ރާއްޖޭގައި ކަނޑުމަތީގައި އެތައް ހިތާމަވެރި ހާދިސާއެއް ހިނގައެވެ. ވަކިން ހާއްސަކޮށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރު ހިނގާ ހާދިސާތައް ގިނައެވެ. މިފަދަ އެތައް ހާދިސާއަކީ ފިލާވަޅު ލިބިގަނެ، އަމިއްލަ މީހާ އާއި އެހެން މީހުންގެ ފުރާނަ ރައްކާތެރިކަން ކަށަވަރު ކުރަން ލިބޭ އިތުރު ފުރުސަތެކެވެ.

ފިލާވަޅު ލިބިގަންނަން ޖެހޭ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ އަކީ އެއީ މީގެ ދެ ދުވަސް ކުރިން ކަނޑުމަތީގައި ހިނގި ހާދިސާއެކެވެ. މެއި ހަތަރު ވަނަ ދުވަހުގެ ރޭ "މ.ސަވާރީ" ބޯޓު އަދިއަށް ދިޔައީ ދަންވަރު 1:30ގައި މާލެ އިން ފުަރައިގެން ވ. އަތޮޅު ފުލިދޫ އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ޖުމްލަ ހަ މީހަކު އެ ބޯޓުން ދަތުރު ކުރިއެވެ. އެކަމަކު މިސްރާބަށް ނުދެވެނީވެސް އެ އެންމެންވެސް ކަނޑުވީއެވެ. ބޯޓު ދިޔައީ އަޑިއަށެވެ.

މި މީހުންނާ ގުޅޭ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް އަންގާފައި ވަނީ އެ ދުވަހުގެ ހެނދުނު 06:30 ހާއިރުއެވެ. އެއާއެކު އެ މީހުން ހޯދުމުގެ މަސައްްކަތް ސިފައިން ކުރަން ފެށިއެވެ.

މި މީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ދިން ޑޯނިއާ މަތިންދާ ބޯޓު.

ކަނޑުވެފައި ތިއްބާ މި މީހުން ފެނުނީ ވ.ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުންނެވެ. ބޯޓު އަޑިއަށް ދިޔަތާ ނުވަ ގަޑިއިރު ފަހުން އެ މީހުން ސަލާމަތް ކޮށް އެ މީހުން ހުޅުމާލެ ގެނައިއިރުވެސް އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

ސަބަބަކީ ކޮބާ ހެއްޔެވެ؟. އެ މީހުން ކަނޑުމަތީގައި އެހާ ގިނައިރު ސަލާމަތުން ތިބީ ކިިހިނެއް ހެއްޔެވެ؟. ބޭނުން ކުރީ ކޮން އުކުޅެއް ހެއްޔެވެ؟

އެ ބޯޓުގައި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ "ބޮޔަންޓް އެޕަރޭޓަސް" ހުއްޓެވެ. އެ އެންމެނަށް އެހައި ގިނައިރު ވަންދެން ކަނޑުމަތީގައި ތިބެވުނީ ބޮޔަންޓް އެޕަރޭޓަސްގައި ހިފަހައްޓައިގެން ތިބުމުން ކަމަށް އެ ހާދިސާގެ ފޮޓޯތައް ހިއްސާ ކުރަމުން ރ. މަޑުއްވަރީ މަސްވެރިންގެ ޕޭޖް އިން ބުނެފައި ވެއެވެ.

މިއީ 12 ނޯޓިކަލް ބޭރަށް ނުކުންނަ ހުރިހާ އުޅަނދެއްގައި އޮތުން ލާޒިމް އެއްޗެކެވެ.

އެ ޕޭޖްއިން ވަނީ އެ މަންޒަރުގެ ފޮޓޯތައްވެސް ހިއްސާ ކޮށްފައެވެ. އެއް ފޮޓޯއިން ބޮޔަންޓް އެޕަރޭޓަސް އެތެރޭގައި އެއްޗެހި ތަކެއް ހުރި ތަން ފެނިގެން ދެއެވެ. އޭގެ ތެރޭގައި ކާއެއްޗެހި ހިމެނެއެވެ. އަދި އެންމެން ކަހަލަ ގޮތަކަށް އޭގައި ހަރުކޮށްފައި ހުރި ވާތަކުގައި ހިފަހައްޓައިގެން ކަނޑުތީގައި، ތިބިއިރު އެންމެންވެސް ތިބީ ލައިފްޖެކެޓް އަޅައިގެންނެވެ.

