2-1 އިން އިންޑިޔާ ބަލިކުރުމަށްފަހު ސާފް ޗެމްޕިއަންޝިޕް ރާއްޖެ އިން ކާމިޔާބުކޮށްފިއެވެ.

ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ނަގާފައިވާ އިރު، މިއަދުގެ ފައިނަލަކީ 2009 ވަނަ އަހަރަށްފަހު ރާއްޖެއިން ކުޅުނު ފުރަތަމަ ފައިނަލެވެ. އެ އަހަރު ފައިނަލްގައި ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ.

ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ފެނިގެން ދިޔައީ ހަމަލާތައް ގިނަ ހާފެއްގެ ގޮތުގައެވެ. ދެޓީމުންވެސް އެޓޭކިން ފުޓުބޯޅައެއް ކުޅުމަށް މަސައްކަތް ކޮށްފައިވާ އިރު، އިންޑިއާގެ ޑިފެންސަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލަކީ ރާއްޖޭގެ ހަލުވި އެޓޭކް ލައިނެވެ. ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް މިއަދުގެ މެޗަށް ނެރެފައި ވަނީ ސެމީ ފައިނަލްގައި ނޭޕާލާ ދެކޮޅަށް ނެރުނު ފުރަތަމަ 11އެވެ.

ރާއްޖެއިން ނުކުތަ ފުރަތަމަ އެގާރަ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އިންޑިއާއިންވެސް މިއަދުގެ މެޗަށް ނުކުތީ ސެމީ ފައިނަލް މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުތް ފުރަތަމަ 11އަށް ބަދަލަކާ ނުލައެވެ. އިންޑިއާއިން މެޗުގައި ބޭނުން ކުރުމަށް މަސައްކަތް ކުރީ ސެމީގައިވެސް ބޭނުން ކުރި ޓެކްޓިކްސްއެވެ. އެ މެޗުގައިވެސް ކުޅުނު ގޮތަށް، ދެފަޅިން ހުރަސްތައް ނެގުމަށް މަސައްކަތް ކުރި އިރު، އެޓީމުގެ ފޯވަޑްލައިން ލީޑު ކުރީ މިހާތަނަށް މުބާރާތުގައި ތިން ގޯލް ޖަހައިފައިވާ މަންވީރު ސިންހެވެ.

ދާދި ހަމަހަމަ ކުޅުމަކާއެކު ފުރަތަމަ 20 މިނެޓް ނިމެން ދަނިކޮށް، މެޗުގެ 18 ވަނަ މިނެޓުގައި ރާއްޖެއިން ލީޑު ނެގިއެވެ. އިންޑިއާގެ ކުޅުންތެރިޔެއް ނައްޓާލުމަށްފަހު ނާއިޒް ހަސަން (ދާދު) ކުރިއަށް ދިން ބޯޅައަށ އޭރިއާ ތެރެއަށް ވަދެ، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ގޯލަށް ބޯޅަ ވައްދާލީ ކީޕަރު ބޯމަތިން ޗިޕް ކޮއްލައިގެންނެވެ.

ޜާއްޖެއާއި އިންޑިއާ ވަދަކުރާ ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ރާއްޖޭގެ ގޯލަށްފަހުވެސް ދެޓީމުންވެސް މަސައްކަތް ކުރީ އެޓޭކް ކުރާށެވެ. އިންޑިއާގެ ދެ ހަމަލާއެއްވެސް ފުލުފުލުގައި ފެނިގެން ދިޔައެވެ. ހާޖީ ކަސަމް ޗޯދުރީއާއި ނިކިލް ފޮނުވާލި ހަމަލާތައް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފްގައި ރާއްޖެއަށް މާޔޫސްކަން ގެނުވީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އަށް އަނިޔާވެ، ބަދަލުކުރަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އަހުމަދު ނޫމާން (ހެލްމެޓް)އެވެ. އޭނާ ވަނީ މެޗުގައި ބާކީ ބައިގައި އަކޫ ނެތްތައް ފޫބެއްދުމަށް މޮޅު ކުޅުމެއް ކުޅެފައެވެ.

