ކުދިކުދި ޖާގައިގެ ތަންތަނުގައެވެ. އެ ކުޑަކުޑަ ގޮޅިން ނިކުންނަ އިޖުތިމާއީ އެތައް މައްސަލައަކީ އެއްމައްސަލަ އަނެއް މައްސަލަ އާއި ލާމެހިފައިވާ، އަދި މައްސަލަތައް ގުނައި އަދަދު ވެސް ކުރެވެން ނެތް މައްސަލަތަކެވެ. މި ކަމަކަށް ހައްލެއް ގެނެސްދެވުނު ވެރިއަކު ވެސް ފެންނަން ނެތީއެވެ.

މާލެ ސަރަހައްދުގެ ބޮޑު ބަޖެޓާއި، މާލެ މަރުކަޒުވުން

ބުނެވޭ ގޮތުގައި، 2008 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީގައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ޖެހޭނެ ކަމަށް މައި ދިވެހި ދައުލަތުގެ މައްޗަށް އޮންނަނީ ލާޒިމުކޮށްފައެވެ. ގާނޫނު އަސާސީގެ އެ ބާބު ތަންފީޒު ކުރަން 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނު ވެސް ވުޖޫދު ކުރެވި، 2011 ގައި ފުރަތަމަ ލޯކަލް ކައުންސިލްތައް ވެސް އިންތިޚާބު ކުރެވުނެވެ. އެކަމަކު ދައުލަތް ހިންގުމާއި، މާލީ ޚަރަދުތައް ލާމަރުކަޒުވާ މަންޒަރެއް ނުފެނެއެވެ.

ލާމަރުކަޒު ކުރަން ވަކާލާތު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ހަގީގީ މާނައެއްގައި ލާމަރުކަޒު ކުރެވޭނީ މާލީ ގޮތުން ލާމަރުކަޒު ކުރެވިގެނެވެ. މާލެ ސަރަހައްދަށް އޮންނަ ޑިމާންޑްތައް ރާއްޖޭގެ އެހެން ސަރަހައްދަކަށް ބަދަލު ކުރެވިގެނެވެ. އެކަމަކު މި ސަރުކާރު އައި ފަހުން ވެސް ގެނެވުނު ކޮންމެ ބަޖެޓް ފޮތެއްގައި އެންމެ ބޮޑު އަދަދެއް ކަނޑައެޅިފައި އޮންނަނީ މާލެއަށެވެ. ނޫނީ މާލެ ސަރަހައްދަށެވެ.

"ބަޖެޓް ލާމަރުކަޒު ކުރެވިފައެއް ނެތް،" ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އަލީ ހުސައިން ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ބަޖެޓަށް ބަލާލާ އިރު ވެސް އެންމެ ބޮޑު ބަޖެޓެއް އޮތީ މާލެ ސަރަހައްދަށެވެ. އެއީ އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެކެވެ. ޖުމުލަ 91 މަޝްރޫއެއް ހިންގަން ކަނޑައަޅާފައި އަދަދެކެވެ. އޭގެ ތެރެއިން ކުރިން ހިންގުނު މަޝްރޫއުތަކާއި، މި އަހަރު އަލަށް ފަށަން ޖެހޭ މަޝްރޫއުތައް ހިމެނެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުން، މާލޭގެ މަގުތަކާއި، އާ އިމާރާތްތަކާއި، އާ ބްރިޖްއާއި، ގުޅިފަޅު ހިއްކުން ހިމެނެއެވެ.

އާބަން ޕްލޭނިންގެ ތަޖުރިބާކާރަކު ނަން ހާމަނުކުރާ ގޮތަށް ތަފްސީލްތަކެއް ދެއްވިއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަފިޔަވަހީގެ އިތުރުން ގުޅީފަޅު ހިއްކުމުގެ މަޝްރޫއަކީ ވެސް ރާއްޖޭގެ އެހެން ރަށްރަށުގެ ފަޅުން ހިއްކާ ބިމަށް ވުރެ ބޮޑު ޖާގައަކަށް ހިއްކާ ބިންބިމަށް ވާތީ އެ ކަމަށް އެކަނި ވެސް މާ ބޮޑު ޚަރަދުތަކެއް ހިނގައެވެ. ގުޅީފަޅުގެ ފުންމިނަށް ވެސް ބަލާފައި ތިމާވެށީގެ ތަޖުރިބާކާރުންގެ ކަންބޮޑުވުން ވެސް އޮތް އިރު، އެ ތަން ހިއްކަން 1.8 ބިލިއަން ރުފިޔާއެއް ވަރު އެބަ ހޭދަ ކުރެއެވެ.