އިތުރު ފޮޓޯއެއްގައި މެރިން އިކުއިޕެމެންޓްގެ ލައިފް ރާފްޓްސްގެ އިޝްތިހާރުގެ ޕޯސްޓަރެއް ހިއްސާ ކޮށްފައިވާއިރު، އެހެން ބޯޓެއްގައި ލައިފް ރާފްޓްސްއެއް ހަރުކޮށްފައި ހުރި ފޮޓޯއެއްވެސް ހިއްސާ ކޮށްފައި ވެއެވެ.

އެހެންކަމުން ކަނޑު އުޅަނދު ފަހަރުތަކުގައި މިފަަދަ އެއްޗެއް ހުރުން، އެއީ އެންމެ ބުއްދިވެރި ގޮތްވެސް މެއެވެ. ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގާނީ ކޮން ދުވަހެއްގައި ކޮން ވަގުތެއްގައި ކަމެއް ނޭނގޭނެއެވެ. ރާއްޖޭގައި ވަށައިގެން އޮތީ ކަނޑުކަމަށްވާއިރު، މަސްވެރި އުޅަނދުތަކާއި، މުދާ އުފުލާ އެތައް އުޅަނދެއް އޮންނަ، މި ރާއްޖޭގެ އޮޑިވެރިން މިކަންކަމާއި މެދު ފުންކޮށް ވިސްނަން ޖެހެއެވެ.

މޫސުން ގޯސް ދުވަހެއްގައި ކޯސްޓްގާޑުގެ އުޅަނދެއް - ފޮޓޯ: އެމްއެންޑީއެފް

"ބޮޔަންޓް އެޕަރޭޓަސް" ގެ ވާހަކަ ދައްކާއިރު، ކަނޑު އުޅަނދުފަހަރުތަކަށް މިހާ މުހިންމު ޕްރޮޑަކްޓެއް މި ލިބެނީ ކޮންތާކުން ތޯ ގިނަބަޔަކު ސުވާލު ކުރާނެއެވެ. ހާސް ވާނެ ކަމެއް ނެތެވެ. ކަނޑު އުޅަނދު ފަހަރުތަަކަށް ހާއްސަ ޕްރޮޑަކްޓްތައް އެތެރެކޮށް ވިއްކަމުން އަންނަ މެރިން އިކުއިޕެމެންޓްސްގައި ކަނޑު އުޅަނދު ފަހަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ، އެކި ސައިޒްގެ ޕްރޮޑަކްޓްތައް ލިބެން އެބަ ހުއްޓެވެ. އެ ފިހާރައިގައި ލައިފް ރާފްޓްސްއަކީ ކަނޑުމަތީގައި ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރެވޭނެ މުހިންމު އަލާތެކެވެ.

މެރިން އިކުއިޕެމެންޓްސްގައި އެކި ސައިޒްގެ ލައިފް ރާފްޓްސް ލިބޭނެއެވެ. އެހެންކަމުން އުޅަނދުގެ ސައިޒަށް ބަލައިގެން މި ޕްރޮޑަކްޓްސްތައް ހިޔާރު ކުރެވޭނެއެވެ.

ކަނޑުމަތީގެ ހާދިސާއަކުން ސަލާމަތް ވުމަށް ބޭނުން ކުރާ "ލައިފްރާފްޓްސް" މެރިން އިކުއިޕްމެންޓްސްގައި

މެރިން އިކުއިޕްމެންޓްސްގައި ހަތަރު ސައިޒެއްގެ ލައިފްރާފްޓްސް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި މަތި ހިޔާކޮށްފައި ހުންނަ ލައިފްރާފްޓްސްގެ ވައްތަރެއް ހިމެނޭއިރު، އެއީ 12 މީހުންގެ ޖާގައިގެ އެއްޗެކެވެ.

އޭގެ އިތުރުން މެރިން އިކުއިޕްމެންޓްސްގައި 20 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓާއި 30 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓްސްއާއި، 50 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓްސް ލިބެން ހުންނާނެއެވެ.

މިއީ ކަނޑުމަތީގައި ހާދިސާއެއް ހިނގާ، އުޅަނދު ދޫކޮށްލަން ޖެހޭފަދަ ހާލަތެއްގައި ބޭނުންކޮށްލަން އެންމެ އެކަށޭނެ ޑިވައިސްއެވެ. ފްލޯޓިންގ ޑިވައިސް ނުވަތަ ލައިފް ރާފްޓްގެ އެހީގައި ކަނޑުމަތީގައި ގިނަ ވަގުތު ތިބެވޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތެވެ. އަދި ސަލާމަތީ ބާރުތަކުން މީހުންނާއި ހަމައަށް ވާސިލްވަންދެން މިފަދަ ޑިވައިސްއެއްގެ އެހީގައި ތިބެވިދާނެ ކަމުގެ ޔަގީންކަން ލިބޭ އެއް ހާދިސާއަކީ ހަ މީހުން ކަނޑުވެ، ކަނޑުމަތީގައި ނުވަ ގަޑިއިރު ވަންދެން ތިބެން ޖެހުނު ހާދިސާއެވެ.

