ދިވެހި ވެރިކަންތަކުން ފެންނަން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ބާރާއި ނުފޫޒުގެ މައްޗަށް ނައިބު ރައީސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ "މަސް ޖައްސަވާ ފަލަ ކުރައްވާ" ބޭފުޅަކު ގަދަވެގެންދާ މަންޒަރެވެ. މުހައްމަދު އަމީންގެ ވެރިކަމާއި އިބްރާހިމް ނާސިރުގެ ވެރިކަމާއި، މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމާއި މުހައްމަދު ނަޝީދުގެ ވެރިކަމާއި އަދި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުން ވެސް ފެންނަން އޮތީ އެމަންޒަރެވެ. ނައިބު ރައީސް ކިޔަސް، ބޮޑުވަޒީރު ކިޔަސް، ވަޒީރު ކިޔަސް އަދި ބްރޯ ކިޔަސް ނަތީޖާއަކަށް ވެފައި އޮތީ އެއް ނަތީޖާއެކެވެ. އެނަތީޖާއަކީ ވެރިމީހާ ކުރެއްވި އިތުބާރު ފައިދަށަށް ލުމަށްފަހު ވެރިމީހާގެ ބޮލަށް ބްރޯ އެރުމެވެ.

މުހައްމަދު އަމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ބޮޑަށް އިތުބާރު ކުރެއްވެވީ ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ (އިބްރާހިމް ދީދީ) އަށެވެ. މުހައްމަދު އަމީންގެ ބަހުންނަމަ އިބްރާހިމްބެ އަށެވެ. އިބްރާހިމް ދީދީއަކީ މައިފުށުން މުހައްމަދު އަމީން ދީދީގެ ދެބެންގެދެދަރި ބޭފުޅެކެވެ. އެއީ ޖެނުއަރީ 1، 1953 ގައި އުފެދުނު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ނައިބް ރައީސް އެވެ. ނަމަވެސް މުހައްމަދު އަމީންގެ ވެރިކަން އިންގިލާބު ކޮށްލުމުގެ މޭސްތިރިއަކަށް އިބްރާހިމް ދީދީ ވީކީ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައި އޮތް މަގާމުގެ ނުފޫޒަކުން ނޫނެވެ. އޭގެބަދަލުގައި އިބްރާހިމް ދީދީއަށް އިތުބާރު ކުރައްވާ މުހައްމަދު އަމީން އިބްރާހިމް ދީދީއަށް ދެއްވަމުން ގެންދެވި ބާރުތަކާއި، ހަވާލުކޮށްފައި އޮތް ޒިންމާތަކަކީ އިބްރާހިމް ދީދީ ބަޣާވާތާއި ހަމައަށް ކޮށްޓެވި މަގަށް ލިބެމުން ދިޔަ އެހީތެރިކަމަށް އޮތީ ވެފައެވެ. މުހައްމަދު އަމީންގެ ވެރިކަމުގެ ބްރޯއަކަށް ވެވަޑައިގެންނެވީ ވެލާނާގޭ އިބްރާހިމް ދީފީއެވެ.

