ނައިފަރުގެ ފުއްޓަރު ފަރާތުގައި އަޅައި އެންމެ ފަހުން ދޫކުރި ފްލެޓްތަކުން ފްލެޓެއް ލިބުމުން އެ ރަށު ސަބީހާ މުހައްމަދު ހުރީ އުފަލުން ފޮޅިފަ އެެވެ. ނައިފަރަކީ އިންތިހާއަށް ބައިބޯ ރަށަކަށް ވެފައި ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ ރަށަކަށް ވާތީ ހަމަޖެހިލައިގެން އަމިއްލަ އުޅެވޭނެ ގޮތެއް ލިބުމަކީ އެ ރަށުގެ ކޮންމެ މީހަކު ވެސް ދެކޭ އެންމެ ބޮޑު އެއް ހުވަފެނެވެ. ގެއަށް ބޭނުންވާ ސާމާނުތަކާއި އެއްޗެތި ގަނެ ސަބީހާ އެ ފްލެޓަށް ބަދަލުވީ މީގެ މަހެއްހާ ދުވަސް ކުރިން ވަރަށް ފޮނި އުއްމީދުތަކާއެކު އެެވެ.

ނަމަވެސް އުއްމީދުކުރި ގޮތާއި އިދިކޮޅަށް ފްލެޓް ދިރިއުޅުން ސަބީހާއަށް ވީ ބޮޑު ވޭނަކަށެވެ. އޭނާ އެކަންޏެއް ނޫނެވެ. ފްލެޓްގައި ދިރިއުޅޭ އެންމެނަށް ވެސް ހަމަ އެފަދަ އެވެ. ހާއްސަކޮށް އެތަނުގެ ބައެއް ފްލެޓްތަކުގައި އުޅޭ މީހުންނަށް އެ ވޭން އަދި މާ ބޮޑެވެ.

އެންމެ ބޮޑު ޝަކުވާ، ފެން ނުލިބުން

އާބާދީގެ ގޮތުން އެހާ ބައިބޯ އަދި ކުޑަކުޑަ ރަށަކަށް ވާތީ ނައިފަރުގެ ފެން ލޮނުވިތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންވެ ސަރުކާރުން ވަނީ އެ ރަށުގައި ފެނުގެ ނިޒާމް ގާއިމްކޮށްދީފަ އެވެ.

އެހެން ނަމަވެސް ފްލެޓްތަކުގައި ދިރިއުޅޭ މީހުން ތިބީ ސަޕްލައި ފެނުން މަރުހޫމްވެފަ އެވެ. މިދިޔަ މާޗް މަހު ފްލެޓްތަކަށް މީހުން ވަންނަން ފެށިއިރު މިއަދާއި ހަމައަށް ހަތް މަސްވެެގެން ދިޔަ އިރުވެސް ފެނުގެ އިންތިޒާރުގައި ތިބުން ނޫން ގޮތެއް ހަމަ ނެތެވެ. ނަމަވެސް ފްލެޓްތަކަށް މީހުން ވަންނަން ފެށިއިރު ތިން މަސް ތެރޭ ފެން ގުޅައިދޭނެކަމަށް ކޮންޓްރެކްޓްގައި އޮތީ ބުނެފަ އެވެ.

ނައިފަރުގެ ފްލެޓް އެޅި ސަރަހައްދަކީ ހިއްކާފައިވާ ސަރަހައްދަކަށް ވާތީ އެތަނުގައި ފެނުގެ ލޮނުކަން އެހެން ސަރަހައްދުތަކަށް ވުރެވެސް ބޮޑެވެ.

ނައިފަރުގެ ފްލެޓްތަކުގެ ފެން ހޮޅިތަކުގައި ދަބަރު ޖަހާފައި--

އެހެންވެ އެ ރަށުގެ އެއް ބަޔަކު އެކަން ހައްލުކުރުމަށް ހަން ހަމުގައި ފްލެޓްތަކަށް ގޭގެއިން ފެން ގެންދެ އެވެ. ނަމަވެސް ގޮތެއް ނެތުމުން ބައެއް މީހުން ލޮނު ފެންވެސް ދަނީ ބޭނުން ކުރަމުން ނެވެ.