އެހެންކަމުން އޮޑިވެރިން މި ޕްރޮޑަކްޓްތައް އަވަހަށް ގަނެގެން ބޯޓުގައި ބަހައްޓާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެކޭ ބުނާ ބީދައިން، މިކަމަށްވެސް ތައްޔާރުވެ ތިބެން ވާނެއެވެ.

ސަފާރީ އާއި އެ ނޫންވެސް ބޮޑެތި އުޅަނދުފަހަރުތަކުގައި މިހާރުވެސް ލައިފް ރާފްޓް ބޭނުން ކުރާއިރު، ކޮންމެ އުޅަނދެއްގައިވެސް މިފަދަ ޕްރޮޑަކްޓެއް ބޭއްވުމަކީ އެންމެ ރައްކާތެރި ގޮތެވެ.

މެރިން އިކުއިޕްމެންޓްސްގައި މި ޕްރޮޑަކްޓްތައް ހުރިއިރު، އެ ފިހާރައަށް ޒިޔާރަތްކޮށްގެން މި ޕްރޮޑަކްތަކާއި ގުޅޭ މައުލޫމާތު ހޯދިދާނެއެވެ. އަދި ޕްރޮޑަކްޓްތައް ގަތުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ. އެ ފިހާރަ ހުންނާނީ މާލޭގެ ކަނބާ އައިސާރަނި ހިނގުން (ހިރިޔާ ސްކޫލް ކުރިމަތީ) ގައެވެ. އޭގެ އިތުރުުން މެރިން އިކުއިޕްމެންޓްސްގެ ހުޅުމާލޭގައިވެސް ޝޯވރޫމެއް ހިންގާއިރު، މެރިން މާސްޓަރސްގެ ނަމުގައި ހިންގާ އެތަން ހުންނާނީ ރިނާޓުސް އިތާމުތް ރެސިޑެންސްގެ ތިރީގައެވެ.

މެރިން އިކުއިޕެންޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ލައިފްރާފްޓްސްއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ނޫނީ ގަތުމަށް ގުޅާނީ 3338820 އަށެވެ. މެރިން އިކުއިޕެންޓްސްގައި ހުރި "ބޮޔަންޓް އެޕަރޭޓަސް" ޕްރޮޑަކްޓްތައް ބަލަން މި ލިންކަށް ފިއްތާލާށެވެ. މި ވެބްސައިޓް މެދުވެރިކޮށް މެރިން އިކުއިޕެންޓްސް އިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ފަސޭކަމާއެކު ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އއ

    މިސްރާބާ މަންޒިލުގެ ތަފާތު ނޭގޭކަމުގަ ފާހަގަ ކުރެވެނީ.

    13
    1
  2. ހަސަން ފޭދޫ

    އޮޑި ވެރިޔާއަށް މުހިންމުވަނީ އޮޑިއެވެ، މީހުނެއް ނޫނެވެ.

    20
    1
  3. ހެހެހ

    ހަމައެކަނި އިކިޕްމަންޓް ހޯދުމަކުން ނުވާނެ ، ރާއްޖޭގައި ދުއްވާ ކަނޑު އުޅަނދު ތައް ، ހާއްސަކޮށް ލޯންޗް ފަހަރު އެބަޖެހޭ މީހުން އުފުލާގެން ކިތަންމެގަދާގެދަތުރުކުރަންޖެހުނަސް ދަތުރު ކުރެވޭކަަހަލަ ބޮޑެތި އުޅަނދުތަކަށްވާން ، ފިތިބާރުވެގެން އެތައްބަޔަކު ގޮވާގެން ދަތުރުކުރަން އެބައޮވޭވަރަށްކުދި އުޅަނދު ފަހަރު ، ކީއްކުރާނީ ޓްރާސްޕޯޓް މިނިސްޓްރީއަށްވެސް ދުއްވާ އެއްޗަކަށް ފެންނަނީ ޓެކްސީތައް އެކަނި ، އެއަށް އެކަނި ވަގިއަގެއްވެސް އޮންނަންޖެހެނީ