ފުރަތަމަ ހާފް ރާއްޖެއިން ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފްގައި ރާއްޖެއިން ބޮޑަށް ވިސްނީ ކައުންޓާ އެޓޭކް ކުރުމަށެވެ. އިންޑިއާގެ ޒުވާން ހަލުވި ފޯވަޑްލައިން ހިފެހެއްޓުމުގައި ރާއްޖޭގެ ޑިފެންސުން މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ރާއްޖެއިން ބޭނުން ކުރީ ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިންގެ ސްޕީޑެވެ.

ދެވަނަ ގޯލަށް ސެންޓޭ ބޯޅަ ފޮނުވާލަނީ -- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ކައުންޓާ އެޓޭކް ފުރުސަތުގައި ރާއްޖެއިން ލީޑު ފުޅާކުރީ 65 މިނެޓުގައެވެ. މެދުތެރެއިން ހަމްޒީ މުހައްމަދު (ހަމްޕު) ދުއްވާލި ތުރޫ ބޯޅަ، ގޯލްކީޕަރު ކައިރިން ތިރިތިރިން ނިންމާލީ ފަހު ހާފްގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭގެ ގޯލާއެކު ދަނޑަށް ވަދެތިބި އެތަކެއް ދިވެހި ސަޕޯޓަރުންގެ އަޑު ގުގުމާލިއެވެ. މިއަދުގެ މެޗަށް ރާއްޖެއިންވެސް ސްޕޯޓަރުން ޑާކާއަށް އައިސްފައިވާ އިރު، ޑާކާގައި ދިރިއުޅޭ ދިވެހިންވެސް ވަނީ ދަނޑަށް ވަދެ، ފޯރި ނަގައިފައެވެ.

ސާފް ސުޒުކީ ކަޕްގެ ކާމިޔާބީއާއެކު ރާއްޖޭ ޓީމުން އުފާފާޅު ކުރަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ރާއްޖޭގެ ދެވަނަ ގޯލާއެކު ޓީމު ހަމަޖެހިލިއެވެ. ޑިފެންސަށް ސަމާލުކަން ދީގެން ކުޅެމުން ދިޔަ އިރު، އިންޑިއާއިން ދިޔައީ ގޯލެއް ޖެހުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މެޗުގެ 78 ވަނަ މިނެޓުގައި މަންވީރު ސިންހު ބޮލުން ފޮނުވާލި ހަމަލާ ހުރަސް ދަނޑިމަތިން ދިޔަ އިރު، މެޗު ނިމެން ދަނިކޮށް ރާއްޖޭގެ އޭރިއާ ތެރެއަށް އިންޑިއާއިން ކުރި ހުރަސްތައް މަތަކުރީ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ. ނަމަވެސް މެޗުގެ ފަހު މިނެޓްގައި ސުމީތު ޕަސީ ވަނީ އިންޑިޔާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. Anonymous

    ސަޅި

  2. މަދޫ

    ސަޅި

  3. މީ

    މަރުހަބާ!!!

  4. މަސީހު

    މިއީލިބުނު ނަސްރެއްﷲއަށް ހަމްދުހުރި.

  5. މަ

    ޤައުމީ ޓީމަށް މަރުޙަބާ

  6. ައާންމުން

    މަރުހަބާ

  7. ނުރަބޯ

    އަލްޙަމްދު ލިﷲ.

  8. Anonymous

    މަރުހަބާ

  9. ޢިއްލެ

    މަރުހަބާ ދިވެހި ޤައުމީޓީމަށް..

  10. ދީމަ

    ކޮންގްރޭޓްސް ނޭސަނަލް ފުޓުބޯލް ޓީމް

  11. ޙައްވަ

    މަރުޙަބާ ދިވެހި ޤަޢުމީ ޓީމް?????
    ދެން

  12. ނިންނި

    ޤައުމީ ޓީމް ތިޔަ ހޯދެއްވި ކާމިޔާބަށް

    ޝުކުރު ދަންނަވަން

  13. ހއ. ކެލާ

    އަލްޙަމްދު ލިއްﷲ. މަރުހަބާ ދިވެހިޤައުމީ ޓީމް. ޝުކުރިޔާ ޢިތްޒަތްތެރި ރައީސް.

