ހުޅުލެޔާއި މާލެޔާ ދެމެދު އަޅާ ބްރިޖަށް ކިޔާ ދިވެހި ނަން އިއްޔެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވަނީ ޓުވިޓަރ މެދުވެރިކުރައްވައި ހާމަކުރައްވައިފައެވެ. އެ މަނިކުފާނުގެ ޓުވީޓުގައި އޮތީ "ސީއެމްބީއެފްގެ ރަސްމީ ދިވެހި ނަމަކީ "ސިނަމާލެ ބްރިޖް". މިހެންނެވެ.

މީގެ ދުވަސްކޮޅެއް ކުރީން މި ބްރިޖަށް ކިޔާނެ ދިވެހި ނަމެއް ހޯދަން ބަހުގެ އެކެޑަމީން އާންމު އިއުލާނެއް ވެސް ކުރެއްވިއެވެ. ނަމަވެސް އޭގެ އެއްވެސް ޚަބަރެއް ނުވެ އޮއްވައި ކުއްލިއަކަށް މި ފެނުނީ މިނިސްޓަރުގެ ޓުވީޓެވެ. ބްރިޖަށް ނަމެއް ހޯއްދަވަން އިއުލާންކުރެއްވި ދުވަސްވަރުގައި އެކެޑަމީން ވަނީ "ބްރިޖް" މި ލަފުޒުގެ ބަދަލުގައި ބޭނުންކުރަން ދެ ލަފުޒެއް ކަނޑައަޅުއްވައި އާންމުކުރައްވައިފައެވެ. އެއީ "ދާލަން" މިލަފުޒާއި "ބުރިޖު" މި ލަފުޒެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މިސްމީޑިޔާގެ ބައެއް މަންސަތަކުން "ސިނަދިވެހި ދާލަން" މިނަމުގައި ވެސް ބައެއް ޕޯސްޓުތައް ފެނުނެވެ. މިހެން ވުމުން މި ދާލަމަށް ކިޔާންވީ ކޮން ނަމެއްކަމާއި މެދު ލައްކަ ބަހުސަކާއި ފާޑުކިޔުންތަކެއް މިސްމީޑިޔާގައި ކުރިއަށް އެބަދެއެވެ.

މިކަމާއި ބަހުގެ އެކެޑަމީގެ ބަސްފުޅެއް ހޯދައިލީމެވެ. ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ، ބްރިޖް އެއީ ދިވެހި ލަފުޒެއް ނޫން ކަމަށެވެ. ނަމަވެސް ލޯނު ލަފުޒެއްގެ ގޮތުގައި ބައްލަވައިގެން ބަސްކޮމިޓީން ދިވެހި ގޮތެއް ކަމުގައި ކަނޑައެޅުއްވީ "ބުރިޖު" މި ގޮތަށް ކަމަށެވެ. ހަމަ އެއާއެކު ދިވެހި ލަފުޒެއްގެ ގޮތުގައި "ދާލަން" މި ނަން ކަނޑައެޅުއްވި ކަމުގައެވެ.

""ބްރިޖް" އެއީ ދިވެހި ގޮތެއް ނޫން. "ބުރިޖު" މިހެން ލިޔުއްވަން ވާނީ އެ ލަފުޒު ތާނައިން ލިޔުއްވަންޏާ. އެހެން ނޫނީ ސީދާ ދިވެހި ލަފުޒު ބޭނުންކުރެއްވުން ރަނގަޅީ. އެއީ "ދާލަން". އެހެން ނަމަވެސް ސަރުކާރުން ކަނޑައަޅުއްވައިފައި އެވަނީ "ސިނަމާލެ ބުރިޖު". ވީމާ، ދެން ކިޔަން ވާނީ އެހެން. އެކަމަކު ލިޔުމުގައި އޮންނަން ވާނީ އެ ލަފުޒު ދިވެހިކޮށްފައި އޮތް ގޮތަށް ބުރިޖު. ބާގަ އުބުފިލި، ރާގަ އިބިލި، ޖަވިޔަނީގަ އުބުފިލި" އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހިބަހާއި ބެހޭ ގޮތުން އެންމެ ފަހު ބަސް ބުނާ ފަރާތްކަމުގައި 9/2011 - ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގައި ބަޔާންކުރައްވައިފައި ވުމާއެކު ދައުލަތުން ބަހާ ބެހޭ ގޮތުން ދެއްވާ ލަފަޔަށް އަޅުގަނޑުމެން އިހުތިރާމްކުރާން ޖެހޭނެވެ.

އެކެޑަމީން މިފަހަކަށް އައިސް އައު ވަރަށް ގިނަ ލަފުޒު ހައްދަވައި އާންމުކުރައްވައިފިއެވެ. މިއީ ދިވެހި ދައުލަތުގެ ބަޖެޓުން ހޭދަތަކެއް ކުރައްވައިގެން އެ މުވައްސަސާއިން ކުރައްވާ ކަމެއްކަމުގައި ވެސް އެކެޑެމީގެ ރައީސް ވިދާޅުވިއެވެ.

"ދައުލަތުން މިކަމަށް ވެސް ހޭދަތަކެއް އެބަކުރައްވާ. އެހެންވީމާ، ކަނޑައަޅައިދޭ ލަފުޒުތައް ބޭނުންކުރެއްވުމުން ދިވެހިބަހަށް ދިރުން އަންނާނީ. ބަސް ކުރިއަރާނީ. ސިނަމާލެ ބުރިޖު ކިޔުމަކުން ގޯހެއް ނެތް. އެހެނަސް އަޅުގަނޑަށް ހަމަ އެންމެ ރީތިވެފައި މޮޅީ ދިވެހި ލަފުޒަށް އިސްކަން ދެއްވުން. ދިވެހީން ދިވެހިވަންތަކަމާއެކު ކުރިޔަށް ދިޔުމަކީ ދިވެހިބަހާއެކު ކުރިޔަށް ދިޔުން" އަޝްރަފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މޫސާ ފުޅު

    "ރަސްމީ ދިވެހި ނަމޭ" ވިދާޅުނުވެ ބްރިޖްގެ ނަމަކީ "ސިނަމާލެ ބްރިޖް" އޭ ވިދާޅުވިނަމަ ވަރަށް ސަޅިވީސް.

  2. Anonymous

    ކިޔާނެ އެއްޗެއް ކިޔަންވީ. އެންމެ ރަގަޅު.ނަމަކީ " ގަންޖާ ނޭޅޭނޭ ކީ ބުރިޖު މިއޮތީ އަޅާފަ" މިއީ

    • ތުއްތު

      ތިއަށްވުރެ ސަޅިވާނެ " ދީވީންގެ ދަރަނިގޯނި"

      • ޕަކާސް

        ތިޔައްވުރެ މާސަޅިވާނެ ގަންޖާމެން ނަގާފަ އަދާނުކުރެވުނު ދަރަނި ގޯނި މިހެން ކިއްޔާ.

  3. ގ

    " ސިނަ މާލެ ބުރިޖު " މިއީ ތާކުން ތާކު ޖެހޭ ނަމެއްނޫން. " ސިނަ މާލެ" އެއީ ބާ ވެފައި ހުރި ފްލެޓް ތަކަކަށް ކިޔާނަނަމެއް. ގާތް މީހަކު ބުނި ނަމަކަށް ވިއަސް މިނަން ކިޔާކަށް ނުފެނޭ.ކިތަންމެ ގާތަސް އަދި ނަން ކިޔަން ނޭގޭ މީހަކަށް އެމީހަކު ވެދާނެކަމުގައި ދަންނަވަން. މަށަށް ވަރަށް ރީތި އަދި ކަމާގުޅޭ ނަމެއް އެއީ " ސީނު މަހަލް ބުރިޖު ". އެއީ ޗައިނާއާއި ރާއްޖޭގެ ނަން ހިމަނައިގެން މަށަށް ލިޔެވުނު ނަމެއް. ޝުކުރިއްޔާ.

    • އަހުން

      ސީނު މަހަލް ބުރިޖު ހަމަ ސަޅި ނަމެއް އެއއީ، ސީނު -، ޗަިނާ/ސީނުކަރަ
      މަހަލް، މޯލްޑިވިސް/މަހަލްދީބް
      ބުރިޖު، ފާލަން

      ދެން ކޮން ދާލަންއެއް؟؟؟

    • ދޮންކާސިމު

      ސީނުމަޙަލް ބުރިޖަށް ތާއީދު. ވަރަށްގުޅޭ ރީތިނަމެއް.

  4. ނަޝީދު

    ކޮންމެ އެއްޗެއް ކިޔަސް ތިއޮތީ އަޅާފަ.

  5. މައި

    އަޅުގަނޑަށް ފެންނަ ފެނުމުގައި މި ތަނަށް ކިޔަންވީ ހުޅުމާލޭ ހައިވޭ ބްރިޖް

  6. ކިޔާމީހާ

    ދާލަން އެބަސް ބޭނުން ނުކޮށް މިނިސްޓަރު ބުރިޖު އެނަން ހޮއްވެވީ ކީއްވެބާއޭ ހިތަށްއަރާ

  7. ސަނދުވާ

    ސިނަމާލޭ ބުރިޖު ކިއުމުގައި ކޮބައިތޯ މައްސަލަޔަކީ. އެކަޑަމީ ވެސް ދިވެހިބަހަކަށް ހަމަޖެހުނީވިއްޔަ. ސިނަމާލޭ ބުރިޖުގެ މާނަޔަކީ، މާލޭ ސިނާއީ ސަރަޙައްދާ ގުޅުވާލެވިފައިވާ ބުރިޖެއްކަން އަންގައިދިނުން.

  8. ސަމުސާ

    ކިޔާ ކަޅުއޮއް ބުރިޖް.

  9. ނަން

    ސިނަމާލެ ބްރިޖް މިހެން ކިޔުމަށްވުރެ "ސީނުމާލެ ބްރިޖް" ކީނަމަ މާރީތި. صين ޢަރަބި ބަހުން މާނައަކީ ޗައިނާ.
    ސިނަމާލެ ކިޔުމުން މާބޮޑަށް ސިނަމާލެ ފްލެޓްތަކުގެ ހަނދާންވަނީ. އާނަމަކަ ނުވާހެން ހީވަނީ.

  10. ނައުބެ

    ކިޔަންވީނު "ދިގު މަގު ދާލަން" ކިހާ ސަޅި ނަމެއް.

  11. ތެލުލިމަސް

    ކިޔަމާބަހީ ގާދޫހިނގުން ....

  12. މުޝް

    ބަކަރި އަޝްރަފު

  13. ހަޗަސް

    އެތަކެއް އަހަރުވަންދެން ބަސްކޮމިޓީއަށް ހިދުމަތްކުރިމީހަކު އާދޭހާ އެކު ތަކުރާރުކޮށް އެދިއެދި ހުއްޓާ ދިވެހިބަހުގެ އެކަޑެމީއިން ހުސްވި ގޮނޑި ދިނީ ހުދު ތިމާމީހާގެ ދަރީގެ މާދަރީ ބަހަކީ އިނގިރޭސި ބަހޭ ބުނިމީހާޔަށް (ސިޔާސީ ބޭނުމުގައި!) . ދެން ގައުމާ ބަހާ ދާނެ ގޮތް ވިސްނާ! މީވަރަށް ވާހަކަ. މިކޮމެންޓު ޖަހާލަން ކެރެންޏާ.

  14. ހެ

    ކޮން ދާލަމެކޭ ކިޔާކަށްތަ ފާލަން ކީމަ ހަމަ ރަނގަޅެއްނޫންތަ.