    17
    2
  4. ކަނޑު

    އިންޝުރަންސްއިން އޮޑި އަދި މީހުންގެ މުދާ ކަވަރުވިބާ؟

  5. ޒާ

    ހާދިސާއެއް ހިނގުމުން އެ އުޅަންދުގައި ދަތުރުކުރާ އެންމެން ސަލާމަތް ކުރެވެންދެން އަރާ ތިބެވޭނެ މިފަދަ ރާފްޓެއް އުޅަނދުގައި ނެތި ދަތުރު ކުރުމަކީ ކުށެއްކަމާއި، އެކުށަށް ބޮޑުއަދަބެއް ދެވޭގޮތަށް އޮތުން މުހިއްމު. މީގާ ވަސްވެރިއުޅަންދެއް، މުދާއުފުލާ އޮޑިއެއް، ލޯންޗެއް، ސަފާރީއެއް ކިޔާނެ ކަމެއްނެތް. ޢެފަދަ އާލާތެއް ނެތި ބަޔަކު ގޮވައިގެން ދަތުރު ކުރުމަކީ ބަޔަކު މަރުވެދާނެ އިހުމާލު އަމަލެއް.

    14
  6. އަވަށުމީހުން

    ޕްލައިވުްޑް ފިލާ އޮތީމަ ބޮޑަށް ތިބޮއިގެ ބޭނުންކުރެވުނީ.. އަބަދުވެސް އެކަކަށް އެބަ ރެސްޓްކުރެވޭ ފިލާމަތީގައި.. ދެން ކާއެއްޗެއްސަށް ވެސް ފެންނުވަދުނީ އެފަރާތް ބޮޑަށް ފިލައިން ކަވަރުވީމަ.. އެހެންވެ ތި ބޮޔަންޓް އެޕަރޭޓަސް އާއި އެކު ފްލޯޓިން ފިލައެއްވެސް ހޯދަންޖެހޭ..

    7
    1
  7. ހިތްހެޔޮ ފަރާތެއް

    އަދި ކިތަންމެ އަގުބޮޱު މޮޅު ވައްތަރު ތަކެއްގެ އާލާތެއް ގަނެ ބަހެއްޓިޔަސް ހީނުކުރާތި ދެން ތިމާ މީހާ ސަލާމަތް ވާނޭ!!! އަހަރުމެން އެބަޖެހޭ ހަނދާން ކުރަން އަހަރުމެން ހެއްދެވި ފަރާތުގެ މަތިން ވެސް… ހަލާލު ގޮތުގަ ލާރި ހޯދާ އެހެން މީހުންގެ މުދަލާއި ފައިސާ އަށް ރައްކާތެރި ވެސް ވާން… އަދި ގިނަ ގިނައިން ގަދަ ކީރިތި ވަންތަ الله މަތިން ހަނދާން ކޮށް ދުޢާ ދަންނަވާ އަހަރުމެން އެންމެންގެ މައްޗަށް ވާޖިބު ކޮއްފައިވާ ހުރިހާ ކަމެއް ވެސް ކުރަން…އެހެން ނޫންނަމަ ކިތަންމެ މޮޅު ވަރުގަދަ އާލާތެއް ގަނެ ބެހެއްޓިޔަސް ކުރާނެ ފައިދާ އެއް މަންފާއެއް ނެތް!!! މާތް الله އަޅަމެން އެންމެންނަށް ފާފަ ފުއްސަވާ ރައްކާތެރި ކަން މިންވަރު ކުރައްވާށި… އާމީން….

    14
    • ހަގީގަތް

      ވ ރަނގަޅު ވާހަކައެއް

  8. ޔާ

    މީ ވަރަށް ރަނގަޅު މުޙިއްމު އާޓިކަލް އެއް

  9. Anonymous

    "އިންޑިއާ އިން ރާއްޖެ އަށް ދިން ޑޯނިއާ މަތިންދާ ބޯޓު." އެ ބޯޓު ދުއްވަންވަނީ އިންޑިޔާ މީހުން. މަރާމާތުކުރަން ވަނީ އިންޑިޔާ މީހުން. އޭގަ އަތްލެވޭނީ އިންޑިޔާގެ ހުއްދަ އޮވެގެން. އޭގެ ތަޅުދަނޑި އޮންނަނީ އިންޑިޔާ އޮފިސަރުން އަތުގަ! އެ ފުރުވާލަންވީމާ ހުއްދައަށް އެދި ދަންނަވަންޖެހެނީ އިނޑިއާގެ އާމީގެ ވެރިއެއްގެ ގާތުގަ! """އެކަމަކު ރާއްޖެއަށް އިނޑިޔާއިން"""ޙަދިޔާކުރި""" ހެލިކޮޕްޓަރާއި މަތިންދާ ބޯޓް""" ދެން ލަލަލަ

    • ބޮކި

      ފަސްއަހަރު ވެރިކަންނިންމާލި ޔާނުއަކަށްވެސް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ރާއްޖެއިން ބޭރެއްނުކުރެވުނުތާ ؟؟؟