މިނިވަން ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ބުރުގައި އިއްޔެ އެ އަތޮޅު އަލިފުއްޓާއި މީދޫ ބައްދަލު ކުރި މެޗް 1 - 0 އިން މީދޫ ކާމިޔާބު ކުރިއިރު ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ.

ރ. މީދޫ ދަނޑުގައި ކުޅުނު މި މެޗްގައި ޖެހި ހަމައެކަނި ގޯލް މީދޫ އަށް ޖަހާދީފައިވަނީ މެޗްގެ 55 ވަނަ މިނިޓްގައި ނާޖިހު މުޙައްމަދެއެވެ. ކުޅުނު ހުރިހާ މެޗަކުން ރ. މީދޫ މޮޅުވެފައިވާއިރު އެޓީމް މިވަނީ ފައިނަލުން ޖާގައެއް ހޯދުމާ ވަރަށް ގާތުގައެވެ. ރ. އަލިފުށިން ވެސް ވަނީ މީގެ ކުރިން އެޓީމް ކުޅުނު މެޗުން މޮޅުވެ 3 ޕޮއިންޓް ހޯދާފައެވެ. މި ގުރޫޕްގައި ދެން ހިމެނޭ އުނގޫފާރާއި އިންނަމާދޫ އަދި އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

މި މެޗްގައި ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަނުޖެހުން އުފެދި މާރާ މާރީ ހިންގާފައެވެ. ދަނޑުތެރޭގައި މީދޫ ޓީމްގެ ބެނާތަށް ހުރުމާއި މީދޫ ޓީމްގެ ސަޕޯޓަރުން ދަނޑުތެރޭގައި ތިބުމާއި ރެފްރީ ވަކި އަތަކަށް ބުރަވާކަމަށް ބުނެ އަލިފުށީ ޓީމްގެ ސަޕޯޓަރުންވަނީ އަޑު އުފުލާފައެވެ.

މެޗް ނިމުމަށް ފަހު ސަޕޯޓަރުންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންވަނީ ޕެޕާ ސްޕްރޭވެސް ބޭނުންކޮށްފައެވެ. މި ހަމަނުޖެހުމުގައި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް މަޑުއްވަރީ އޮންލައިން އިންވަނީ ރިޕޯޓްކުރެއެވެ.

މި މުބާރާތުގެ މެޗްތައް ކުރިން ބާއްވަމުން ގެންދިޔައީ އެއަތޮޅު އަލިފުށީގައެވެ. ނަމަވެސް ޖެހުނު މައްސަލައެއްގައި މިއަތޮޅުގެ މުބާރާތް ވަކި މުއްދަތެއް ނެތް ގޮތަށް ލަސްކުރީ ކަމަށް އެފްއޭއެމް އިން އެންގުމަށްފަހު މުބާރާތް ކުޅެން ފަށާފައި މިވަނީ މުބާރާތުގެ ކުޅުން މީދޫއަށް ބަދަލުކުރުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޕޮގުބާ

    މީދުއަށް މިނިވަން ޗެމްޕިއަންސްސިޕްގެ ތަށި ދޭންވީ ތަބަކަކަށްލާފަ ވަރަށް ދުވަސް ވެއްޖެ ތިކަމަކާ ތިމީމީހުން މަރު ދޭތާ އެއްޗެއް ލިބޭއެއްޗެއް ނަމަވެސް ރަނގަޅު މޮޔަވާން

  2. ޓާޓާ

    ވާގޮތް ވަރަށް ސާފު މެޗުން ބަލިވީމަ އަލުފުށި މީހުން ނަށް ހަޖަމް ނުވީ.... ނުވީތާކަށް އަގުރާނަ ގޮވަމުން ދިޔައީ އަދި މެޗުގެ ހަމަ ނުޖެހުން ނަގާލީ އަލިފުށިން

  3. ބެރީ ސަމްލާ

    ވަރަށް މައުލޫމާތެއް ނެތް.
    މީހަކު ބުނި ބުނިބުނުމަށް ލިޔެފައޮތް ހަބަރަކާ ވައްތަރީ.
    ޢަދި އެވެސް މީދޫ މީހަަށްގުޅާ އަހާލި ނަމަ މިއަށްވުރެފުރިހަމަ ވީސް

  4. ޢާ

    ލިޓަސް އަކީ ރ މީދޫ ކުންފުންޏެއް!!! މީދޫ ޓީމައް ހަރަދުކުރަނީ ލިޓަސް އިން !!! ޢިރަދުކުރެއްވިއްޔާ މީދުޫ ފައިންލް އިން މޮޅުވާނޭ!!

  5. ޔަމްޔަމް

    މި މުބާރާތަކީ ސިޔާސީ މުބާރާތެއް ވ. ޥ ސާފްކޮންއެނގޭ

  6. ޔަމްޔަމް

    އެއްވެސް މައްސަލައެއްޖެހިގެނެއްނޫން އަލިފުށީން މީދޫއަށް މުބާރާތް ބަދަލުކުރީ .މީދޫ ދަނޑު ރަގަނޅު ފެންވަރަކަ ހަދާފަހުރީމަ އަދި 11ސްޕީކަރު ނެރޭނެވާހަކަ ބުނެގެން ރީތިކަމުން ބަދަލުކުރީ

  7. ކަރާ ދަނޑު

    ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރީ ވަކިގޮތަކަށް މަންޒަރު ދައްކަންކަން... ?

  8. Anonymous

    ތަޅާފޮޅީ މަޑުއްވަރިން އައި ބޯހަމަނުޖެހޭ ބައެއް. މީދޫ ސަޕޯޓަރުން ތިބީ ހަމަ ކުޅިބަލަން

  9. ޢަލިފުށި

    މައިންބަފައިން ދަރިން އުރައި ގޮވި ފަރިސަށް ވަރަށް ސަލާމް

  10. ޢަބުދުﷲ

    މައުލޫމާތު ރަނގަޅެއްނޫން. މި މުބާރާތެއް އަލިފުއްޓަކު ނުކުޅޭ. ކުޅޭގޮތަށް ހަމަޖެއްސީ. ޢެއަށްފަހު މީދޫގައި ކުޅޭގޮތަށް ހަމަޖެއްސީ. ޢަދި އޭގެފަހުން މިކަން ވަރަށްބޮޑަށް ގޯސްވުމުން ކުޅުންފެށުން ލަސްކޮށްލީ. ޢޭގަފަހުން އަނެއްކާވެސް މީދޫގައި ކުޅޭގޮތަށް ހަމަޖައްސާ މެޗްތައް ކުޅެންފެށި.

  11. ޢަލިފުށި

    ދެން ވެސް މުބާރާތް ކުޅޭނީ މީދޫގަ. ދެން ލަލަލާ!!!

  12. ޢަލިފުށި

    ބަލިވީމަ އަލިފުށިކުދިންނަށް ހަޖަަމް ނުވީ. މީދޫ މީހުންކަމަށް ތަޅާ ފޮޅީ މަޑުވަރި ކުދިން ކޮޅަކާ.

  13. ހުސޭނުބޭ

    މިނިވަން ޗެމްޕިއަންޝިޕަށް ޑިމޮޮކްރަސީ އަތުވެއްޖެ!