(ފުވައްމުލައް ސިޓީ) އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންނެވި މޯލްޑިވިއަންގެ ފްލައިޓް މި ސިޓީގެ އެއާޕޯޓުގައި ޖެއްސި އިރު، އެއާޕޯޓަށް ވަންނަ ދިމާލާއި އެއާޕޯޓާ ޖެހިގެން އޮންނަ ރިންގްރޯޑްގައި ސަފު ހަދާލައިގެން ކުދި ބޮޑު ގިނަ ބަޔަކު އެއްވެ ތިބިއެވެ.

ފެއްސާއި ހުދާއި ރަތުގެ ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަ އާއި މުއިއްޒުގެ ކެންޑިޑޭޓު ނަންބަރު ހަތަރެއް ހިފައިގެން އެމީހުން ތިބީ އެކަތިގަނޑެއްގެ ގޮތުގައެވެ. އެމީހުންގެ މޫނު މަތިން ފެނުނީ ވަރަށް ފޯރި އާއި ޖޯޝުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމަން ތިބި ތަނެވެ.

ފުވައްމުލަކުން މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"އަހަރުމެން އެންމެން މިތިބީ، ރައީސް ސޯލިހްގެ ވެރިކަން ނިންމަން. އަހަރުމެން ގޭގައި ތިބި އެންމެން ވެސް ވޯޓުލާނީ މުއިއްޒަށް. މިއީ މުއިއްޒުގެ ފަހަރު،" ސަފުގައި ހުރި މެދު އުމުރުގެ އަންހެނަކު ކިޔައި ދިނެވެ.

މުއިއްޒު އެއާޕޯޓުން ނުކުމެވަޑައިގެން ސަފުގައި ތިބި މީހުންނާ ސަލާމް ކުރައްވަން ފެއްޓެވުމާ އެކު، އެ ސަރަހައްދު ތަރުހީބުގެ އަޑުން ގުގުމާލިއެވެ. އަދި "މުއިއްޒު އެއް ބުރުން"، "ކެންޑިޑޭޓު ނަންބަރު 4 މުއިއްޒު"، "މިފަހަރު ވޯޓު ދޭނީ މުއިއްޒަށް" މިފަދަ ތަފާތު ޝުއޫރުތައް އެ ސަރަހައްދުގައި ބާރަށް ގޮވަމުންދިޔައެވެ.

ފުވައްމުލަކުން މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މުއިއްޒު ވަނީ އެއާޕޯޓުން ފެށިގެން ގޮސް، އެ ރަށުގައި އެންމެ ފަހުން ހުޅުވި ފުޓްބޯޅަ ދަނޑާ ހަމައަށް ސަފު ހަދާލި މީހުންނާ ސަލާމް ކުރައްވައި ބައެއް މީހުންނާ އެކީގައި ފޮޓޯ ވެސް ނަންގަވައިފައެވެ. އެ ހުރިހާ އެންމެންނާ ސަލާމްކޮށް ފޮޓޯ ނެންގެވުމަށް މުއިއްޒު 32 މިނެޓު ހޭދަކުރެއްވިއެވެ. މި ސިޓީ އަށް ކެމްޕެއިނަށް ވަޑައިގެންނެވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުހަބާ ކިއާފައި ވަނީ މުއިއްޒަށެވެ.

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެންނެވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ މުއިއްޒުގެ އިތުރުން ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު މުހައްމަދު ނާޒިމެވެ.

ފުވައްމުލަކުން މުއިއްޒަށް މަރުހަބާ ދަންނަވަން އެއްވެފައި ތިބި މީހުން. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ރައީސް ސޯލިހް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ ކެމްޕެއިންގައި މި ރަށަށް ވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 30 ގައެވެ. އާބާދީގައި 13،499 މީހުން ހިމެނޭ އަދި ރާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ، ފުވައްމުލަކަށް ރައީސް ވަޑައިގެންނެވުމުން އެމްޑީޕީ އާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފުވައްމުލަކު އެއާޕޯޓު އެތެރެ އާއި ބޭރުގައި ދިގު ސަފެއް ހަދާލާފައި އޮތެވެ.

ރައީސަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް، ގޮވާލީ އެއް ބުރުން ނިންމަން!

އެ ދިގު ސަފު ގޮސް ނިމުނީ އެއާޕޯޓު ކައިރީގައި ހަދާފައިވާ ފުޓްބޯޅަ ދަޑު ކައިރިންނެވެ. އެ ހުރިހާ އެންމެންނާ ސަލާމްކޮށް ފޮޓޯ ނެންގެވުމުގައި ރައީސް ބައިގަޑިއިރެއްހާ އިރު ހޭދަކުރެއްވިއެވެ. ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުންނާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ތިއްބެވިއެވެ. މުއިއްޒަށް މަރުހަބާ ކިޔަން ހެދި ސަފު ގޮސް ނިމިފައި ވަނީ ބޯޅަ ދަނޑާ އަރާ ހަމަވި ތަނުންނެވެ. މި ދެ މަރުހަބާ އަޅާ ކިއާލުމުން ޕީޕީއެމާއި އެމްޑީޕީގެ ވާދަވެރިކަން މި ރަށުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

މުއިއްޒާ އެކުގައި ފުވައްމުލަކަށް ވަޑައިގެންނެވި ބައެއް ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މުހައްމަދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޕީއެންސީގެ ޕްރައިމަރީގައި މުއިއްޒާ ވާދަކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވެސް ހިމެނިވަޑައިގަންނަވައެވެ.

އިދިކޮޅު ސަޕޯޓަރުން މުއިއްޒުގެ އަނބިކަނބަލުން ސާޖިދާއާ ސަލާމް ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މުއިއްޒަށް މަރުހަބާ ކިޔަން ފުވައްމުލަކުން ނުކުތް ބައެއް މީހުން "ވަގުތަށް" ކިޔައި ދިން ގޮތުގައި މުއިއްޒު ހޮވަން ބޭނުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރި ވާނެ ބޭފުޅަކީ މުއިއްޒު ކަމަށްވާތީ ކަމަށެވެ. މުއިއްޒަކީ ނަތީޖާ ނެރެދެއްވާފައި ތިއްބެވި ބޭފުޅެއް ކަމަށް ވެސް އެމީހުން ފާހަގަ ކުރިއެވެ.

"ރައީސް ސޯލިހް ފުވައްމުލަކަށް ގެނައި މާ ބޮޑު ތަރައްގީއެއް ނެތް. އެކަމަކު، މުއިއްޒުގެ ލީޑަޝިޕްގެ ދަށުގައި މާލެ ބަދަލުކޮށްލީ، ރަސްފަންނު ސަރަހައްދު ބަލަމާ، ދަރުމަވަންތަ ހޮސްޕިޓަލް، ސަލްމާން މިސްކިތް، ސިނަމާލެ ބްރިޖު. މިހެން ގޮސް ކިއާނެ ކަމެއް ނެތް. މިއީ މުއިއްޒުގެ މޭސްތިރިކަމުގައި ހިންގި މަޝްރޫއުތައް. އެހެންވީމަ މި ބުނަނީ އެ ނަތީޖާ ނެރެދީފައި ހުރި ލީޑަޝިޕް ދެއްކޭނެ ބޭފުޅެކޭ،" މުއިއްޒުގެ ސަޕޯޓަރަކު ކިޔައި ދިނެވެ.

މުއިއްޒު މިއަދު އަންހެނަކާ އެކީގައި ސެލްފީއެއް ނަންގަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ސަފުގައި ހުރި ޒުވާނަކު ބުނީ ވަޒީފާގެ ބިރު ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް މުއިއްޒު ހޮވުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ ކަމަށެވެ.

"ވަޒީފާގެ ބިރަށް މި ތަނަށް ނުނިކުމެ އެބަތިބި ކިތަންމެ ޒުވާނެއް. އަހަރުމެން މިއީ ކެރިގެން ނުކުމެ ތިބި ޒުވާނުން. މުއިއްޒަށް ވޯޓު އަޅައި މިފަހަރު ފުރާލާނަން،" ޒުވާނަކު ކިޔައި ދިނެވެ.

ފުވައްމުލަކުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި މައިލޯ ސްޓޭޑިއަމްގައެވެ. ޖަލްސާ ބާއްވާ އެ ސަރަހައްދަކީ މީގެ މަހެއްހާ ދުވަސް ކުރިން، ރައީސް ސޯލިހް ވަޑައިގެން ކެމްޕެއިން ޖަލްސާ ބޭއްވި ސަރަހައްދެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖޮބޭ

    ހަމަ ޔަޤީނުން މިތަނަށް ނިކުމެ ތިބީ ބިރުފަހަނައަޅާ ވަޒީފާގެ ބިރު އޮތަސް ހެޔޮ .
    ވޯޓ ޑޮކްޓަރ މުއިއްއަށް 4 ނަމްބަރ ވޯޓް ޔަޤީން ވާ މީހުން.

    38
  2. ޒަރީނާ

    ކިތަންމެވަރަކަށްޗޯރުކިޔަސް ޖަލުގައެއޮތީ މިރާއްޖެދުށް އެންމެބޮޑުޗޯރު !!

    5
    42
  3. ހެއިލޯ

    ރާއްޖޭގެ ކަނޑުވިއްކާލާ ކަޓްކާލާ އަދި ބްރިޖް އަޅަން ނަމުގައި އިންޑަސްޓްރިއަލް ސައިޓް ހިލޭ ސާބަހަށް އިންޑިއާ ގެ ރިހަކައްކާ ކުންފުންނަކަށް ދީގެން ދޮލޮނގުގައި ކޮންކްރީޓް ގަށައިގެން ބްރިޖް އަޅަން އުޅެ އެވެސް އަތަށް ވަނީ ގޮވާފައޭ މާލެ ސަރަހައްދުން ގޯތި ދޭން ކަމަށް ބުނެ ކާށިދޫ ކަނޑުންނާއި ގައްލަންދޫ ކަނޑުންނާއި ބަރަވެލި ކަނޑުން ގޯތި ދޭން ވަތަންގެ ކަތުންނަށް ލިޔުން ހަވާލު ކޮށް އޮޅުވާލާ ހީލަތްތެރިންގެ ހީލަތް ފަޅާ އަރަނީ ހެއިލޯ އިބޫ ހެއިލޯ އިބޫ ހެއިލޯ އިބޫ އޭ ވަތަންގެ ކަތުންނޭ ރައީސް އިބޫ ފަހަތުން މިގޮތަށް ކިޔަމުންދާށޭ ހެއިލޯ އިބޫ ހެއިލޯ އިބޫ ހެއިލޯ އިބޫ ހެއިލޯ އިބޫ ސޭ ހެއިލޯ އޯއް އޯއް އޯއް އޯއް ސޭ ހެއިލޯ ސޭ ހެއިލޯ ސޭ ހެއިލޯ ސޭ ހެއިލޯ ސޭ ހެއިލޯ ސޭ ހެއިލޯ ނަށާލާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ ސޭ ހެއިލޯ އޯއް އޯއް އޯއް

    22
  4. ނިމެނީނިމެނީ

    ރައީސް އިބޫގެ ވެރިކަން މަތިން ވާރޭވެހޭ ބާރު މިނުގައި ވެއްޓި މިވެރިކަން ރައްޔިތުން ވޯޓް އިން ތަޅާ ބަލިކުރާ ތަން ދަނީ ފެންނަމުންނޭ މިފަހަރު އިންޑިއާ ލައްވާ ވޯޓް ގައި މަކަރާއި ހީލަތް ވެސް ނެހެދޭނެއޭ މިވެރިކަން ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ

    23
  5. ބޫން

    ޗޯރު ޖެހޭނީ ހަމަ 5 އަހަރު ޖަލުގަ ހުންނަން ﷲ ރަހުމަތުން އެކަން އެދަނީ ދަށްކަވަމުން ޗޯރު ޖަލަށްލުމުގެ ކުރިން ފިލައިފިނަމަ ހަދަންޖެހޭގޮތް މިހާރު ވާނީ ހިއްސާކުރެވިނިމިފަ ޔާމީނަށްދިން އަނިޔާ ޗޯރަށްވެސް ލިބި ތަހުގީގުތަށް ލައިވުކޮށް ރަށްޔަތުންނަށް ދަށްކަން ޖެހޭނެކަމަށް މުއިއްޒު އަށް ދަންނަވަން.

  6. ޥާހީ

    މިއަދު ބަޔަކަށް އަވާމެންދުރެއް ފަދައިން މުއިއްޒު އަކީ އުރުދުގާން ކަމުގައި ފެނިދާނެއެވެ. މުއިއްޒު އަކީ އެއީ ހުންނަ މީހެއްކަންވެސް ރައްޔިތުންނަށް އެނގެންފެށީ 2018 ގަ ރައީސް ޔާމީންގެ ކެބިނެޓުންނެވެ. އެއީ މީހެ ފަސް އަހަރު ކުރިއެވެ. އެކަމަކު ދިވެހިން ގާސިމް އިބްރާހިމް ދަންނަން ފެށީ 1990 ގެ ހިސާބުންނެވެ. އޭރުވެސް ކުރިއަރަމުން އަންނަ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. އަދި އެތަކެއް ނިކަމެތީންނަށް ހިލޭ ބޭސްފަރުވާކޮއްދެއްވަމުން އަންނަ ދިވެހި ފަރުދެއްގެ ގޮތުންނެވެ. މިއަދާއި ހަމައަށްވެސް ދިވެހިންނަށް އަމިއްލަ ހައްސިއްޔަތުން އަދަދު ކުރަން ދަތިގިނަ ގުނަ އެހީ އަމިއްލަ ހައްސިއްޔަތުން ކޮއްދެއްވަމުން އަންނަނީ ގާސިމް އިބްރާހިމްއެވެ. އެހެން ކެންޑިޑޭޓުން ކަންކަން ކުރައްވާފައި ހުރިކަން ފާހަނގަ ކުރެވެނީ ސަރުކާރުތަކުގައި ރައްޔިތުންގެ ފައިސާއިންނެވެ. އެއްވެސް ހާލެއްގައި ގާސިމްއާއި އަޅާކިޔޭ ހިސާބަށްވެސް އެހެން އެއްވެސް ކެންޑިޑޭޓަކު އަމިއްލަ ހައްސިއްޔަތުން ކަމެއް ކޮއްދީފަކާއެއް ނެތެވެ. މިއަދު ސިޔާސީ މައިދާންތަކުން ފެންނަ އެތަކެއް މިނިސްޓަރުން ނުވަތަ ވަޒީރުންނަކީ ގާސިމްގެ ދީލަތި އެހީގައި މަތީ ތައުލީމު ހާސިލްކޮއްގެން ތިއްބެވިބޭފުޅުންނެވެ. އެބޭފުޅުންގެ ބަފަޔެއްފަދަ ބޭފުޅަކީ އެމަނިކުފާނެވެ. ދެން ރައްޔިތުން ވިސްނަވާށެވެ. މިގައުމުގެ ރައްޔިތުންނަށް އެމީހެއްގެ ވެރިކަމެއްގައި އެންމެ ގިނަ އެހީތެރިކަން ކޮއްދެވޭނީ ނުވަތަ އެކަމުގެ ރޫޚު ހުރީ ކޮންބޭފުޅެއްގެ ކިބާގައިތޯއެވެ.

    4
    4
  7. ބޮއްކުރަ ދޮށަށް އޮޑި ކަނބާ ޕާޓީ

    މަކަރުން ހޯދި ޓިކެޓް، ހިތި ގޮތަކަށް ދާނެ ކަމަށް މިބަލަނީ. މިފަހަރު މިބައިގަނޑު ހޮވިއްޖެއްޔާ ވައްކަން ހުއްދަ ވާނެ މިގައުމުގަ. އޮޅުވާލުން މަކަރު ހެދުން ދޮގު ހެދުން ހުއްދަވީ.

    2
    2