އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގައި އެލްޓީ ސްޕޯޓްސް ކުލަބް އަދި ވިއެނާ ސްޕޯޓްސް ވާދަކުރި މެޗު ސީދާ ދެ ގޭމުން ވިއެނާ ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ބޭރުން ކުޅެމުންދިޔަ ވިއެނާ ސްޕޯޓްސް އިން ވަނީ އެތެރޭން ކުޅެމުންދިޔަ ޓީސީ ސްޕޯޓްސް ކުލަބް ގެ މައްޗަށް ކުރި ހޯދާފައެވެ. މި ގޭމު ފަށައިގެން އެތެރޭގައި ކުޅެމުން ދިޔަ އެލްޓީ ސްޕޯޓްސް ކުލަބް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ރޭވުންތެރިކަމާއި އެކު ބޭރުން އަރަމުންދިޔަ ވިއެނާއިން ވަނީ ގޭމު ނިމެން 1 މިނެޓަށް ވެފައިވަނިކޮށް އެތެރޭން ކުޅެމުންދިޔަ އެލްޓީ ސްޕޯޓްސް ކުލަބް ގެ މައްޗަށް ކުރި ހޯދާފައެވެ. މި ގޭމު ވިއެނާއިން ކާމިޔާބުކޮށްފައިވަނީ 7-9 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ ބައިބަލާ :އެލްޓީ ސްޕޯޓްސް ކުލަބް އަދި ވިއޭނާ ސްޕޯޓްސް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ވިއެނާ ސްޕޯޓްސް އިން އެތެރެއަށް ވަދެ ބޭރުން އެރި އެލްޓީ ސްޕޯޓްސް ކުލަބްގެ ހުރިހާ ކުޅުންތެރިން ނުބައިކޮށް މި ގޭމު ވެސް ކާމިޔާބުކުރިއެވެ. މި ގޭމުގައި އެލްޓީ ސްޕޯޓްސް ކުލަބް އަށް ވިއެނާ ސްޕޯޓްސް ގެ އެއްވެސް ކުޅުންތެރިއަކު ނުބައިކުރެވޭ ގޮތެއް ނުވިއެވެ. ވިއެނާ ސްޕޯޓްސް ގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި ގޭމު ވިއެނާ ސްޕޯޓްސް އިން ކާމިޔާބުކޮށްފައިވަނީ 0-20 ގެ ނަތީތާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގައި އެލްޓީ ސްޕޯޓްސް ކުލަބް އަދި ވިއެނާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިއެނާ ސްޕޯޓްސް ގެ އަހުމަދު ހުސާމްް އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ވިއޭނާ ސްޕޯޓްސް : އަހްމަދް ހުޝާމް :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު