އިސްރާއިލް ފަލަސްތީނުގެ ހަނގުރާމަ ފެށުނީންސުރެ މީސްމީޑިއާގައި ފަލަސްތީނާއި ދެކޮޅަށް ދޮގު ހަބަރުތައް ފެތުރުން މި ވަނީ އިންތިހާއަށް ގިނަވެފައެވެ. ހަނގުރާމައެއްގައި ފިކުރީ ގޮތުން ދުޝްމަނުންނަށް ގެއްލުން ދިނުމަކީ އަބަދުވެސް ހުރިހާ ފަރާތްތަކުން ވެސް ބޭނުން ކުރަމުން އަންނަ ހަނގުރާމައިގެ އުކުޅެކެވެ. ދުނިޔޭގެ އެހެން ޤައުމު ތަކުގެ ހަމްދަރުދީ އާއި މަދަދު ހޯދުމަށް ވެސް ފިކުރީގޮތުން އެކި އުކުޅުތައް ބޭނުން ކޮށްގެން ދޮގު ހަބަރު ފަތުރައެވެ.

ނަމަވެސް ފަލަސްތީނުގެ މުޖާހިދުންނާއި ބެހޭ ގޮތުން ފަހަކަށް އައިސް ވަރަށް ބޮޑަށް އޮޅުވާލައިގެން މި ދަނީ ހަބަރުތައް ފަތުރަމުންނެވެ. އެންމެ ބޮޑު ހައިރާންކަމެއް ގެނުވާ ކަމަކީ މި ފަދަ ދޮގު ހަބަރުތައް މީސްމީޑިއާގައި ފެތުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ އިސްރާއީލްގެ ރައްޔިތުން ނޫންކަމެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި އުޅޭ ޔަހޫދީންނެއް ވެސް ނޫން ކަމެވެ. މި ކަމުގައި ބޮޑަށް ހަރަކާތްތެރި ވަނީ އަޅުގަނޑުމެންގެ އަވެއްޓެރި އިންޑިއާގެ ހިންދޫ ހަރުކަށި ފިކުރުގެ މީހުންނެވެ.

ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން، އަނިޔާވެރި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއްދީ އެ ފިނޑި ޔަހޫދީން ސިއްސުވާލި ހިނދުން ފެށިގެން، ޓުވިޓާ ނުވަތަ މިހާރުގެ އެކްސް ގައި ވެރިފައިޑް ބުލޫ ފާހަގަ ލީ އެކައުންޓު ތަކުން ދިޔައީ މެދު ނުކެޑި ފަލަސްތީނުގެ މުޖާހިދުންނާއި ގުޅޭގޮތުން ވަރަށް ބޮޑަށް ހަޤީޤަތް އޮޅޭ ގޮތަށް ދޮގު ހަބަރުތައް ފަތުރަމުންނެވެ.

އެެގޮތުން ހަމާސް ގެ ހިތްވަރު ގަދަ މުޖާހިދުން ޔަހޫދީ ކުޑަ ކުއްޖެއް ރަހީނު ކޮށް، އަނިޔާވެރިކޮށް އެ ކުއްޖާގެ ބޯ ބުރިކޮށްލާފައިވާ ކަމަށް ހަބަރުތައް ފެތުރިއެވެ. އެ ހަބަރުގައި ބުނާ ގޮތުން ޓުރަކެއްގެ ފަހަތުގައި އެ ކުއްޖާގެ ބޯ ބުރި ކޮށްލީ، އެކުއްޖާ ދިރިހުރުމަށް އެދި އާދޭސް ކުރަމުން ދަނިކޮށެވެ. ނަމަވެސް ފަހުން މި ވަނީ ހަޤީޤަތް ދުނިޔެ އަށް ހާމަވެފައެވެ. މިއީ ދޮގު ހަބަރެއް ކަން ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ހާމަކޮށްދީފައެވެ.