"ތިމާގެ މީހެއްގެ ގެއިން ގެއިން އަޅުގަނޑު ފެން ގެނެސްގެން މި އުޅެނީ. ފަަސްޓް ފްލޯގައި އުޅޭތީ ފެން އަރުވަން ދެން އެހާ އުނދަގުލެއް ނޫން. ނަމަވެސް މަތީ ބުރި ތަކުގައި އުޅޭ މީހުން ކިހިނެއްތޯ އަބަދު ފެން ގެނެސްގެން މައްޗަށް އަރުވައިގެން އަބަދު އުޅޭނީ" ސަބީހަ ބުންޏެވެ.

ނައިފަރުގެ ފްލެޓްގައި ދިިރިއުޅޭ އެހެން މީހެއް ކަމަށްވާ ރިމްޒާން "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އޭނާ މިހާތަނަށް ވެސް ބޭނުންކުރަމުން ދިޔައީ ބިމުން ނަގަމުން ދިޔަ ފެން ކަމަށެވެ. ނަމަވެސް އެ ފެން ވަރަށް ލޮނު ކަމަށާއި އެފެނުން ފެން ވެރުމުން ވަރަށް ވަސް ވެސް ދުވާ ކަމަށެވެ.

ފެން ލޮނުވުމާއި ވަހަށް ވުރެ އޭނާ އެންމެ ބޮޑަށް ކަންބޮޑުވަނީ ފެނުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކެވެ. އެ ފެން ބޭނުންކުރުމަށް ކުދިންގެ ލޮލާއި ހަމާއި އަދި އެހެނިހެން ތަންތަނުގައި އިންފެކްޝަން އުފެދޭތީ އޭނާ ހުންނަނީ ވަރަށް ބިރުން ނެވެ.

އޭގެ އިތުރުން ލޮނު ފެނާއި ހެދި މެޝިންތަކުގައި ދަބަރު ޖެހުމާއި އޭގެ ސަބަބުން ޔުނީފޯމްތަކުގައި ވެސް ދަބަރު ހޭކިގެން ދިއުމަކީ އަނެއް ތަކުލީފެވެެ.

ފްލެޓްތަކަށް ފެން ލިބޭނެ ދުވަހެއް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެެވެ. ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކެތްތެރިވެގެން ތިބުން ނޫން ގޮތެއް ނެތެވެ.

ވިއްސާރައާއެކު ފްލެޓްތަކުގެ އެތެރެއަށް ފެން

ފްލެޓްތަކަށް ފެން ނުލިބޭ މައްސަލައަށް ފަހު ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ދެން އެންމެ ބޮޑު ޝަކުވާއަކީ ވާރޭ ވެހޭ ކޮންމެ ފަހަރަކު އެ ފްލެޓްތަކަށް ފެން ވަނުމެވެ.

ހާއްސަކޮށް އެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ބޭރަށް ކަންމައްޗަށް ހުންނަ ފްލެޓްތަކާއި އެންމެ ތިރީ ފްލެޓްތަކަށެވެ. މިދިޔަ ހުކުރު ދުވަހު ނައިފަރަށް ކުރި ވިއްސާރައިގައި ވެސް ވަނީ ބައެއް ފްލެޓްތަކަށް ބޮޑެތި ގެއްލުން ލިބިފަ އެވެ.

ނައިފަރުގެ ފްލެޓްތަކުގެ ފާރުތަކުން ފެން ވަދެފައި--

ބައެއް ފްލެޓްތަކުގައި ދިރިއުޅެން ނުފަށާއިރު އެތަނަށް ވައްދާފައި ހުރި ފަރުނީޗަރުތަކަށް ވެސް ފެނުގެ އަސަރުކޮށް ވަނީ ގެއްލުންވެފަ އެވެ. އޭގެ އިތުރުން ފެން ވަންނާތީ ބައެއް ސީލިންގްތައް ވެސް ވަނީ ހަލާކުވެފަ އެވެ.

ފްލެޓްގައި ދިރިއުޅޭ ރަމްޒާން ބުނީ ފްލެޓްތަކަށް ފެންވަންނަނީ އެތަން ހަދާފައި ހުރި ގޮތުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެެވެ.

"ފެންވަދޭ ދޮރުންނާ ސްވިޗް ބޯޑުތަކުންނާ ކަރަންޓް ސުވިޗް ބޯޑުތަކުން. ދެން ކިހިނެއްތޯ ކަރަންޓް ބޭނުންކުރަނީ" ރިމްޒާން ބުންޏެވެ.