  14. އައްޔު

    އަލްހަމްދުލިއްލާހި މަރުހަބާ ޤައުމީޓީމަށް މަރުހަބާ ރައީސް މަރުހަބާ ރައްޔިތުން

  15. ސަޕޯޓަރ

    މަރުޙަބާ އާއި ސާބަސް ދިވެހިޓީމް.
    މިއަދު ފެނިގެން މިދަނީ ވަންމޭންޓީމް އަކަށް ބަރޯސާނުވެ ޓީމެއްގެ ގޮތުގައި ކުޅުމުގެ މުހިއްމުކަން. ޑިސިޕްލިންގެ މުހިއްމުކަން. މިއަދު ދަގަނޑޭ އާއި ބޮޑާހޭކި އެހެން ކުޅުންތެރިން ތިބޭނެ ޓީވީން މެޗްބަލަން. އަމުރަށް ކިޔަމަންތެރިވުމާއި ޑިސިޕްލިން އަކީ ވަރަށް މުހިއްމު އެއްޗެއްކަން މިއަދު ބޮޑާހޭކި ކުޅުންތެރިންނަށް ވިސްނޭނެ.
    ޢަދިވެސް އެއްފަހަރު ރާއްޖޭގެ ޒުވާން ޓީމު ޓީމެއްގެ ގޮތުގައި ހޯދި ރަންވަނައަށް އައްސަރިބަހާއި ސާބަސް.

  16. ކިންގްފިޝަރ

    މަރުޙަބާ ދިވެހި ފުޓްބޯޅަ ޓީމް.

  17. ރޯނުއެދުރު

    ކޮބާތަ ބަދު ދުޢާ ކުރި މީހުން. ބަލަގަ ކާމިޔާ ބަކީ ހިއްވަރާއެކުމާސައްކަތް ކުރާބައެއް ގެ އެއްޗެއް. މަރުހަބާ ޤައުމީ ޓީމް

  18. ޙަސަން

    ޢަލްޙަމްދުލިﷲ !

  19. ރައްޔިތުމީހާ

    ތިޔަ ފެނުނު ނަތީޖާ އަކީ މިފަހަރުގެ ރިޔާސީ އިންތިޚާބު ގެ ނަތީޖާ ކަމަށް ބައްލަވާ. 2 މޮޅުވީ. 1 ބަލިވީ?

    • ެެައަހޫ

      ‫ބޭބޭފުޅުގެ ފަހު އަހަރުވެސް ރާއްޖެއަށް މި ތަށި ލިބުނެވެ. އިއްތިފާގުން މިއޮތީ ކޮއްކޯފުޅަށް ވެސް ދިމާވެފައެވެ.

    • އާންމު އާދުމީ

      އިންޑިޔާ ޓީމު ބަލިވީ. ރާއްޖެ ޓީމު މޮޅުވީ. ދެން ކީކޭ ތިގޮވަނީ؟!!

    • އަލީ

      2 ވަނަ ތަށިން 2 ވަނަ 5 އަހަރު ޔަގީންވެއްޖެ!! ﷲ ގެ ހެޔޯރަހުމަތުން ކާމިޔާބުވާނެ!!

  20. ބޫސުފުޔާން

    އިތުރައްއިންޑިއާރަތައް....

  21. ނަޞީރު

    މަރުހަބާ

  22. ސެލް

    މަރުހަބާ ޓިމް. މިއުޅޭ މިހާރު ނޫހުގެ މީހުން ވެސް މިހާރު މާ ގައުމީ ޓީމް ވެގެން އުޅެނީ. މިހާރު ނޫހުގެ މީހުން ދިވެހި ޓީމަށް މިފަދަ ކާމިޔާބެއް މިދުވަސްވަރު ލިބުމުން މޭނުބައިވާނެކަމަށް ކޮމެންޓް ކުރުމުން ކޮމެންޓްވެސް ޕަބްލިޝް ކޮށްލަން ނުކުރުނު.

