އަބަދުވެސް އަޑުއަހާ ވާހަކައެކެވެ. ދިވެހިންނަކީ ދުނިޔެއަށް ނަމޫނާ ދައްކާ ބައެކެވެ. ދިވެހިންގެ މެހުމާންދާރީ ރަނގަޅު ކަމުގެ ވާހަކައެވެ. ދިވެހިންގެ ހެޔޮކަމާއި ދިވެހިންގެ އަޅާލުމުގެ ވާހަކައެވެެ. މި ވާހަކަ އަބަދުވެސް އިވެނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފަރާތުންނެވެ. ނޫނީ ރާއްޖޭގައި ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ ރައްޔިތުންގެ ފަރާތުންނެވެ.

ނޫނެކެވެ. މިއީ ހަމަ އާއްމުކޮށް ދިވެހިންގެ ހާލަތެވެ. ދިވެހިންނަކީ ކޮންމެ ގައުމަކަށް އެހީވާންވެސް ތައްޔާރަށް ތިބި ބައެކެވެ. އެކަން ތާރީހުން ހެކި ދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މޫސުމީ ކާރިސާއެއް ވިޔަސް ނޫނީ އެނޫންވެސް ހާދިސާއެއް ވިޔަސް، އެ ބަޔަކަށް ބެނުންވާ ޒަރޫރީ ކަންކަމުގައި އެހީވުމަށް އެންމެ އަވަހަށް ނުކުންނަ ބަޔަކީ ދިވެހީންނެވެ. އަނެއްކާ އެ ހިނގަމުންދާ ކަންކަމާއި ދެކޮޅަށް އަޑު އުފުލަންވެސް ދިވެހިން ނުކުމެއެވެ.

ދިވެހިން ފަލަސްތީނަށް އޮތް ލޯބި ދައްކާލައިފި - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ދިވެހިންނަކީ ނިސްބަތުން މަދު ބަޔަކު ދިިރުއުޅެމުންދާ ގައުމެކެވެ. އެކަމަކު ދިވެހިންގެ ހިތް "ވަރަށް ބޮޑެވެ". ދިވެހިންނަކީ ހާދަ ހިތްހެޔޮ ހާދަހާ ދީލަތި ބައެކެވެ. އަނެއްކާ ދިވެހިންނަކީ ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުން ދެކެ ހާދަ ލޯބިވާ ބައެކެވެ. އެކަން މިއަދުވެސް މުޅި ދުނިޔެއަށް ސާބިތުކޮށްދީފިއެވެ.

ފަލަސްތީނުގެ މިހާރުގެ ހާލަތު

ހަމަލާތައް ފެށީ މިދިޔަ ހޮނިހިރު ދުވަހެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ޔަހޫދީންނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށިއެވެ. މިގޮތުން ޔަހޫދީން ޣައްޒާގެ ވަށައިގެންލާފައިވާ ބޮޑު ފާރު ފޫ އަޅުވާލުމަށް ފަހު ހަމާސްއިން ހަމަލާތައް ދޭން ފެށުމާއެކު އެ ގައުމަށް ލިބިގެން ދިޔައީ ބޮޑު ސިހުމެކެވެ.

ހަމާސްއިން ވަނީ ދުރު ރާސްތާގެ ރޮކެޓްތައް ބޭނުންކޮށްފައެވެ. މިއާއެކު ޔަހޫދީންގެ އެންމެ އެތެރޭގެ ސަރަހައްދުތަކަށް ވެސް ހަމަލާތައް ދިންއިރު، މިއީ އެ މީހުން ބޮޑު ހައިރާން ކަމެއްގެ ތެރެއަށް ވައްޓާލި ވަރުގެ ހަމަލާތަކެކެވެ.

އިސްރާއީލުން ރޭ ޣައްޒާއަށް ބޮން އަޅަނީ —- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ހާލަތު ގޯހެވެ. މުޅި ހިސާބު އޮތީ ނާމާން ކަމާއި ބިރުވެރިކަމުން ފުރިފައެވެ. ވާނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެތައް ބަޔަކު ތިބީ ވާންވީ ގޮތެއް ނޭނގިފައެވެ. އެ ސިޓީގައި ކަރަންޓެއް ނެތެވެ. ސާފް ބޯފެނެއް ނެތެވެ. ކާނާއެއް ލިބޭނެ ގޮތެއް ނެތެވެ. އެހާ ދަތިހާލުގައި އެތައް ބަޔަކު އެ ދަނީ ދިރިއުޅެމުންނެވެ.

މި ހާލަތުގައި އެ ހިސާބު އޮތްއިރު، ޔަހޫދީ އަސްކަރިއްޔާއިން ވަށާލާފައިވާ އެންކްލޭވްގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ މީހުން ދެކުނުފަރާތަށް ދިއުމަށް ވަނީ އަންގާފައެވެ. މިއާއެކު ޣައްޒާގައި ބިރުވެރިކަމާއި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

އދ އިން ބުނީ ޔަހޫދީން، ޣައްްޒާގެ އެ ހިސާބުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 24 ގަޑިއިރުގެ ފުރުސަތެއް ދީފައިވަނީ އެތަންތަނުން ބަދަލު ވުމަށް ކަމަށެވެ. ނަމަވެސް އދ. އިން ބުނީ އެފަދަ ތަންތަން ބަދަލުކުރުމަކީ ނާދިރު ކަމެއް ކަމަށެވެ.

ޔަހޫދީން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 1،537 މީހަކު މިހާތަަނަށް ވަނީ ޝަހީދުވެފައެވެ. އަދި 6،612 މީހުން ވަނީ ޒަހަމްވެފައެވެ. ޔަހޫދީންގެ ތެރެއިން މަރުވި މީހުންގެ އަދަދު 1300 އަށް އަރާފައިވާއިރު 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ޣައްޒާއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއް-- ފޮޓޯ: ރޮއެޓާސް

ފަލަސްތީނަށް ދިވެހިންގެ އެހީ

ދިވެހިން ފަލަސްތީނަށް އެހީވަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފަލަސްތީނުގެ ހާލަތު ގޯސްވެ އެތައް ފަހަރެއްގެ މަތިން ދިވެހިން އެހީ ފޯރުކޮށްދީފިއެވެ. ބޯފެނާއި ކާނާ، އަދި އެ ނޫންވެސް ޒަރޫރީ އެތައް އެއްޗެއް ދިވެހިންގެ އެހީގައި ޣައްޒާގެ ރައްޔިތުންނަށް ލިބިގެން ގޮސްފިއެވެ. އަދި ޣައްޒާގެ ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޮށްދިނުމާއި، ޣައްޒާގެ އެތައް އާއިލާއަކަށް ކެއުން ފޯރުކޮށްދިނުމާއި އެނޫންވެސް އެތައް ކަމެއް ކުރުމުގައި ދިވެހިންގެ ބައިވެރިވުން އޮތެވެ.

މި އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެން ދިޔައީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ އެހީގައެވެ.

ދިވެހިން ފަލަސްތީނަށް އޮތް ލޯބި ދައްކާލުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އައިއޭސީގެ ފަންޑަށް ދިވެހިން އެތައް ފައިސާއެއް ހަރަދު ކުރެއެވެ. މިފަހަރުވެސް ވީ އެހެންނެެވެ.

ދިވެހިންގެ އެހީ ޣައްްޒާއަށް މިހާރުވެސް ދަނީ ލިބެމުންނެވެ.

މިގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން މިއަދު ހަވީރު ބުނިގޮތުގައި ޣައްޒާ އެމަރޖެންސީ ރިލީފް ޑިސްޓްރިބިއުޝަންގ ތެރެއިން 5000 ލީޓަރުގެ ފިއުލް އެ ސިޓީއަށް ފޯރުކޮށްދެވިއްޖެއެވެ. ޣައްޒާގައި ކަރަންޓް ނެތް އިރު މިއީ ވަރަށް ބޭނުންތެރި އަދަދަކަށް ވެގެން ދާނެއެވެ.

ޣައްޒާއަށް މިއަދު ދިން މި އެހީގެ ތެރެއިން ތެޔޮ ހުސްވެގެން ކަރަންޓު ކެނޑިފައިވާ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އެޑްވާން ހޮސްޕިޓަލަށް ވަނީ 2000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައެވެ. ޣައްޒާގެ އުތުރު ސިވިލް ޑިފެންސް (ރެސްކިއު) އުޅަނދުތަކަށް 1000 ލީޓަރު އަދި ޣައްޒާގެ އުތުރުގައި ހެލްތު މިނިސްޓްރީއާ ގުޅުންހުރި އެމްބިއުލާންސް ތަކަށް 2000 ލީޓަރ ގެ ފިއުލް ފޯރުކޮށްދީފައި ވެއެެވެ.

ފަލަސްތީނާއެކު ތިބިކަން މުޅި ރާއްޖެއިން ދައްކާލުން

މި ހަރަކާތް މާލޭގައި ބާއްވާފައި ވަނީ އައިއޭސީގެ ބޮޑު ބައިވެރިވުމަކާއި އެކުގައެވެ. އައިއޭސީގެ ގޮވާލުމަށް މާލޭގެ އާޓިފިޝަލް ބީޗް ދިވެހިން ފުރާލީ އެ ލޯބި ދައްކާލުމަށެވެ. ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަމަށް ދެއްކުމުގެ ގޮތުން ބޯޑުތައް ހިފައިގެންނެވެ. "ފްރީ ފަލަސްތީން" ބޯޑުތަކާއި، "އަހަރުމެން މި ތިބީ ފަަލަސްތީނާއި އެކުގައި" މިފަދަ އެތައް ބޯޑެކެވެ.

ދިވެހިން ފަލަސްތީނަށް އޮތް ލޯބި ދައްކާލުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އަނެއްކާ މާލޭގެ ރަސްފަންނުން ފެށިގެން ބޮޑު ސައިކަލު ބުރެއްވެސް ކުރިއަށް ދިޔައެވެ. ގިނަ އަދަދެއްގެ ބަޔަކު މި ހަރަކާތުގައިވެސް ބައިވެރިވިއެވެ. އެއްބަޔަކު ތިބީ ފަލަސްތީނާއެކު ތިބިކަން ދެއްކުމަށް ބޮލުގައި ފޮތިކޮޅެއް އައްސައިގެންނެވެ. އަނެއް ބަޔަކު ދިދަ ހިފައިގެން ތިބިއިރު އެއް އަޑަކުން އެންމެން ގޮވަމުން ދިޔައީ ފަލަސްތީން މިނިވަން ކުރުމަށެެވެ.

ދިވެހިން ފަލަސްތީނަށް އޮތް ލޯބި ދައްކާލުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އަނެއްކާ ތަކްބީރުގެ އަޑުން މުޅި ހިސާބު ގުގުމާލިއެވެ.

އެތައް ދިވެހިންނެއް މާލޭގައި އޮތް މި ބޮޑު ހަރަކާތުގައި ބައިވެރިވިއެވެ.

ދިވެހިން ފަލަސްތީނަށް އޮތް ލޯބި ދައްކާލުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މާލޭގެ އިތުރުން ހުޅުމާލެ އާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް މި ހަރަކާތް ވަރަށް ފޯރީގައި ކުރިއަށް ދިޔައެވެ. އެކި ރަށްރަށުގައި ރައްޔިތުން ނުކުމެ ފަލަސްތީނާއެކު ތިބިކަން ދައްކާލިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައިވެސް މި ހަރަކާތްތައް ކުރިއަށް ދިޔައެވެ. އެތައް ބަޔަކު މަގުމައްްޗަށް ނުކުމެ ގޮވަމުން ދިޔައީ ފަލަސްތީނުގެ މިނިވަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުރާށޭ

    އެެމެރިކާ ކުރާ ޕްރޮކްސީ ހަނގުރާމައޭ އިޒްރޭލުން ފަލަސްތީނު މުޖާހިދީންނާއި ދެކޮޅަށް އެކުރަނީ ހަމާސް އަކީ ޓެރެރިސްޓް ޖަމާއަތަކަށް ވެއްޖެނަމަ އިޒްރޭލު ވެސް ވާނީ ޓެރެރިސްޓް ޖަމާއަތަކަށޭ ހަމާސް އަކީ އެއީ ފަލަސްތީނު މުޖާހިދީންނޭ ހަމާސް ނައްތާލާ ނަމުގައި އެމެރިކާ އަޑީގައި އޮވެގެން އިޒްރޭލު ލައްވާ ކެމިކަލް ހަތިޔާރު ފަލަސްތީނުގެ ގާޒާ އަށް އެޅުން އެއީ އެމެރިކާ އެމްބަސީ ކުރިމަތީ ދިވެހިން 24 ގަޑިިއިރު މުޒާހަރާ ކޮށް ދުނިޔެ އަށް ނަމޫނާ ދައްކަން ވެއްޖެ ކަމެކޭ މިކަން ދައްކާށޭ ދިވެހިންނޭ އެމެރިކާ އަށް އެއިރުން މުޅި މުސްލިމް މުޖުތަމައު އަށް ވޭކް އަޕް ކޯލެއް ދެވޭނެއޭ...

    14
    1
  2. ސޭކު އަހުދު

    އެމެރިކާއިންއައިސް ދިވެހިންގެބޮލަށް ބޮންއަޅާލަފާނެ އެއިރުންނޯ ؟؟

    1
    23
  3. ފަހުރުވެރި ދިވެއްސެއް

    މި އިޒްރޭލަކީ ހަމަ ނާޒީން. ދީނެއް އޮތް ބައެއް ނޫން އިޒްރޭލްގެ ޔަހޫދީންނަކީ. އެހެންނަމަ މިހާ ލާއިންސާނީ އަމަލުތަކެއް ހިންގަން ކެރުނީސްތަ؟ އަދި އެއްދުވަހަކުން މި ނުބައި ހީލަތްތެރި ބައިގަނޑު ބަލިވާނެ، އިންޝާ ﷲ. އެމީހުން އެންމެ ނިކަމެތި ވެގެން މިކަން ނިމޭނީ. އެދުވަހަކުން މުޅި އިސްލާމީ ދުނިޔެ އުފާ ފާޅުކުރާނެ.
    ދިވެހިން ރާއްޖޭގެ އެކި ކަންކޮޅުތަކުން މިދެއްކި ނަމޫނާ އަށް ސާބަސް. އަދި ރާއްޖޭގައި ދިރި އުޅޭ ބަންގްލަދޭޝް މީހުންވެސް މިކަމުގައި ބައިވެރިވިތަން ފެނުމުން ވަރަށް ބޮޑަށް އުފާވި. މުސްލިމުންނަކީ ލެއަށްވުރެ މާ މަތިވެރި ގުޅުމެއް އޮތް ބައެއް. މާތް ﷲ ފަލަސްތީނަށް ނަސްރު ދެއްވާށި. އާމީން.

  4. ދިރާސާ

    ރ ސާލިހާއި ، ރ ނަޝީދާއި. ރ މައުމޫނާއި ، ޝޭޚް އިމްރާނާޢި، ޤާސިމް އިބްރާހީމް ހިމެނޭހެން ޖޫން 2019ގައި ވަނީ ، ފަލަސްތީނުގެ 2މިލިއަން މުސްލިމުން ނައްތާލުމަށް މަސައްކަތްކުރާ އިސްރާއީލަށް ތާއީދުކުރި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރާއްޖޭގެ އެންމެ މަތީ ލަޣާބު (ނިޝާން ޣާޒީ ޙަސަން ޢިއްޒުއްދީން) އަރުވާފައެވެ.

    6
    1