"މި ހިއްކުމުގެ އިތުރު ޚަރަދު އަދި ކޮބާ؟ އަނެއްކާ ހަމަ އަލުން އާބާދު ކުރުން ޒާތުގެ ކަމެއް މި ހިނގަނީ، ދެވަނަ ފިޔަވަހީގައި ވެސް އަލުން ޚިދުމަތްތައް ދޭން ސްކޫލާއި ތަންތަން އަޅަންތާ މި ޖެހެނީ، ހަމަ އެ އުސޫލު ހިނގާނެ ގުޅިފަޅު ހިއްކައިގެން އެ ތަނުން ގެދޮރު ދީފައި ބަޔަކު އުޅެން ފެށީމަ ވެސް، ދެވަނަ ފިޔަވަހި ވެސް ފީޒިބަލް އެވީ ބްރިޖް ވެސް އެޅިގެން، ޓްރާންސްޕޮޓޭޝަން ފަސޭހަވާނެ ލިންކެއް ގެނެވިގެން، އަނެއް ފަޅިން ވެސް އެ ފީޒިބަލް ކަން ގެންނަން ބްރިޖް ވެސް ބޭނުންވާނެ،" އޭނާ ކިޔައިދިނެވެ.

ކުރީގެ ސަރުކާރުގައި ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން އޮތީ ގޯތި ވިއްކާ ގޮތަށެވެ. ތަފާތަކީ ގޯތި ވިއްކާ އަދަދުތަކުންނާއި ވިއްކާ އަގުތަކުގައެވެ. އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ވެސް ޝާއިއު ކުރައްވާފައިވާ ލިޔުމުން ވެސް އެ ކަން އެނގެއެވެ. އޭރު ނިންމާފައި އޮތީ އަކަފޫޓެއް 2،000 ރުފިޔާގެ ރޭޓުން 100 ގޯތި އަދި އަކަފޫޓެއް 400 ރުފިޔާގެ މަގުން 400 ގޯތި ވިއްކުމަށެވެ.

"އޭރުން ގޯއްޗަކަށް ޖެހެނީ ޖުމުލަ ހަތަރު ލައްކަ ރުފިޔާ، އެއީ ކުޑަ އާމްދަނީއެއް ލިބޭ މީހުންނަށް ވެސް ގޯތި ލިބޭނެ ގޮތް ފަހިކުރަން،" އާބަން ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޑރ. މުއިއްޒު ލިޔުއްވާފައިވެއެވެ.

އެޗްޑީސީން ދައްކަން ޖެހޭ ލޯނުތައް މިހާރު ވެސް ގިނައެވެ. ބުނެ އުޅޭ ގޮތުން ނަމަ، މި ލޯނުތަކަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ވެސް ތަރައްގީ ކުރުމަށް ހިންގި މަޝްރޫއުތަކަށް ނެގި ލޯނެވެ. ކޮންމެ ސަރުކާރެއްގައި ހުޅުމާލޭން ބިން ވިއްކުމުގެ ސިޔާސަތެއް އައިސްގެން އުޅުނީ ވެސް މި ލޯނުތައް ފައިނޭންސް ކުރުމަށް ކަމަށް ބުނެއެވެ. މިހާރު ދައްކަން ޖެހޭ ލޯނުތަކުގެ އަދަދު ވެސް 10 ބިލިއަން ރުފިޔާއާއި ގާތް ކުރެއެވެ.

އެޗްޑީސީން ނަގާފައިވާ ލޯނުތަކަކީ، އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާއިން 369 މިލިއަން ޑޮލަރު (5.6 ބިލިއަން ރުފިޔާ)، ޗައިނާ ޑިވެލޮޕްމަންޓް ބޭންކްއިން 159 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)، ބަރުއުންސް، ސީއެމްއީސީއިން 67 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)، ކްރެޑިޓް ސުއިސް ބޭންކްއިން 65 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)، އަދި ކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާއިން 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ) އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އައުޓް

  ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް

  23
  6
 2. މަޖުބޫރީހާލަތް.