ވެލާނާގޭ އިބްރާހިމް ދީދީ (ކ) މުހައްމަދު އަމީން ދީދީ (މ) އަދި އިބްރާހީމް ނާސިރު

ދެން ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުން ދިޔަ ބަދަލުތަކަށް ފަހު ފެނިގެން ދިޔައީ އިބްރާހިމް ނާސިރުގެ ވެރިކަމެވެ. އާދަޔާއި ހިލާފު ޝަހްސިއްޔަތެކެވެ. ބަސްމަދު އަމަލު ގިނަ ބޭފުޅެކެވެ. ސިޔާސި ދެކޮޅުވެރިން ހައްމަތަ ކުރެއްވުމުގައި އާދަޔާއި ހިލާފު ތަފާތު ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެކެވެ. ނާސިރުގެ ވެރިކަމުގައި ހަތަރު ނައިބު ރައީސުން އެއްވަގުތެއްގައި ތިއްބެވި ދުވަސްވަރެއް ވެސް ދިޔައެވެ. ނަމަވެސް ނާސިރުގެ ވެރިކަމުގައި ހަގީގަތުގައި ބްރޯއަކަށް ވެވަޑައިގެންނެވީ ނާސިރުގެ ވެރިކަމުގައި ނައިބު ރައީސްކަމާއި ބޮޑުވަޒީރުކަން ވެސް ކުރެއްވެވި އަދި ވަޒީރުލް އަޢުޒަމްގެ މަގާމު ވެސް ފުރުއްވެވި އަހްމަދު ޒަކީ އެވެ. 1974 ވަނަ އަހަރުގެ ބޮޑު ބުރާސްފަތި ރޭވުމުގެ ފަހަތުގައި ހުންނެވީ ވެސް ޒަކީ ކަމަށް ތުހުމަތު ކުރެވުނެވެ. އޭގެފަހުން 1975 ވަނަ އަހަރުގެ މާޗް މަހު ކަޅު ބުރާސްފަތި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތު ވެސް އޮތީ ޒަކީގެ ބޮލުގައި އެޅިފައެވެ. އެމައްސަލައިގައި ޒަކީ ބޮޑުވަޒީރު ކަމުން ދުރުކޮށް ވަގުތުން ދޫނިދޫގައި ބަންދު ކުރިއެވެ. އަދި ފަހުން ބ.ގޮއިދުއަށް އަރުވާލިއެވެ. ޒަކީ އަކީ ނާސިރުގެ ވެރިކަމުގައި ވަރަށް ގިނަ ބާރުތަކާއި ޒިންމާތައް ހަވާލުވި ބޭފުޅެކެވެ. ނާސިރުގެ ވެރިކަމުގައި ބްރޯއެއްގެ ދަރަޖައަށް ނުވަތަ އެދަރަޖަ އާއި ކައިރިއަށް ވެސް ވަޑައިގެންނެވުނު އެހެން ބޭފުޅަކު ނެތެވެ. ނާސިރު ވެރިކަމުގެ ބްރޯއަކީ ޒަކީއެވެ. ނަމަވެސް ކަޅު ބުރާސްފަތި މައްސަލައިގައި އަރުވާލުމަށްފަހު ވެސް ނާސިރު ވަނީ ޒަކީއަށް މަތީ މަގާމުތައް ދެއްވާފައެވެ.

ރައީސް މައުމޫންގެ ވެރިކަމަށް ބަލާއިރު ބާރުގަދަ އެތައް ބޭފުޅުނެއް ތިއްބެވިއެވެ. ނަމަވެސް މައުމޫންގެ ވެރިކަން ދިރާސާ ކުރާ މީހަކަށް އޮޅުމެއްނެތި ފެންނަން އޮންނާނެ ހަގީގަތަކީ މައުމޫންގެ ވެރިކަމުގައި ބްރޯއަކީ އިލްޔާސް އިބްރާހިމް އެވެ. ޑިފެންސް މިނިސްޓަރުގެ ނައިބުކަން ދެއްވައިގެން މައުމޫން އެންމެ އިތުބާރު ކުރެއްވީ އިލްޔާސަށެވެ. އޭގެފަހުން ވަޒީރުކަން ދެއްވައި، އިލްޔާސަށް ގިނަ ބާރުތަކެއް ދެއްވެވިއެވެ. ނަތީޖާއަކަށްވީ 1993 ވަނަ އަހަރު މައުމޫންގެ ވެރިކަން ވައްޓާލަން އިލްޔާސް މަސައްކަތް ކުރެއްވުމެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން އިލްޔާސް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ބަޣާވާތުގެ ވަސް މައުމޫނަށް ދުވައި ވަޒީރު ކަމުން އިލްޔާސް ދުރުކޮށް ދައުވާ އުފުލިއެވެ. ނަމަވެސް ޝަރީއަތް ކުރިއަށް ދަނިކޮށް އިލްޔާސް ވަނީ ރައީސް ކަމަށް ކުރިމަތިލައްވައި، މަޖިލީހުގެ 18 މެންބަރުންގެ ތާއިދު ހޯއްދަވާފައެވެ. މައުމޫން އެފަހަރު ކާމިޔާބު ކުރެއްވީ 28 ވޯޓުންނެވެ. އެއީ ސީދާ މައުމޫން އައްޔަން ކުރައްވާ އަށް މެންބަރުން ވެސް މަޖިލީހުގައި ތިއްބަވަނިކޮށެވެ. ވެރިކަން ދެންމެދެންމެ ވެއްޓިދާނެ ކަމުގެ ބިރުވެރިކަން މައުމޫންގެ ހިތުގައި ލިނަމަވެސް އިލްޔާސް ގެންނަން އުޅުނު ބަޣާވާތުން މައުމޫން ސަލާމަތްވިއެވެ. ފަހުން އަނެއްކާވެސް އިލްޔާސަށް ވަޒީރުކަން ދެއްވެވިއެވެ. ނަމަވެސް ބާރުގަދަ ވުޒާރާތައް ކަމަށްވާ ޑިފެންސް މިނިސްޓްރީ ނުވަތަ އެޓޯލްސް މިނިސްޓްރީ ފަދަ މިނިސްޓްރީއެއް ފަހުން އިލްޔާސާ ހަވާލެއް ނުކުރެއެވެ.