އަސާސީ ހިދުމަތްތައް ފޯރުކޮށްނުދީ ކުލި ނަގާތީ ނުރުހުން، ޝަކުވާތައް ހުށަހަޅާނެ ތަނެއް ވެސް ނެތް

ނައިފަރުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ނަގަމުން ދަނީ 5000 ރުފިޔާ އެެވެ. އޭގެ އިތުރުން މެއިންޓެނެންސް ފީގެ ގޮތުގައި ވެސް އިތުރު 500 ރުފިޔާ ނަގައެެވެ. އެއާއެކު ޖުމްލަ ކުލި 5500 ރުފިޔާއަށް އަރަ އެވެ. އެ ކުލި މާޗު މަހުން ފެށިގެން ދިޔައީ ނަގަމުން ނެވެ.

ނަމަވެސް ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ޝަކުވާއަކީ ފްލެޓްތަކަށް އަސާސީ ހިދުމަތް ފޯރުކޮށްނުދީ ކުއްޔާއި މެއިންޓެނެންސް ފީ ނަގަން ފެށުމެވެެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް "ވަގުތަށް" ވިދާޅުވީ އަސާސީ ހިދުމަތްތައް ދޭން ނުފަށައި ކުލި ނަގަން ފެށުން ބޭ އިންސާފު ކަމަށެވެ.

މީގެ ކުރިން ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފްެލެޓްތައް ހަވާލުކުރި އިރުވެސް އެ ތަންތަނުން ކުލި ނަގަން ފަށަން ގްރޭސް ޕީރިއަޑެއް ދިނެވެ. އަދި އޭގެ ކުރިން ހުޅުމާލެ އިން ދިން އެހެން ފްލެޓްތަކަށް ވެސް ގްރޭސް ޕީރިއަޑެއް ދިނެވެ. ބޭނުމަކީ ދިރިއުޅެން ފަށާއިރު މީހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތް ހަދަން ވަގުތު ދިނުމެވެ. ނަމަވެސް އެ ނަސީބެއް ނައިފރުގެ ރައްޔިތުންނަކަށް ނެތެވެ.

ނައިފަރުގެ ފްލެޓްކުގެ ސީލިންގްއިން ފެން ވަދެފައި--

ކުލީގެ އިތުރުން ފްލެޓްތަކުގެ އުޅޭއިރު ދިމާވާ މައްސަލަތަކާ ގުޅޭ ޝަކުވާ ހިފައިގެން ދާނެ ތަނެއް ނެތް ކަމަށް އެ ތަނުގައި ދިރިއުޅޭ މީހުން ބުނެއެވެ.

"އެގްރިމަންޓްކޮށްފައި އިންނަނީ ހައުސިން މިނިސްޓްރީ. ކައުންސިލްގެ އެއްވެސް ދައުރެއް ނޯވޭ. މިނިސްޓްރީގެ ފަރާތުން ފޯކަލް ޕޮއިންޓެއް ވެސް ގާއިމްކޮށްފައި ނެތް. ކައުންސިލުން ބުނަނީ މިނިސްޓްރީއަށް ގުޅާށޭ. ދެން މިނިސްޓްރީން ޖަވާބެއް ނުލިބޭ. މިނިސްޓްރީން ބުނަނީ ކައުންސިލަށް ހުށަހަޅާށޭ. އެކަމަކު ކުލި ނެގޭނެ އިންތިޒާމްކޮށްފައި އެބައޮތް. ހަމަ އެގޮތަށް ޝަކުވާ ވެސް ބަަލައިގަނެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ ނޫންތޯ" ފްލެޓްގައި ދިރިއުޅޭ ސަބީހާ ބުންޏެވެ.

ފްލެޓްގެ މައްސަލަަތަކަށް ހައްލެއް ނުލިބޭ އިރު އެކަމުގައި ހައުސިން މިނިސްޓްރީން އެއްބާރުލުން ނުލިބޭ ކަމަށް މެމްބަރު ޝިޔާމްވެސް ވިދާޅުވި އެވެ.