  މާލޭރައްވެހިންނައް އެންމެ އަނިޔާވެރި ސަރު ކާރުމީ ރައްފުށު މީހުައް އެރަށަ ކުން ހިލޭ ގޯތިދޭ ނަމަވެސް މާލެ ރައްޔިތުން މީހަ ކާއިނދެގެން ދެދަރިން ލިބި އެއްކޮޓަރީގަ ނިދާއިރު ހިލޭ ގޯއްޗެއް ނުދޭ މީ ކޮން ކަހަަލަ ހަމައެއް

  23
  6
 3. ިމުހައްމަދު

  ހުޅުމާލެއަކީ މާލޭ މީހުންގެ ބިމެއް ނޫން. އެތަނަށް ދައުވާކުރުމުގެ ހައްގެއް ނެތް. ރާއްޖޭގައި މިހާރު މިހުރި ގާނޫނުތައް ބަދަލުކޮށްގެން އުސޫލުތައް ބަދަލުކޮށްގެން ކޮންމެ ރަށަކުންވެސް ބިން ލިބޭނެ ގޮތަށް އޮންނަންވާނީ. އެހެން ނެތުމުން ނުކުމެގެން އުޅޭ ނަތީޖާއެއް މިއީ. ކެޕިޓަލް ސިޓީއަކީ އަގުބޮޑުތަނެއް. އެތަނުގައި އުޅެވޭނީ ބޮޑު އަގެއް ދައްކައިގެން. ދެން އޮތީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި. ރައްޔިތުންނަށް ގާތްގަނޑަކަށް 2800 ފްލެޓް އަޅާފައި މުޅި ރަށް އެއޮތީ ފޮތިފޮތިކޮށްފައި ކުންފުނިތަކާއި މުއްސަނދިންނަށް ބަހާފައި. މުޅި ތަނުގައި ހުރީ މުއްސަނދިންގެ ބޮޑެތި ބިލްޑިންގތަކާއި ވިޔަފާރި. މިވާހަކަ އެކަކުވެސް ނުދައްކާ.

  17
  11
  • އަހަންމަދު

   ތިކިޔަނީކީކޭ؟ އެހެންވެއްޖިއްޔާ
   ކަލޭގެއަބިމީހާ އެއީ މުޅިރާއްޖޭގެ އެންމެހާފިރިހެނުންގެ އަންބެއްކަމަށް ކަޑައަޅަން ގާނޫނެއްހަދަން މަޖިލިހަށް ވައްދަންވީނު! މިހާރު ތިކިޔޭއެއްޗެއްގެ ދެކޮޅުނުޖެހޭކަން ކުޑައިކޮށް އެގެންފަށައިފިދޯ!

   11
   5
 4. ގޮތެއްފޮތެއް

  ކިތަންމެ ބައިވަރު ރިޕޯޓްތަކެއް ލިޔުނަސް މާލޭ ސަރަހައްދުން ގޯތި ލިބެންވާނީ ހަމަ މާލޭ މީހުންނަށް

  28
  5
 5. މަހަލްޖީބު

  އައިލެންޑު ޕީޕަލް އައުޓް!
  އައިލެންޑު ޕީޕަލް އައުޓް!
  އައިލެންޑު ޕީޕަލް އައުޓް!

  13
  16
 6. ކާލި

  ބަލަ އެންމެންނަކީވެސް އިންސާނުން އިންސާނުނަށް ބޭނުންވާނީ ހަމަ އެއްކަހަލަ ކަންތައްތަކެއް ދިރިހުރުން އުނުފޭރާން ކެއުން ބުއިން ބޯހިޔާވަހިކަން !

  12
  1
 7. ޢަލީ

  މި އާޓިކަލް ފެށުން ވަރަށް ސަޅި. އެކަމަކު ނިންމާލުމުގެ ފެންވަރު ދަށްކަން ފާހަގަ ކުރަން. ހެޑިން ފެނިފައި ކިޔާ ހިތްވެގެން ކިޔާ ނިންމާލިއިރު އާޓިކަލް ނިމުނުކަން ވެސް ނޭނގޭ. މީމަގޭ ހިޔާލު.

  10
 8. ފިޔަވަޅު

  މަމިބުނަނީ ސަރުކާރު އޮފީސްތައްވެސް ރަށްރަށަށް ބަހާށޭ.
  މަދަރި ދާ އޮފީސް މަ ރަށަށް ލާށޭ
  މާލޭގަ ހުރި ހޮސްޕިޓަލް ތައްވެސް ބަހާށޭ
  ރައްޔިތުން މަޖިލިސް ގޮނޑިތަޢްވެްސް ހުންނަންވާނީ އެ ދާއިރާ އެއްގައޭ .
  އޭރުން އަހަރެމެންނެކޭ އެއްގޮތައް މާލޭ މީހުންވެސް ޖެހޭނީ ބައެއް ހިދުމަތްތައް ހޯދަން ރަށްރަށައް ދާން .

  7
  2
  • ޠ

   ކިހިނެއްވަނީ ބަހާލުންގަނޑު؟