ކުރީގެ މެމްބަރު އަދި ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމް. ފޮޓޯ: ސަން އޮންލައިން

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެށި އަދި ނިމިގެން ދިއުމާއި ހަމައަށް ވެސް އޭގެ ކުރީ ސަރުކާރުތަކުން ފެނުނު ފަދަ ބްރޯއެއް ނުފެނެއެވެ. ނަމަވެސް މިއަދު ވެސް ނަޝީދު އާއި އަދި އެމްޑީޕީން ވެސް ގަބޫލު ކުރަނީ ނަޝީދުގެ ވެރިކަން ވައްޓާލީ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ކަމަށެވެ. ބްރޯއެއްގެ ލަގަބު ނުލިބުނަސް ބްރޯއެއްގެ މިޝަން ފުރިހަމަ ކުރި ބޭފުޅަކަށް ރައީސް ވަހީދު ވެފައިވާ ކަމަށް އެމްޑީޕީންނާއި ނަޝީދު ވެސް ގަބޫލު ކުރެއެވެ.

ކުރީގެ ރައީސް ޔާމީންގެ ކެނޑިޑެސީ އާއި މެދު ގޮތެށް ނިންމުމަށް ސްޕްރިމް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލަ އަޑުއައްސަވަން ރައީސް ވަހީދު ކޯޓަށް ވަޑައިގަންނަވަނީ— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ރައީސް ޔާމީންގެ ވެރިކަމުގައި އަހްމަދު އަދީބު ޓްއަރިޒަމް މިނިސްޓަރުކަމާއި ހަވާލުވިއިރު ވެސް އައީ ބާރާއި ނުފޫޒު ހޯއްދަވަމުންނެވެ. އަދީބުގެ ބާރާއި ނުފޫޒު ދުވަހަކަށްވުރެ ދުވަހަކު ގަދަވަމުން އައިސް 2015 ވަނަ އަހަރުގެ މެދާއި ހަމައަށް އެޅިއިރު އަދީބު ހުރީ ފުރިހަމަ ބްރޯއަކަށް ވެފައެވެ. ސަރުކާރުގެ ތެރެއިން ވިޔަސް މަޖިލިސް ތެރެއިން ވިޔަސް އަދި ޝަރުއީ ކޯޓަކުން ވިޔަސް ކަމެއް ކުރެވެން އޮތީ އޭރު ބްރޯގެ ގާތް މީހަކަށެވެ. ނަމަވެސް ރޮކެޓް ސްޕީޑްގައި މައްޗަށް އެރި އަދީބު ބްރޯ ހަމަ ކުއްލިއަކަށް ވެއްޓިގެން ދިޔައީއެވެ. ސަބަބަކަށްވީ ވެރިކަމާއި ތޮޅެން ރައީސުލްޖުމްހޫރިއްޔާގެ ފުރާނަ ދުއްވާލުމަށް މަސައްކަތް ކުރުމެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވޯޓުލައްވަނީ. --- ވަގުތު އިމޭޖަސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ބަލާއިރު ބްރޯއަކަށްވީ ފައްޔާޒް އިސްމާއިލް އެވެ. ފައްޔާޒް ބޭނުން ގޮތަކަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ސޯލިހްގެ ވެރިކަމުގައި ނުހިނގައެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލާއި ސަރުކާރުގެ ކުންފުނިތަކުގެ ކޮންޓްރޯލް އޮތީ ފައްޔާޒް އަތުގައެވެ. ސަރުކާރުގެ މުހިއްމު ހުރިހާ މަޝްރޫއެއްގެ ކޮންޓްރޯލް ވެސް އޮތީ ފައްޔާޒް އަތުގައެވެ. ސޯލިހަށް ދެވަނަ ދައުރެއް ނުލިބުނު ސަބަބުތައް ލިސްޓް ކުރާނަމަ ފައްޔާޒަށް އެމްޑީޕީ ހިންގައި ނުލެވުން ލިސްޓް ކުރަން ޖެހިދާނެއެވެ. ނަމަވެސް ފައްޔާޒަކީ ވެރިމީހާއަށް ބޭވަފާތެރިވި ބްރޯއެއްގެ ގޮތުގައި ލިސްޓް ކުރަން އަދި އިތުރު ހެކި ބޭނުން ވާނެއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް: ފޮޓޯ- މިހާރު