ފްލެޓްގައި ދިރިއުޅޭ ރިމްޒާން ބުނީ މެއިންޓެނެންސްގެ ކަންކަން ހައްލުކުރަން ކައުންސިލްގެ އަތުގައި ފައިސާ ވެސް ނުހުންނަ ކަމަށެެވެ. އަދި ކޮރިޑޯ ފަދަ ތަންތަނުގައި ހުންނަ ބޮތްކެއްވެސް ބަދަލުކުރަން އެތައް މަހެއް ނަގާ ކަމަށެެވެ.

"އެންމެ ފަހުން ވެސް ވިއްސާރަ ވެގެން ފެން ވަންނާތީ ކައުންސިލަށް ގުޅިން. ކައުންސިލުން ވާހަކަ ދެއްކި ކުއްޖާ ބުނީ ރަށުން ބޭރުގައޭ. ފަހުން އަންނާނަމޭ. އޭރުވެސް ސްވިޗްބޯޑުތަކުން ފެން އަންނާތީ އަޅުގަނޑުމެން މި އުޅެނީ" ރިމްޒާން ބުންޏެވެ.

ފްލެޓްތަކުގެ މުސްތަގުބަލާއި މެދު ވެސް ސުވާލު

ނައިފަރުގައި އެންމެ ފަހުން އެޅި ފްލެޓްތައް އެޅީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ) އިން އެވެ. ނަމަވެސް އެތަނަށް ވަދެ މީހުން އުޅެން ފެށިތާ އެއް އަހަރުވެސް ނުވާއިރު ފެން ވަދެ ގެއްލުންވާތީ ފްލެޓްތަކުގެ ފެންވަރާއި މެދު ވެސް ފްލެޓްތަކުގެ ވެރިން ދަނީ ސުވާލު އުފައްދަމުން ނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ޑިފެކްޓް ލައިބިލިޓީ ޕީރިއަޑްކަމަށާއި އެހެންކަމުން އާރުސީސީން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

"ފްލެޓްތަކުގެ އަގު މިލިއަނަކަށް ވުރެ ބޮޑު. މިވަރުގެ ކަމެއް ސަރުކާރުން އަޅާނުލާތީ އެންމެ ބޮޑު މައްސަލައަކީ" ޝިޔާމް ވިދާޅުވި އެވެ.

ފްލެޓްގައި ދިރިއުޅޭ ރިމްޒާާން ބުނީ ފްލެޓްތަކަށް މީހުން ވަންނަނީ ވަރަށް ބޮޑު ގުރުބާނީއެއްވެ އެ މީހުން ރަށުގެ މައިންބަފައިންގެ ގޯތިން ލިބޭ ތަންކޮޅުވެސް ދޫކޮށްލާ ގޮތަށް ޝަތުރުކޮށް ކަމަށެެވެ.

ނައިފަރުގެ ފްލެޓްގެ މައްސަލަަތައް ބޮޑުވެ ހައްލެއް ނުލިބޭތީ ފްލެޓްތަކުގެ ވެރިން ސޮއިކޮށް ރައީސް އޮފީހަށް މިހާރު ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އަދި ހަމަ އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް "ވަގުތަށް" ވިދާޅުވީ އެ މައްސަލައިގައި މީގެ ކުރިން ވެސް މަޖިލީހުގައި އިތުރު ސުވާލުކުރުމުގެ ފުރުސަތުގެ ތެރެއިން ކުރި ކަމަށާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނު ކަމަށެެވެ.

"މިހާރު މި ވިސްނަނީ ވަކިން މިނިސްޓަރު ވަކިން ހާޒިރުކޮށް ސުވާލުކުރަން. އެ ސުވާލު ހުށަހަޅާނަން މި ހަފްތާގެ ތެރޭގައި" ޝިޔާމް ވިދާޅުވި އެވެ.

ފްލެޓްތަކުގައި އިންތިހާއަށް މައްސަލަތައް ހުރިއިރު އެމައްސަލަތައް ހައްލުކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ނައިފަރުގެ ރައްޔިތުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަވަށުމީހުން

    ޔާމީން ވެރިކަމުގައި ޝިޔާމް މެން ގެނަ ބައެއް އެއީ ކަޓް ނަގާގެން ފެނާއި ނަރުދަމާ ހަދަން.. އެ އިންޑިޔާ ކުންފުނިއަކީ ދުވަހަކުވެސް ތަނެއްގައި ފެނާއި ނަރުދަމާ އަޅާފަތިބި ބައެއްނޫން.. ރަށުގެ ކަރަންޓް ކޭބަލްތައް ދަމާ ކަޑާނެގީ.. އެކަން ކުރަން އެމީހުން ވަރަށް ކުޅަދާނަ.. މިސަރުކާރުން އެމީހުންގެ އަތުން އަތުލާފައި އެމް ޑަބްލިއު އެސް ސީ އަށް ޙަވާލްކުރީމަ ކިރިޔާ އެނިމެނީ.. އެމީހުން އައިސް ޖެހުނީ އަލުން ބަލުން ކަންތައް ފައްޓަން.. ފެން ދޫކުރަން ގާތްވީމާ މިމީހުން ޕްރެޝާ ކުރީމަ ސަރުކާރުން ފެން ދޫކުރަން އުޅެނީ ކަމަށް ދައްކަން ތިއުޅެނީ.. މުޅިން ނޫހަށް މައުލޫމާތުދީފައި ތިތިބީ ޕޕމ މީހުން..

    8
    12
  2. އަވަށުމީހުން

    ތި ހައުސިން ޔުނިޓްތަކަކީ މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފައްޓަން ރިޔާސީ ކެމްޕޭންގައި ރައީސް ސާލިޙް ވީ ވައުދެއް.. ކޮވިޑް ދަތިހާލުގައި އާރު ސީ ސީ މީހުން ނާއި ޙަވާލުކޮއްގެން ފުއްދަވާދެއްވި ވައުދެއް.. ފެން ނުވަންނަ ގެއެއް ނައިފަރަކު ނުހުންނާނެ ގަދަޔަށް ވިއްސާރަ ކުރަންޔަކާ..ތިއީ ހާމަޔަށް ހުރި އިމާރާތެއް.. ގިނައިން ފެން ވައްދަނީ ކުޑަދޮރުގެ ބިއްލޫރި ގަނޑަށް ލައްވާފައި އިން ރަބަރު ގަޑުދަށުން..އެތަން ރަގަޅު ކުރީމަ ކުޑަދޮރުން ފެން ވަނުން ހުއްޓޭނެ. މިރަށުގައި ހަދާހެން ފާރުން ފެން ނުވަންނަ ގޮތަށް ފާރު ފައިބަރު ކުރަން ޖެހޭނީ.. މިކަމުގެ ހައްލު އާރުސީސީ އިން ހޯދާދޭން ޖެހޭނެ. މެއިންޓެނަންސް ފީ ނަގާގެން ކައުޅުތައް ތިބޭނެކަމެއްނެތް..

    5
    2
  3. ސުދާ

    އެހެންވީމަ މާލެ ނުވަތަ ހުޅުމާލެ ތޮއްޖައްސަން އައިމަ ރަންގަޅުވާނެ .

    6
    1
  4. އިސްޢާފް ސަލީމް

    ނައިފަރުގައި ހެދި ފްލެޓްތަކަކީ ޔާމީންގެ ޒަޢާމަތުގައި ނައިފަރުގައި 150 ފްލެޓް ހަދަން ނިންމާ ފަންޑުހޯދާ ބިޑްވެސްކޮށްފައިވާ މަޝްރޫޢެކެވެ. 2018 ވަނައަހަރުގެ ޖުލައިމަހު ކޮންޓްރެކްޓްގައި ސޮއިކޮށް މަސައްކަތް ފެށުމަށް ތައްޔާރުވަނިކޮށް އޭރުގެ އިދިކޮޅުފަރާތްތަކުން އޭސީސީއަށް މައްސަލައެއްހުށައަޅާ އޭސީސީ އިން އެ މަޝްރޫޢު ހުއްޓުވިއެވެ. އޭރުގެ އިދިކޮޅު މިހާރު ސަރުކާރުގައިތިބި މީހުން ، 150 ފްލެޓް 100 އަށް ބަދަލުކޮށް ލާރިގަނޑު ކައްވާލާ ބައިލިބޭ ބަޔަކަށް މަޝްރޫޢު ހަވަލުކޮށް އެއްޗަކަށް އެއްޗެއްހަދާ ނިންމަލިއިރު ތަނުގެ ޙާލަތުހުރީ ފަންފުޅަފަކަށްވުރެ ނިކަމެތިކޮށެވެ. ބިތްތަކުން އެތެރެޔަށް ފެންފައިބާ ވަރޭފެން އެއްކުރެވޭނެގޮތެއް ނެތެވެ. ވަޅުފެންފިޔަވައި އެހެންފެނަކަށް ހޮޅި އަޅާފައެއް ނެތެވެ. މޫދުކައިރިވީމާ ވަޅުފެން އެހާ ލޮނެވެ.

