ލުބުނާނުގެ އަންހެނަކު، ދިވެހިން ޒަމާނުއްސުރެ ކައްކާ ކައި އުޅޭ ގަރުދިޔަ ކައްކާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މީސްމީޑިއާގައި މިވަގުތު އާންމުވެފައިވާ އެ ވީޑިއޯއަކީ އެކި ގައުމުތަކުގެ ކެއުން ތައްޔާރު ކުރާ، ލުބުނާނުގެ މަޝްހޫރު ސެލެބްރިޓީ ޝެފް އަބީރު އަލް ސާގިރު އޭނާގެ ޓިކްޓޮކް އެކައުންޓުގައި އާންމު ކޮށްފައިވާ ވީޑިއޯއެވެ.

އެވީޑިއޯއިން ދައްކުވައި ދެނީ ދިވެހި ލަވައެއް ޖަހައިގެން އޭނާ ގަރުދިޔަ ކައްކާ މަންޒަރެވެ.

@abir.sag

Replying to @SuMmEr maldivan garudhiya 🇲🇻 طبق مالديفز الوطني #maldives #🇲🇻 #abirzkitchen #garudhiya

♬ original sound - Abir el saghir

އުމުރުން 24 އަހަރުގެ އަބީރުގެ ޓިކްޓޮކް އެކައުންޓުގައި ޖުމްލަ 23 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބޭއިރު، އޭނާ ގަރުދިޔަ ކައްކާ ވީޑިއޯ 9 ލައްކައަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

އަބީރަށް ވަނީ އެންމެ ކަމުދާ އަންހެން އިންފްލުއެންސާގެ ކެޓަގަރީ ޖޯއީ އެވޯޑު މިއަހަރު ލިބިފައެވެ.

އެތަކެއް ގައުމެއްގެ ކެއުން އޭނާ ތައްޔާރު ކޮށްފައިވާއިރު، ފާހަގަ ކޮށްލެވޭ އެއްކަމަކީ އޭނާ ގައުމުތަކުގެ ކެއުން ތައްޔާރު ކުރާއިރު، އެގައުމުތަކުގެ ސަގާފީ ހެދުންތަކާއި ލަވަތައް ޖަހައިގެން އެކަން ކުރާ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލުކްސް ލައިކް އަސް މޯލްޑިވިއަންސް

    މަހީކުރީ ހަމަ ދިވެއްސެއް ކަމަށް.

    26
    1
  2. Anonymous

    މިއާ ޚަލީފާތަ؟

    6
    10
    • ގިރިހެނުން

      ތިވަރަކަށް ބޮލަށް އަރާފަ ހުންނާނީ

      13
      1
    • ޔުދެ

      ޗަކޮއެ މަންމަ އެއީ

  3. ނޫސްކިޔާ މީހާ

    ނާހަމަތެދެއްތަ މަހީކުރީ ދިވެހި ކުއްޖެކަމަށް ވަކިތަފާތެއްނެތެއްނޫ ވަރަށް ފުރިހަމަ

    5
    1