ދެން މިއޮތީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމެވެ. މުއިއްޒުގެ ވެރިކަމުގައި ބްރޯއަކަށް ވާނީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހެއްޔެވެ؟ ނުވަތަ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ހެއްޔެވެ؟ ނުވަތަ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ހެއްޔެވެ؟

ފެންނަ މަންޒަރުތަކަށް އަދި ބަލާއިރު މިސަރުކާރުގައި އަދުރޭގެ ބާރާއި ނުފޫޒު ވަރަށް ވަރުގަދަ ވާނެއެވެ. ކެބިނެޓް އެކުލަވާލުމުގެ އިތުރުން އެހެން ސިޔާސީ މަގާމުތައް އައްޔަން ވެގެން ދާއިރު ވެސް އަދުރޭގެ ނުފޫޒު އެބަފެނެއެވެ. ޒަމީރު ވަރުގަދަ މިނިސްޓަރަކަށް އައްޔަން ކުރުމަކީ ޒަމީރުގެ ގަދަކަން ފެންނަ ހެއްކެކެވެ. ސެންބެގެ ނުފޫޒު އަދި ނުފެނުނު ނަމަވެސް ފަހުން ވާނެ ގޮތެއް ނޭނގެއެވެ.

ތާރީޚަށް ބަލާއިރު ބާރުގަދަ ވަޒީރަކު ނުވަތަ ނައިބު ރައީސަކު އުފެދުނީ އެކަން ކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ތަނަވަސް ކޮށްދިނުމުންނެވެ. ނަމަވެސް އާހިރުގައި އެކަމުގެ ގެއްލުމާއި ހަލާކާއި ކުރިމަތިލާން ޖެހުނީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށެވެ. ދެން އޮތީ ބްރޯއެއް އުފައްދަން ރައީސް އަށް ޖެހުނީ ކީއްވެ ހެއްޔެވެ؟ ކުރު ޖަވާބަކީ ރައީސްގެ ކަންނެއް ކަމެވެ. ރައީސް އަށް ހުރިހާ ކަމެއް ބެލެހެއްޓޭވަރު ނުވުމެވެ.