  23. އާމީ

    މަރުޙަބާ

  24. ކިޔާ މީހާ

    ކޮބާ ގައުމީޓީމަށާ ކޯޗަށް ބެވި މީހުން؟؟؟...........އެނީވޭސް ކޮންގްރެޓް މޯލްޑިވްސް ޓީމް.....ތީ ޓީމަ ކީ

  25. ރަނދަ

    ޤައުމީޓީމަށް މަރްޙަބާ. ތިޔަ ހޯދި ކާމިޔާބީ ފާހަގަކޮށް ހުރިހާ ކުޅުންތެރިންނަށާއި ކޯޝް އަފި މެނެޖް މެންޓަށް ޝުކުރު ދަންނަވަން.

  26. ބޮޑުބެ

    އަލްޙަމްދުލިﷲ

  27. ޡަނަ

    ޓީމް 1 އެއީއިންްޑިޔާ ޓީމް 2އެޢީރާއްޖެ އެހެން ދޯ ކަނޑަ އަޅާފަ އޮތީ ތިހެން ތިބުނިcom

  28. ސެންޓޭ

    އިންްްްޑިޔާ އަށް ރީއްޗަށް ބޫޓަށް އަރަން ނޭގެ

  29. މާފުށި މާންބެ

    މަރުހަބަ ގައުމީ ޓީމް

  30. Anonymous

    މަރުހަބަ ގައުމީ ޓީމް

  31. އެއްމެން

    އަހަރެން އުފާވަނީ ހަމަ އެކަނި ދިވެހީން މޮޅުވީމައެއްނޫން. އަހަރެން އުފަލުން ފުރުނީ އިންޑިޔާ ބަލިކޮށް ދިވެހީން ރަންތަށި ނެގީމަ. އަދި އެވެސް މޯދީގެ ވެރިކަމުގަ. މަރުޙަބާ ދިވެހި ގައުމީ ޓީމު. މަރުޙަބާ ދިވެހީން. މިކާމިޔާބު ކުލަގަދަ ކޮށް ފާހަގަ ކުރަންޖެހޭނެ.

  32. މަރީ

    އިންޑިއާ ކުދިންބުނީ ނަގަާ ނަގާ ބާވެފައޯ ރާއްޖޭކުދިން ދެންމިފަހަގެންދާށޯ.

  33. ކިޔާ

    އަލްޙަމްދުލިﷲ.މަރުހަބާ ޤައުމީޓީމް.ވއުފާވެއްޖެ.

  34. އައްލެއިކަލޯ

    އަލްޙަމްދު لله. އެންމެއުފާވި އެއްދުވަސް. ގައުމީ ފުޓުބޯޅަ ޓީމުގެ ކޮންމެ މެންބަރަކަށް ހާސްފަށުން ޝުކުރު

  35. ޕޮފުބާ

    ޔާމީންގެ ހިޔޮކަން

  36. އަސްލުހާލަތު

    2008ގެ ފައިނަލްގަ ރައްޖެ ރަންމެޑަލް ހޯދިއިރު އިންޑިއާ ކޮޅަށް ރާއްޖެ ޖެހީ 1 ގޯލް... އެފަހަރު ކެނޑިޑޭޓު ނަންބަރު 1 މައުމޫނު ބަލިވީ.. މިފަހަރު ފައިނަލުގަ ރާއްޖެ މި މޮޅުވި 2 ގޯލް ޖަހައިގެން އިންޑިއާ ކޮޅަށް އެހެންވީމަ ކެނޑިޑޭޓް ނަންބަރު 2 އިބޫ އަށް ބިރު ބޮޑީ.. ރާއްޖެ އެ ޖަހާ ގޯލްގެ އަދަދު ނިސްބަތްވާ ކެނޑިޑޭޓު ބަލިވީ ކުރިންވެސް. ތާރީހަކީ އިޔާދަވާ އެއްޗެއް

  37. ހަމްދީ

    2 ވަނަ ތަށިން 2 ވަނަ ޓާމް ޔަގީންވެއްޖެ!! ﷲ ގެ ހެޔޯރަހުމަތުން ކާމިޔާބުވާނެ!!