މިހާރު އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ލުބުނާން އަތުން ވެސް ރާއްޖެ ބަލިވެ، ސެމީ ފައިނަލުގެ ފުރުސަތު ހަނިވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗު ލުބުނާނުން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ.

ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާ ލުބުނާނާއި ރާއްޖެ ކުރިމަތިލީ މޮޅު ވެގެން ނޫނީ ސެމީ ފައިނަލަށް ނުދެވޭ ހާލަތުގައި އޮއްވައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ކޮންޓުރޯލް ކޮށްގެން ކުޅެފައި ވަނީ ލުބުނާނުންނެވެ.

ގިނަ ހަމަލާތަކެށް ރާއްޖޭގެ ގޯލަށް އަމާޒު ކުރިއިރު، ރާއްޖެއިންވެސް ވަނީ ގޯލެށް ޖެހުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ގިނަ ހަމަލާތަށް ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ލުބުނާނުން ގޯލު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ، ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

ލުބުނާނުން މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން، ހަސަން މާޓޯ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ލައިން ކައިރިން ސަމޫހު ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ގޯލަށް ފަހު ވެސް ލުބުނާނުން ވަނީ މެޗުގައި ގީލު ޖަހަން ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ.

ރާއްޖެ އަދި ލުބުނާން ބައްދަލު ކުރި މެޗުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

ރާއްޖޭގެ ޓީމުގެ ފަރާތުން މިއަދު މެޗުގައި ވެސް މާ އެދެވޭ ކުޅުމެށް ފެނިގެން ނުދިޔައިރު، ބޯޅަ ކޮންޓްރޯލު ކޮށްގެން ކުޅުމަށް ވަނީ އުނދަގޫ ތަކެށް ކުރިމަތިވެފައެވެ. ގިނަ ޕާސްތަށް މިސްވެގެން ލުބުނާނުގެ ކުޅުންތެރިންނަށް ލިބެމުން ދިޔައިރު، ރާއްޖޭގެ ޓީމުގެ ފަރާތުން ވަރުބަލިކަމާއި މާޔޫސްކަން ފެނިގެން ދިޔައެވެ.

މިއަދުގެ މެޗުން ރާއްޖެ ބަލިވުމާއި އެކު ސެމީ ފައިނަލަށް ދެވެން އިނީ މިރޭ ބަންގްލަދޭޝް އާއި ބުޓާން ބައްދަލު ކުރާ މެޗު 0-3ގެ ނަތީޖާއަކުން ބޫޓާން ކާމިޔާބުކޮށްފި ނަމައެވެ. ބަންގްލަދޭޝްއިން މެޗު ކާމިޔާބުކޮށްފި ނަމަ ގުރޫޕު ބީއިން ސެމީ ފައިނަލަށް ދާނީ ލުބުނާން އާއި ބަންގްލަދޭޝްއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބީސީ

    😁🤣😂😂😂😂😁😁🤣😂

    3
    2
  2. ޏޮނޮ

    ޢިރާދަކުރެހވިޔަަ ބަނގާޅިނ 3 0 ބަލިވާނެ

    6
    6
    • ބީސީ

      ބަންގާޅީން މިހާރުވެސް 3 ލަނޑު ޖަހައިފި 🤣

  3. މަހުދީ

    ފުޓްބޯޅަ ވެސް އިންޑިޔާއަށް ވިއްކާލީ. ދިވެހިންގެ ތާއީދެއް ނެތް އިރު ކޮން ތަށްޓެއް ހޯދަކަށް.

  4. Anonymous

    އުވާލަންވެފަ ތިބި ބައެއް

  5. ޖޮބޭ

    ދެން ގޯސްވާނީ ކޯޗު.
    ކިތަންމެ ކޯޗު މޮޅަސް މިކަން މިގޮތުގައި ކުރީމަ ކާމިޔާބު ވާނެތަ؟

  6. ސަލް

    ތިޔައީ ކުޅެން އުޅޭ ބައެއްނޫން

  7. ލަކީ

    ފުޓްބޯޅަ ވެސް އިންޑިޔާއަށް ވިއްކާލީ ހެހެހެ މަހުދީ އިންޑިޔާ އަށް ވިއްކާލީކީ ނޫން ރާއްޖޭގެ ފޫުުުުުުުުުުުުުުުުުުުުޓްބޯޅަދަނީ ދަށް ވަމުން ދުވަހުން ދުވަހަށް ކުޅުން ތެރިންގެ ގައިގާ ބުން ވަރު ނުހުންނަކަން ފާހަގަ ވޭ އެއީ ކީއްވެގެންކަން ވެސް އަލުގަންޑު މެންނަށް އެގޭ