ބްރޯއެއް އުފެދުނަ ނުދިނުމަކީ ރައީސް އަށް ސިޔާސީ ގޮތުން ވެސް އަދި ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. ބްރޯއެއް އުފެދުނަ ނުދިނުމަށްޓަކައި ރައީސްއަށް އެމަނިކުފާނުގެ ސައިޒް އެނގެން ޖެހެއެވެ. ރައީސް އަކީ ކިހައި ބާރުގަދަ ކިހައި ނުފޫޒުގަދަ ބޭފުޅެއްކަން އަމިއްލަފުޅަށް ގަބޫލުކުރައްވާ ޒިންމާއާއި ވާޖިބުތައް އަމިއްލަފުޅަށް އަދާކުރެއްވުމުގެ ހިތްވަރު ހުންނަން ޖެހޭނެއެވެ. އެހެން ނޫނަމަ ޖެހޭނީ ބްރޯއަކަށް ފުރުސަތު ދޭށެވެ. އެފުރުސަތު ދެއްވައިފިނަމަ ތާރީޚް އިޔާދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ހހ

    ބްރޯއަކީ ރައްޔިތުނއލް.. އެއީ ގާނޫނީ ބްރޯ

    39
    4
    • Ùދޯދި

      އަދުރޭގެ ދަރި ފައިސަލް ވެސް ވުން އެކަށީގެންވޭ

      16
      6
      • ޢަހްމަދު

        ބްރޯއަކައްވާނީ ޗީފްއޮފް ސްޓާފް ފަޔާޒް

  2. ޢަންމު

    ވަރަށް ރަނގަޅު ލިޔުމެއް

    38
    5
  3. ޔަވްމިއްޔާ

    ވަރަށް ބޮޑު ތެދު ފުޅެއް !

    35
    6
  4. Anonymous

    ދެން އޮންނާނީ ޑރ. މުއިއްޒުގެ ވެރިކަމުގައި ފަނިފަކުސަ އަޅުވަން މަސައްކަތްކުރުމާއި ޑރ. މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރުމެވެ. އެކަމުގައި އުޅޭނެ ކަމަށް ބެލެވޭ ބޮޑުންނަކީ ޔާމީނާއި ނަޝީދާއި ޑރ. ވަހީދާއި ބުރުމާކާސިމާއި ޑރ. ޖަމީލެވެ. ޑރ. މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އިބޫސޯލިހު ނުކުތުމަކީ ދުރުކަމެކެވެ. އިބޫސޯލިހު މިހާރު ބޭނުންވާނީ ޖަލަށް ނުވަދެ ސަލާމަތްވުމެވެ. އެކަމަށްޓަކައި ޕީއެންސީގެ މެންބަރަކަށް ވުމަކީ ވެސް އިބޫސޯލިހު ކޮށްފާނެ ކަމެކެވެ. ނަމަވެސް އިބޫއަށް އެކަން ކުރެވޭނީ އަދުރޭ ނުވަތަ ޑރ. މުއިއްޒުގެ ހުއްދައާ އެކުގައެވެ. މިބުނި ކަންކަމާއިމެދު ޑރ. މުއިއްޒު ވަރަށް ބޮޑަށް ސަމާލުވާންވާނެއެވެ. ނޫންނަމަ ޑރ. މުއިއްޒު ރޮލާ ކާލާން ވެސް ސިޔާސީ މީހުން ޖެހިލުމެއް ނުވާނެއެވެ.

    55
    14
    • ވަފާތެރި ކެހިވެރިޔާ

      މުއިއްޒުގެ ވެރިކަމުގައެޅޭނެ ފަނިފަކުސާއަކީ އަދުރޭ...އެކަކަށް ހިޔާނާތްވި މީހަކު ޖެހިލުމެނުވާނެ ދެވަނަމީހަކަށް ހިޔާނާތްވާކަށް. އެއްޗެފަނާވުމަށް ފަނިފަކުސާ އުފެދެނީ އެއްޗަކުން..ރޔާމީނުއަށް ދޯކާދިނީ ކޮންބައެއްކަންވެސް ލަހެއްނުވެ ފާޅުވާނެކަމަށް ދުއާކުރަން..

      24
      10
    • ނަނަނަ

      ވެރިކަމާ ތޮޅޭނެ އިސް ލީޑަރުން ކަމަށް ލަފާކުރެވެނީ ޔާމީނާއި ޖަމީލު.