އިންޑިއާގެ އެންމެ ބޮޑު ފެކްޓް ޗެކިން ކުންފުނި "ބޫމް" އިން ހާމަ ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފަލަސްތީނާއި ދެކޮޅަށް މީސް މީޑިއާގައި ދޮގު ހަބަރު ފެތުރުމުގެ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ އިންޑިއާގެ ހިންދޫ ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ. މިއީ ސީދާ ފަލަސްތީނުގެ ރައްޔިތުންނާއި މެދު މީހުންގެ ހިތްތަަކުގައި ނުތަނަވަސްކަމާއި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ވަރަށް ބޮޑަށް ރޭވިގެން ހިންގުނު ހަރަކާތެއްގެ ގޮތުގައި "ބޫމް" އިން ވަނީ ފާހަގަކޮށްފައެވެ. އިސްރާއީލަށް ތާއީދުކުރާ މި އެކައުންޓުތަކުން މަސައްކަތް ކޮށްފައިވަނީ ފަލަސްތީނުގެ މުޖާހިދުންނަކީ ވަރަށް އަނިޔާވެރި ލާއިންސާނީ ހަމަލުތައް ހިންގާ ބައެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށެވެ.

އެގޮތުން މި ފަދަ އެކައުންޓަކުން ވަނީ ފަލަސްތީނުގެ މުޖާހިދުން ޖިންސީ އަޅުންނަށް ހެދުމަށްޓަކައި އިސްރާއީލްގެ ސުކޫލް އަންހެންކުދިން ތަކެއް ރަހީނު ކޮށްފިކަމަށް ބުނެ ވީޑިއޯއެއްވެސް ދައުރު ކޮށްފައެވެ. ނަމަވެސް ފަހުން ހާމަވި ގޮތުގައި އެއީ މީގެ މަސްތަކެއް ކުރިން އިސްރާއީލްގެ ސުކޫލު ކުދިން ތަކެއް އެ ކުދިންގެ ސުކޫލު ދަތުރެއްގައި ގުދުސް އަށް ދިޔަ ވީޑިއޯއެކެވެ. އަދި ދަށް ކޮލިޓީގެ އެ ވީޑިއޯ ރަނގަޅަށް ބަލާލުމުން ވީޑިއޯގައި އެކުދިން ހީ ސަމާސާކޮށް އެކުދިންގެ ފޯނުތަކާއި ވެސް ކުޅެމުން ދިޔަ މަންޒަރު ފެނެއެވެ. ވީޑިއޯއިން ހަގީގަތް ފެންނަށް އޮތީ ފެންނަން ނަމަވެސް މި ވީޑިއޯއަށް 6 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބުނެވެ. މި ވިއުސް ތައް ގިނައިން އައިސްފައި ހުރީ އިންޑިއާއިންނެވެ.

އަދި އެކްސްގައި މިހާތަނަށް އެންމެ ގިނަ މީހުން ދޮގު ވީޑިއޯއެއް ޝެއަރ ކޮށްފައިވާ 10 ޕޯސްޓުގެ ތެރެއިން 7 ޕޯސްޓަކީ އިންޑިއާގެ މީހުން ކޮށްފައިވާ ޕޯސްޓްތަކެވެ.

މި ދޮގު ހަބަރުތަކާއި ވީޑިއޯތައް ފަތުރާ ގިނަ އެކައުންޓުތަކުން، މުސްލިމުންނާއި، އިސްލާމްދީނާއި ދެކޮޅު ޕޯސްޓުތައް ކުރުމުގައިވެސް އެތައް ވަގުތެއް ހޭދަކުރެއެވެ.

ދުނޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ދުނިޔެއަށް އިސްތިހާރުވާ އިންޑިއާ މިހާރު ދޮގު ހަބަރު ފެތުރުމުގައި ދުނިޔޭގެ ކެޕިޓަލް އަށް މިވީ ކިހިނެތް ބާއެވެ. މީގެ 10 ވަރަށް އަހަރު ކުރިން ޑިމޮކްރަސީ ރީތި ސިފަ ދައްކަމުން އިޤްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތައް ހޯދަމުން ދިޔަ އިންޑިއާ މިއަދު މިހާ ދަށު ދަރަޖައަކަށް ވެއްޓުނީ ކީއްވެބާއެވެ.

އިންޑިއާގައި އަބަދުވެސް އިސްލާމްދީނާއި ދެކޮޅު ފިކުރުގެ މައްސަލަ އޮންނަ ކަމީ ސިއްރުވެފައިވާ ކަމެއް ނޫނެވެ. އަދި 2014 ވަނަ އަހަރު ބީޖޭޕީ އިންޑިއާގެ ވެރިކަމަށް އައީއްސުރެ މި މައްސަލަ ވަނީ ބޮޑުވެފައެވެ.

ބީޖޭޕީ ގެ ސަޕޯޓަރުންތަކެއް —- ފޮޓޯ: ރޮއިޓާސް

ބީ.ޖޭ.ޕީ އަކީ އަބަދުވެސް މުސްލިމުންނާ ދެކޮޅު ހަރުކަށި ހިންދޫ ފިކުރުގެ ޕާޓީއެކެވެ. އެމީހުން އިންތިހާބުތައް ކާމިޔާބު ކުރަން ބޭނުން ކުރާ މައިގަނޑު އުކުޅަކީ އަދި ފަލްސަފާ އަކީ ވެސް އެ މީހުން އިންޑިއާ އަކީ ހަމަ އެކަނި ހިންދޫންގެ ތަނެއްގެ ގޮތުގައި ބާއްވާނެކަމުގެ ފަލްސަފާއެވެ. މީހުންނަށް ވިސްނައިދެނީ މުސްލިމުންގެ އާބާދީ އިތުރުވާ ކަމަށާއި އަދި މި ކަމުގެ ސަބަބުން މުސްލިމުން އިންޑިއާގައި ވެރިކަން ކުރާނެކަމެވެ. މިކަން މިހެން ނުވުމަށް އެދޭނަމަ ބީ.ޖޭ.ޕީ އަށް ވޯޓް ދޭން ޖެހޭކަމަށް ވިސްނައިދެއެވެ.

މުސްލިމުންނާ ދެކޮޅަށް ދޮގު ހަބަރު ފެތުރުމުގައި ބީ.ޖޭ.ޕީ ޕާޓީގެ އައިޓީ ސެލްތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. މިއީ ސީދާ އެ ޕާޓީން ހަރަދުކޮށްގެން ހިންގާ ޖަރީމާއެކެވެ. މުސްލިމުން ބަލިކަށި ކޮށްލުމަށްޓަކައި ކުރާ މަސައްކަތްތަކުގެ އިތުރު ބޮޅެކެވެ. މި ނުތާހިރު ކާފިރުންނަށް މުސްލިމުންގެ ރީތި ނަން ކިލަނބު ކުރެވޭނީ ކިހިނެތް ހެއްޔެވެ؟ މިހާރު އިންޑިއާގެ ވެރިރަށް ދިއްލީގައި 800 އަހަރު ވަންދެން ވަރުގަދަ އިސްލާމީ ހަޟާރަތެއް ވެރިކަން ކުރީ ޝާނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޓި

    އިންޑިޔާ ޓޮއިލެޓަކީ ބޮޑު ބަލާވެރިކަމެ

    68
    1
  2. ހުސްވައު34

    މޯދީގެ ބަލާވެރިކަމުން ދުނިސަލާމަތްކުރައްވާށި، މޯދީއަށް ވާބަލިޖައްސަވައި ނިކަމެތިކުރައްވާށި އާމީން

    62
    2
  3. Anonymous

    އެހެންވެގެންނޭ އިންޑިޔާ އައުޓް ގޮވަންޖެހެނަި

    64
    1
  4. މިކީ

    ޗޯރު މޯދީ ދުވަސް ކޮޅަކުން ނިމޭނެ

    41
    1
  5. ރާއްޖެ

    އަސްލު ބީޖޭބީ އާ ދެކޮޅަށް ރޭޕްކޭސްތަކާ، އެމީހުންގެ ޤަބޫލުކުރުންތަކުގެ އުނިކަން ބަޔާންކޮށްދޭންވީ ސޯޝަލްމީޑިޔާގައި

    31
    1
  6. ޟޫހު

    އިންޑިޔާގަ އޮތީ ޔަހޫދީ ދައުލަތެއް

    15
    1
  7. ޗޯރުފެމެލީ

    ޗޯރު އިބޫ ނިމުނީ ދެން ޗޯރު މޯދީ ވެސް ކިތައްމެދޮގު ހަބަރުފެތުރިޔަސް ވާނެކަމެއްނެތް

    13
    1
  8. ބ

    ތިއީ އޮޅިގެންވާންވީ ކަމެއް ނޫން. ކީރިތި ގުރުއާނުގައި އެކަން އޮތީ ވަރަށް ސާފުކޮށް ސަރީހަކޮށް ބަޔާންކުރެވިފައި. މިކަން ގަބޫލު ނުކުރަނީ ބޮޑުވަޒީރާއި އޭނަގެ އައުވާނުން.

    لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا .... ([ކަލޭގެފާނަށް] އީމާންވީ މީހުންނާ އެންމެ އަދާވަތްތެރިކަން ބޮޑު ބައެއްގެ ގޮތުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ޔަހޫދީންނާއި [މާތްﷲއަށް] ޝަރީކުކުރާ މީހުންނެވެ. ... )

    9
    2
  9. ހުވަދޫ އަލިބެއްޔާ

    ރާއްޖޭގައި އުޅޭ އިންޑިއާ ޓިޗަރުން އާންމުކޮށް ކުރާ ކަމެއް އިޒްރައިލަށް ތާޢީދުކޮށް ވާހަކަ ދެއްކުން.. އަހަރުމެންގެ ފައިސާއިން މުސާރަ ނަގައިގެން ތިބެ އެފަދަ ގޮތަށް އަމަލުކުރެވިގެން ނުވާނެ.. ވަކި ޤައުމެއްގެ ޓީޗަރެއް ވީމައެއް ނޫން..

    10
    1
  10. އަބުޅޯ

    ކިތަންމެވަރަކަށް ދޮގު ޚަބަރު ފަތުރާ މުސްލިމުންގެ ނަން ކިލަނބުކުރަން އުޅުނަސް ﷲ ގެ އިރާދަފުޅުން ތިޔަ އިންޑިޔާގައިވެސް އަދި އިސްލާމީ ދައުލަތެއް އުފެދޭނެ.

    8
    1
  11. ވައްކަންކޯ

    ތިޔައީ އަހަރުމެން ދަންނަކަމެއް މާ ކުރިންވެސް. އިންޑިއާ ގެރިގުއި ކާ މީހުންނަކީ އިސްރޭލޭ މި ކިޔާ ޓެރަރިސްޓް ޖަމާޢަތުން ހަތިޔާރު ގަންނަ ބައެއް. އަދި އެމީހުންނަށް ވާގިވެރިވާބައެއް. މުސްލިމުންނާ ދެކޮޅު ކޮންމެ ބަޔަކަށް އެމީހުން ސަނާ ކިޔާނެ. ރާއްޖެ ހިފަން މި މީހުން ފައިވިއްދާލީ އެހެންވެ. މިއުޅޭ ޤާނޫނު އަސާސީއަށް ފައިން އެރި ލަދުހަޔާތްކުޑަ އަންހެނާވެސް މިޤައުމުން ބޭރުކުރަންޖެހޭ އިންޑިއާ ސިފައިންނާއެކު.

    8
    1