  15. ޖުހާ

    އެއެއްޗަކަށް ނަން ކިޔަނީ އެއްޗެއް އުފެއްދި ފަރާތަކުން. އެއީ އެކަޑަމީ އަކާ ބެހޭކަމެއްނޫން. ސަރުކާރުން އަޅާ ބުިރިޖަށް ސަރުކާރުން އެއޮތީ ނަން ކިޔާފާ. އެނަންކިޔަން ބޭނުން ނުވާމީހާ އަމާގެ މުކިމުއްޗޭ ކީމާ ނިމުނީ.

  16. ޒާ

    'ފެނޭތަބުރިޖް' ކިޔަން ވީ

  17. ދާލަން

    ކިޔާނެ އެއްޗެއް ކިޔަންވީ. އެއޮތީ ނޭޅޭނެޔޭ ބުނި ބުރިޖު އިންޝާﷲ އަޅާފަ، ދެން ކަލޭމެންތިބޭ އޭގެމަތީގައި ފުޅިބޯން ތައްޔާރުވެގެން. ހެހެހޭ. ގޮތްކުޑަ ރީނދޫ ބައިގަނޑު.

  18. Anonymous

    ކިޔާބަލަ ރެދުފާތޭ ބުރިޖު. ނޫނީ ޑިގްރީ ޖަހާ މަޅާލި ފައިސާއިން ބާކީވި ފައިސާ އަށް ވީ ބުރިޖު. ނުނީ ކުނިމޫނު ބުރިޖު. މުއިއްޒު މާލަން. އަފިހުންބަހާ ބުރިޖު.

  19. Anonymous

    ކިޔާ ޑިގުރީ ބުރިޖު

  20. Anonymous

    ޗައިނާބުރިބޯ ދިވެހިންގެ ބުރިޖު

  21. Anonymous

    ޕޕމސަޑަމޯ ފާލަން

  22. ޟައިމުއްދޭ

    މިސަރުކާރަކީ ދިވެހި ބަހާއި އިސްލާމް ދީނަށް ބީރައްޓެހި ސަރުކާރެއް،
    ދިވެހި ބަހާއި އިސްލާމް ދީން މިސަރުކާރުން ބޭނުންކުރަނީ ނަމެއްގައި ދެއްކުން ތެރިކަމުގައި އެކަނި

    • ސާޏި

      ތެދުފުޅެއް
      މި މީޙުން ބޭނުމެއް ނުވޭ ބަސް ކުރއަރުވާކަށް.
      އެކެޑަމީއަށް ދިން ބަޖެޓުގެ ވާޖަކަ އަޑު އެހިން ބައްދަލުވުމަކުން. ސުމެއްގެ ސަރުކާރެއް.
      އެޑިޔުކޭޝަނުގެ ދަށުބް އެކަށޑަމީ ހިނގަނީ. އެކަމަކު ބާއްވާ ހުރިހާ ޖަލްސާއެއްގެ ބެނާ ލޮޔާނީ އިނގިރޭސިން.

  23. ކިޔާލާ

    ކިޔާބަލަ މާލޭ ވަރުނުލާ ބުރިޖު
    ކޮންމެހެން މަސައްކަތްކުރި މީހުންގެ ނަންޖަހަންޖެހޭތަ؟ ހަދާ ކޮންމެ އިމާރާތަކަށް އެހަދާ މީހުންގެ ނަންކިޔަންވެއްޖެއްޔާ ސަލާމަތެއްނެތެއްނު.

  24. އިސްމާޢީލް

    "ސިނަމާލެ ބުރިޖު" މި ގޮތަށް ކިޔުން ރަނގަޅު ވާނެ!

  25. ގާސިމް

    ޔާމީން 2018

  26. ސަންޕަހޮއްކޮ

    ތިބުރިޖައް ކިޔަންވީ "އައްޑަނަ" ކޮންމެ ނުބައިކަމެއް ކޮށްފަ މިސަރުކާރުން ގެނެސްދޭނީ ބުރިޖުގެ ޚަބަރުތައް ވީމާ، ތި ޔައީ ފިޔަން، ނުވަތަ އައްޑަނަ ހެހެހޭ