      21
      16
  5. ދައުރު

    ހަމަ ޔަޤިން އަދުރޭ ނޫން މީހަކަށް ބްރޯއަކަށް ނުވެވޭނެ މިހާރުވެސް މުޅި އޮޑީގަ އެއޮތީ ފައިހިއްޕާލާފަ

    24
    5
  6. 13ވގ

    ބުރޮއަކީވެސް މުއީޒް ޢާއި ޓިނުއަދުރޭ

    18
    7
  7. ދާއިން

    ގައުމު ހިންގަން ނޭނގޭ ބަޔަކު ވެރިކަމާ ހަވާލުވީމަ ތިކަހަލަ ކިތަންމެ ބުރޯ އެއް އުޅޭނެ. ޑރ. މުއިއްޒު އަށް އެއްވެސް މީހެއްގެ ނުފޫޒު ފޯރާނެ ކަމަށް ނުބެލެވޭ

    34
    9
  8. ކިތްނާ

    ކޮން ބުރޯ އެއްތަ. ސޭހުމެން ލަދު ގަންނަން ޖެހޭނެ.

    12
    4
  9. ޝާފިއު

    ގައުމު ހިންގާނީ މުއިއްޒު. އެހެން މީހެއްގެ އަތްމައްޗަށް ގައުމު ދާނީ ވެރިންގެ ފެންވަރު ދަށްވީމަ. މުއިއްޒުއަށް ފުރިހަމަ އިތުބާރު އެބައޮތް.

    38
    6
  10. މަސީހު

    މުޢިއްޒު ވެރިކަމުގައި ބްރޯ އަކަަށްވެސް އަންނާނީ މުޢިއްޒު

    31
    7
  11. ކިނާނު

    ބުރޯ އަށްވެސް ވާނީ ރައްޔިތުން

    15
    4
  12. ޖައުފަރު

    މީ ތަފާތު ވެރިކަމެއް. ރައްޔިތުންނާއި މުޢިއްޒު ވާނީ ހުރިހާވެސް މީހުންނަކަށް

    24
    4
  13. ސަރަފަކައްދަ

    މިސަރުކާރުގެ ބްރޯ މިހާރުވެސް ފެނިއްޖެތާ! އެއް އާޢިލާ އަކަށް 12 މަޤާމު ދިނީމާ!

    20
    2
  14. ހާޝިމް

    މުއިއްޒު ވެރިކަމާ ހަވާލުވާނީ މާޒީގެ ރާއްޖޭގަ ކަން ހިނގާފަ ހުރި ގޮތަށް ބަލާފަ އެކަންކަން ހައްލުވާނެ ފޯމިއުލާ ހޯދައިގެންކަމަށް ގަބޫލު ކުރެވެނީ.

    16
    2
  15. ޒާއިން

    މުއިއްޒުވާނީ ރާއްޖޭގެ ތާރީޚް ދުށް އެންމެ ތަފާތު ރައީސްއަށް ކަމާމެދު ޝައްކެތް ނުކުރަން.

    28
    3
  16. ޒިއާން

    މުއިއްޒުއަކީ ވިސްނުންތެރި ބޭފުޅެއް. ވެރިކަން ކުރަންވާނީ ވަރަށް ހިކުމަތްތެރިކަމާއެކު.

    24
    2
  17. ކާރގޯ ނައިފަރޭ

    ބުރޯއަކީ އަދުރޭސާރ!

    14
    1
  18. ބުރޯ ބުރޯ

    އަދުރޭ އެއީ ބުރޯ އަކީ ނުންނަމަ އަދުރޭގެ ދަރި ފައިސަލް ވެސް ވުން އެކަށީގެންވޭ

    11
    1
  19. ސަލީމް

    އަދުރޭ އެއީ ބުރޯ އަކީ ނުންނަމަ އަދުރޭގެ ދަރި ފައިސަލް ވެސް ވުން އެކަށީގެންވޭ

    6
    1
  20. ބަހާރީގެމަލާ

    އެއްވެސްވެރިކަމެއްއެއްވެސްމީހަކުވައްޓާލާފައެއްނެއް އެވެރިއެއްގެއަމަލުހުންނަގޮތަކުންކެއްނުކުރެވިގެންރައްޔަތުންނިކުނަނީ އެކަމުގެނާޖާއިޒުފައިދާނަގަނީކޮންމެވެސްވެރިއެއް ނަގާފަރައްޔަތުންނައްދައްކަނީނިގޫ
    މުއިއްޒުގެވިސްނުންރަގަޅުވާނެކަމައްއުއްމީދުކުރަން

    15
  21. ޞއބއ

    ޔާމީން ހެން ހީވަނީ، މިހާރުވެސް ޕާޓީ ތެރޭ މައްސަލަ އުފެދިފައި ކަންނޭނގޭ އޮތީ

    8
    9
  22. ރާހިން

    އަދުރޭ ވާނީ ރައީސް އަށް ލޯޔަލް ބޭފުޅަކަށް

    16
    3
  23. ލުބާން

    އަބަދުވެސް ތާރީޙު ބަދަލުކުރާ ރައީސަކަށް މުއިއްޒު ވެގެންދާނެ.

    17
    2
  24. އަބާން

    ތާރީހަށް ބަލަންޏާ ރިޔާސީ ރޭހުގަ ފުރަތަމަ ބުރުން ދެވަނަ އަށް ދާ ބޭފުޅަކު ދެވަނަ ބުރުން އެއްވަނަ ހޯދަނީވެސް. އެކަންވެސް ބަދަލުކުރުވި ރައީސަކަށްވެސް ވެގެންދިޔައީ މުއިއްޒު

    15
    1
  25. ފާރިޝް

    އުންމީދީ ވެރިކަމެއް. އާ ދިރުމެއް ގެނެސްދޭނެ ވެރިކަމަކަށް ވެގެންދާނެ.

    19
    1
  26. ރާއިފް

    އެމް.ޑީ.ޕީ ކުދިން ބަލަންތިބޭ. މުއިއްޒު ތަފާތު ދައްކަދޭނެ.

    23
    1
  27. ބްރޯ

    އެއީ އަޅުގަނޑު. އަޅުގަނޑު މިހުރީ ބްރޯއަކަށް ވާން ބޭނުންވެގެން.

  28. ޒާޖިރު

    ކޮންމެހެން ބުރޯއެއް ހުންނަން ޖެހޭތަ؟

    11
  29. އިޓޫ

    އައު ޓޫރިޒަމް މިނިސްޓރ ނޫނީ އައު ޑިފެންސް މިނިސްޓަރ

    5
    1
  30. ޗުކުލާމަސް

    "ބްރޯ"އަކަށް ވުންކަމަށް ތިޔަ މާނަކުރި ގޮތެއް ނޭނގުނު..

  31. ބުރޯ

    ބުރޯ އަކައްވާނި ފޮރިން މިނިސްތަރ

    1
    1
  32. އިބްރާހިން

    އަދުރޭ ވެދާނެތަ ބްރޯއަކަށް؟

    1
    1
  33. މީނާއޭނާ

    ޖަމީލަކީ ހޮޅިއަނގައަރުވާ މިހެއް ، ގައިމު މިއަދުއަތުގުޅައިގެންނެއް ނޫން ހުވާކުރީ

    1
    1
  34. ރައްކަލާއްކަލޯ

    ތަޢުލީމީ ގައުމެއް. މުޢިއްޒު ވާނީ ގްލޯބަލް ފެންވަރުގެ ލީޑަރަކަށް. އެގޮތުންވެސް އެއްވަނައަށް އަރާނެ. އިންޝާ ﷲ. އުއްމީދުކުރައްވާ. މިއީ އަހަރެމެންގެ ގައުމު. ކަންކަން ހަމަޔަކަށް އަޅުވާނެ ޤައުމެއް.