    11
    2
    • ދެން ބަހީ ސޭބޯން.

      ނޫނޭ.. ޔާމީން ދިޔައީ 150 ހައުސިން ޔުނިޓް އަޅޭދީފޭ.. މިސަރުކާރުން އައިސް އެތަން ތަން ތެޅީ.. ތިގޮތަށް މެމްބަރު ޝިޔާމާއި މުބީން ކަޓްނަގާގެން ކުލާސް ރޫމް ބައެއް ހަދާފަ ނިންމިކަމަށް ސޮއިކޮއްފައި އޮތް.. އެކަމު ގެނަހައި ދަގަނޑުތަކެއް އަދިވެސް އެހެރީ ކްލާސް ރޫމް ބައި ހުރީ އަޑިޔަށް މޫލާގެން ހެދިފައި.. މި ސަރުކާރުން އައިސް ކޮނެގެން ނަގާފައި އެހެރީ.. ޗަހެން ރައްޔިތުންނަށް އޮޅުވޭލަން ނޫޅެއްޗޭ..

      3
      2
  5. ހެހެހ

    ހުރިހާ ކަމެއް ފުރިހަމަ ކަމަށް ބުނާ އެމްޑީޕީއިން އަޅާދިން ތަންތަން ތީ ، އެހެންވިމަ އެމްޑީޕީ ކުދިން އަތްޖަހާ
    ފެންހޮޅީގައި ދަބަރު ޖަހައޭ ކިޔާފަ ނޫސްވެރިޔާ ޖަހާފައިން ފޮޓޯގައި އިނީ ފެންހޮޅިއެއްބާ ؟؟؟؟؟
    އެއީ އެއަރކޯންއެއްކަމަށް ޝައްކުކުރެވޭ އެއްޗެއް

    16
  6. ޞެން

    އޭސީގެ ގޭސް ހޮޅިއެއްގެ ފޮޓޯ ދައްކާފައި ފެންހޮޅިއެކޭ

    11
  7. މާލެ

    ތިކަމާ ކަންބޮޑުނުވޭ! މިރާއްޖޭގެ ހަގީގީ ރައްވެހިންނަކީ މާލޭ ބޭފުޅުން..އެމީހުންނަށް ހުރިހާ ޚިދުމަތެއް ބަރާބަރަށް ލިބޭނެ...ފެންވަރަންވީމަ މާލެ ދޭ!

    11
    3
  8. zero tolerance

    ނައިފަރަކީ މުޅިރާއްޖޭގައިވެސް އޮތް އެންމެ ތޮއްޖެހިފައި އޮތް ރަށް. އެކަމަކު ސިޔާސީފިކުރުގެ ސަބަބުން މިސަރުކާރުން ނައިފަރަށް ލައްކަ ދެރޮގޮތް ހަދަމުން އެދަނީ

    17
    3
  9. ސޯލިހު އައުޓް

    ސޯލިހުގެ ރޭސިސްޓު ސިޔާސަތުގެ ދަށުން ހިންނަވަރާ ނޭފަރު ރައްޔިތުންނާ ތެރޭ ކުރާ ތަފާތު މިއާހުރި ލޯކުރި މައްޗަށް ފެންނަން. އެކަލޭގެ އަށް ހީވަނީ އޭނާ ވެރިކަމަށް އައީ އެކަލޭގެ ގޯތި މީހުންނާ ހިންނެވަރަށް މޮޅު ގޮތް ހޯދާފެ ނޭފަރު ރައްޔިތުން ބިކަ ކުރަންކަމަށް. 2023 ހަރާން ސޯލިހަށް