    12
    2
  35. ވ

    ބްރޯ އަކަށް ވާނީ ރައީސް ޔާމީން

    2
    1
  36. rahyithumeehaa

    ތާކުންތާކުނުޖެހޭ ވަކިއަތަކަށް ބުރަބޮޑު، ދެއުޅިއެއްނުވާ ހާސަރުގަޑެއް.އެމްޑީޕީ ވެރިކަންވެއްޓެން ދިމާވީ"ރީކޯބްރޯ" ކަމެއްނޭގުނު. (ޑޮލަރުބޭންޑް، ތިލަފުށިން އަތްގުޅިނުކާވަރުގެ ބިން، ހެވީމެގަޕްރޮޖެކްޓް، އާރާބާރު، ގާޒީއަކުހިފާހައްޔަރުކޮށް ބުރުމާގާސިމްއާ ޔާމީން ބަންދުކޮށް ގެއްލުވާލުން، ޕާޓީގެ އާރާބާރު މުށުތެރެއަށް) މިހެންގޮސް ލިސްޓް ވަރަށްދިގު. މިހުރިހާކަމެއް ހާސިލްކޮށް، ރިސޯޓާއި ވިޔަފާރިކުރަމުން އައިކޮންމެ ވެރިކަމެއްގެ ޅޮސްއުދޯއްޔަށްލައިގެން ހޯދިމަންފާ މަތީހުރެމެ، ސަލާމަތްވި މިވަރުގެބްރޯއެއް ނުއުފެދޭ.

  37. މުންކޮ

    ސަރުކާރެއް ފެށޭއިރައް ޓައްކިޔާހަށް ބުރޯއެއް ހުންނަން ޖެހޭތަށް ތީދެން އަޖައިބެއް

  38. ޢޭޝް

    ބްރޯ އަކަށް ވާނީ އަދުރޭ

  39. ޠިނުނަގާ

    އަދުރޭ އާ އާއިލާ

    1
    1
  40. Anonymous

    އަދުރެމެޓިކްސް

    1
    1
  41. މަލްދާ

    ނައިބަކަށް އެހެރީ ބުރޯ

    1
    1
  42. ނުރަބޯ

    ކޮންމެހެން ބްރޯއެއް ހުންނަން ޖެހޭތަ......؟

  43. ކަބިލި

    އަސްލު ބުތ=ރޯ އަކަށްވާނީ ތައުލީމީ ވަޒީރު ގައްދޫ އިސްސޭޭ!

  44. ހަސަނު

    މުއިއްޒު ސަރުކާރުގެ މިނިސްޓަރުން މާގާބިލް ބައެއްކަމަކަށް ނުފެނޭ، ފޮރިންމިނިސްޓަރަކަށް އެހުރީވެސް އަމިއްލަ ވިޔަފާރީގަ ނޭފަތުކުރިޔަށް ފައިބާހުރި މީހެއް، ޓޫރިޒަމްގަ އެހުރީ ދުވަހަކު ވަޒީފާއެއް އަދާކުރިމީހެއްގެ ފާޑުވެސް ނެތް، ރާއްޖޭގެ ރައްޔިތުން މެޑިކަލް ޓޫރިޒަމަށް އިންޑިޔާއަށް ދާއިރު ރާއްޖެއަށް މެޑިކަލް ޓޫރިޒަމަށް އަންނާނެ ބަޔަކު ވާނެތޯ، ބުރޯޔަކަށްވާނީ ސައީދު!

  45. ށ.

    ބްރޯ އެނގޭނީ ސަރުކާރު މެދަށް އަޑިވީމަ ނުވަތަ ނިމުމަކާ ކައިރިވީމަ

  46. ކޮސްފަހަރި

    އަދުރޭ ދަރި

  47. ޑީން

    ާއަދުރޭ ގެ ފަރާތުން އާސަ ތިބި މީހުނަކީ އެހާ ހިންގާލެވޭނެ ކަހަލަ ބަޔެއް ހެނެއް ހިޔެއް ނުވޭ.
    ޒަމީރާ ފަޔާޒަކީ ތެޔޮ ދޮމްބެގެ ދެ ދަރިން ދެމީހުން ވެސް އެތިބީ ބުރޯ ކަން ކޮއްލެވޭނެ ހިސާބުގަ.

  48. އަދުރެ ކެހިޔާ

    ހަމަ މުއިއްޒު ވެސް ވެދާނެ އޭނަގެ އަމިއްލަ ބްރޯ އަށް