    14
    1
  10. ހަސަންބެ

    ހާދަ ނުބޭ މީހެކޭ ހިންނަވަރު ސޯލިހަކީ

    13
    1
  11. Anonymous

    ނައިފަރު ހުރިހާ ތަނެއް ހުންނަނީތިހެން...ރޯހައުސް ތަކަށްވެސް ތިހާލުގަ އެތަން ފެންނަމީހެއްނެތް...އެރަށު ކޯޓުގައާއި ހޮސްޕިޓަލްއާއި ކައުންސިލް ގަ ތިބޭނީ އަދި އަރާތިބި ބައެއް ފޯނެއް ނުނަގާތާންގަ މީހަކާ ރީތިކޮން އަނގައިންވެސް ބުނަންނޭނގޭ މީހުންތިބީ ތަންތަނަށްލާފަ

  12. ރިމްޒާނު

    ޕިސްޕިސް ނުޒޫ.......... ޗަކަހަލަ ކޮސް ނުގޮވޭ!
    މީ ރާއްޖޭގޭ އެންމެ ގިނަ މީހުން ކިޔާ ނޫސްކަން ދޫންޏަށް ނޭނގެނީ؟؟؟؟

  13. މާހިރު ކިޔޮޅު

    ދަރިފޫ ކުޑޭ، ބައްޕޭ ނެތް ދުވަހަކުންވެސް މީހަކަށް ނޮހޮރުއްޕާން ނުކޮށް ދުނިޔޭގޭ އުޅެވޭތޯ ދަރިފޫ ބަލާތި

    1 މިލިޔަން ހިނގޭދާނެ އިސާހިތަކު

  14. ފައްތޭ ހެލެން

    ނުހައްގުން ފުލެޓް ހޯދި ބައިގަނޑަށް ވަރަށް ސަލާމް
    ޗައިނާ ފުލެޓް މާ ސަޅިއޭ.........

  15. މަސް މޮހޮއްމަދުގެ ފަހަރުވަހަޑާދު

    ރަށުރައްޔިތުންނަށް ޖެއްސި ބަލާއެއް ޗަވެސް!
    ފެނުން ދޮވެލާ
    ސިންކުގޭ ވެސް ދަބަރު
    ކަށްގަނޑުގޭ ވެސް ފޫ
    ދޮރުތަކުގޭ ދަބަރު
    ފެނުގޭ ވަސްފުޅުން މާތް މާވަހަރު
    ސާބަހޭ ޔާމީނޫ!!!!!!

  16. ކޮރޯނާ މޮހޮއްމަދުގެ ސޮބީހާ

    ޗަ އެޅި ފުލެޓުތަކެއް އިންސާނުން ދިރި އުޅޭކަށް ކަމަކު ނުދޭ!
    މި ނޫން ގޮތެއް ނެތް؟؟؟؟؟؟

  17. މާހިރުގެ ޒާހިޔާ

    ބައްޕޭވެސް ހާދަ ކުރިއަކަށް ޖެހެލޭފިޔޭ ދޯ؟
    ރެޑްމީ ފީނެއް ލިބުނީމަ ދެން މާ ގަދަ ކޮށްދި ދޯ!. އަޅޭ އެހެރެ ކޮށްލާ ކޮމެންޓެއް.... ޕަކާޝްޝް

    1
    1
  18. ހިރިޕަކިއްލޭ

    ފެން ބޮޑުވެފާ މި ރީތި ފުލެޓު ތައް ދޮށުގޭވެސް

  19. ހަލަނި ސައްތަ އިން ސައްތަ ސައްތާރު

    "އާބާދީގެ ގޮތުން އެހާ ބައިބޯ އަދި ކުޑަކުޑަ ރަށަކަށް ވާތީ ނައިފަރުގެ ފެން ލޮނުވިތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންވެ ސަރުކާރުން ވަނީ އެ ރަށުގައި ފެނުގެ ނިޒާމް ގާއިމްކޮށްދީފަ އެވެ....."
    ސުބުޙާނަﷲ
    ސީދާ ފެން ކުޑޭ އެކަން ކޮށްދިނީ..... އެހެރީ ހަދޭލާ ދޮގު

  20. ހަބަރުބޭ

    ފޯރިއަރާނޭކަމެއްނެތެވެ! ޞާލިޙްގެ ކަމަކީ ރިބަން ކެނޑުމެވެ. ޞާލިޙް ސަރުކާރުން ބަޖެޓްކޮށް ބިންގާއެޅި އެއްތަނެއް ރާއްޖޭގައި ނޯންނާނެއެވެ. މިބުނީ އުކުޅަހު މަރިޔާދުގެ ފިޔަވައި

    1
    1