މިހާރު އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުން ރާއްޖެ ކަޓައިފިއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ހިމެނެނީ ލުބުނާން، ބަންގްލަދޭޝް، އަދި ރާއްޖޭގެ އިތުރުން ބޫޓާނެވެ.

މުބާރާތުގައި ރާއްޖެ މިހާރު ތިން މެޗު ކުޅެފައިވާއިރު، އެންމެ ފުރަތަމަ ރާއްޖޭން ބައްދަލުކޮށްފައިވަނީ ބޫޓާނާއިއެވެ. އެމެޗު 2-0 ގެ ނަތީޖާއަކުން ރާއްޖޭން ކާމިޔާބު ކޮށްފައިވާއިރު، ދެވަނައަށް ބަންގަލްދޭޝްއާއި ބައްދަލު ކޮށްފައިވާއިރު، މިމެޗުން ރާއްޖެ ވަނީ 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެންމެ ފަހުން މިއަދު ރާއްޖޭން ބައްދަލު ކޮށްފައިވަނީ ލުބުނާން އާއިއެވެ. މެމެޗުން ވެސް 1-0 ގެ ނަތީޖާއަކުން ބަލި ރާއްޖެ ވަނީ ގްރޫޕުގެ ތިން ވަނައަށް ވެއްޓިފައެވެ.

މުބާރާތުން ރާއްޖެ ކެޓިކަން ކަށަވަރުވެފައިވަނީ މިހާރު ކުރިއަށްދާ ބަންގްލަދޭޝްއާއި ބޫޓާން ބައްދަލު ކުރާ މެޗު، 3-1 ގެ ނަތީޖާއަކުން ބަންގަލްދޭޝް ލީޑު ނެގުމުންނެވެ. މިއާއި އެކީ މިވަގުތު ގްރޫޕުގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ބަންގްލަދޭޝްއެވެ. އެއްވަނަ ޓީމެއްގެ ގޮތުގައި ގޮސްފައިވަނީ ލުބުނާނެވެ.

މިފަހަރުގެ މުބާރާތުގައި ޖެހި ޖެހިގެން ދެ މެޗުން ރާއްޖެ ބަލިވުމާއި އެކީ ފާހަގަ ކޮށްލެވޭ ކަމަކީ މިއީ ރާއްޖޭގެ ފުޓްބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ކެޓި ފަހަރު ކަމެވެ.

މީގެ ކުރިން 11 ފަހަރު މަތިން ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވާއިރު، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ރާއްޖޭން ވަނީ އެމުބާރާތުގެ ތަށި އުފުލާފައެވެ. އެހެން މުބާރާތްތަކުގައި ރާއްޖެ ވަނީ ސެމީއާއި ހަމައަށް ދަތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އިމާ

    ސުކުރިއްޔާ ބައްސާމު ސުކުރިއްޔާ އެފުއޭ އެމު

    29
    1
  2. އިބޫ

    އަވަހަށް އާދޭ ހިންނަވަރަށް އީދު ފާހަގަކުރަން..

    37
    1
  3. ޟިނު

    ރަނގަޅު 👍👍👍👍👍

    20
    1
  4. ބިޖަންދަރް

    ސްޕޯޓްސް މިނިސްޓަރަށް ދަނޑު އެޅެނިކޮށް ނިމުނީ

    33
    3
  5. އިމާ

    ދެން ފުޓުސަލު ކުރިއަރުވަންވީ ފުޓުބޯލު ހުއްޓާލަންވީ

    20
    13
    • Anonymous

      ދެން ފަހަރަކުން ކޮލިފައިވުންވެސް ދުރު.

      5
      1
  6. ހުދުބޯ އިބްރާހީމް

    މި ވެރިކަމުގަ ކުޅުންތެރިންނަށް އަޅާލުމެއް ނޯވޭ އެހެންވީމަ ހިތްވަރު އެލިފަ ތިބެނީ

    30
    5
  7. ޞޭބެ

    ފުރަތަމަ މެޗުން ކަޑަންޖެހޭ ބައެއްތީ. ޜަނގަޅު ކުޅުމެއްނެތް ފެށިއިރުވެސް.

    29
    4
  8. ލަދު، އިސްތިއުފާ

    ޝުކުރިއްޔާ ބައްސާމް.

    12
  9. އިކުރާމު

    ސުކުރިއްޔާ ރަޢީސް

    14
    3
  10. އިބޫ

    ތިހެންމީމަ މިފަހަރު އިބޫ ހޮވޭނެ ކަން ޔަގީން ވީ ތިޔަ

    13
    4
  11. ރެފްރީ

    ގާސިމަށް ވެރިކަންލިބުނީމަ ރަނގަޅުވާނެ. އެއިރުން ރާއްޖޭގެ ގައުމީޓީމަށް މެސީކުޅޭނެ.. ހާސްކަނޑާލާ
    ޓީމު އަވަހަށްގެނޭ ދެންފަހަރަކުންވެސް ތިޔަމުބާރާތުގަކުޅެން ފުރުސަތުލިބިދާނެ.

    18
  12. ޙެހެ

    ޕޮއް

  13. ބޮކަދު

    މެޗު ބެލި އިރު ފާހަގަވީ ކުޅުތެރިންގެ ވަރަށް ބުންވަރު ދައްކަން... ފުޓު ސެލް ކުޅުމުގެ ނޭދެވޭ އަސަރު ކަމަށް ބެލެވެނީ

  14. ރާކަނި

    ފުޓްބޯޅަ ވަތްކޮށްއޮތިއްޔާ ދިވެހިންނަށްް ކުޅެންއުނދަގޫވާނެ.
    މަށަށްފެންނަނީ އެއްޗެކޭހީނުކޮށް ދެއަހަރެއްވަރު ފުޓްބޯޅަނުކުޅުވަން.

  15. ހުސޭނު

    ޗާއޯ....

  16. ޙެހެހ

    ރާއްޖެ ޓީމްގެ ކުޅުން ގޯހެއްނޫން ، ކުޅުމަށް ހަމަ ސާބަސް ، މައްސަލައަކަށް ތިފެންނަނީ ، ރާއްޖޭގެ ކުލަބުތަކުގައި އަދި ކުޅުން ތެރިންނަށްވެސް ވާދަވެރި ލީގެއް ނެތް މައްސަލަކަމަށް ފެންނަނީ ،
    ޢަދި މިފަހަރު ސަރުކާރުންވެސް މުބާރާތައް އަދި ފުޓްބޯޅައަށް މާބޮޑު ސަމާލުކަމެއް ނެތް ، ސަރުކާރު ދުވަނީ އަންނަ ދައުރަށް ވެރިކަން ހޯދަން ، ދީނެއް މިއްލަތެއް ، ޤައުމެއް ބެލުމެއްނެތް ، ކީއްކުރާނީ މިކން ބަލާނެ މުއައްސަސާއެއް ، ޖަމާއަތެއްނެތް، ދިންވަރަކަށް ކާލާގެން ، އަނެއްކާވެސް ކެވޭނެ ދިމައެއް ހޯދަމުން ދުވަނީ ، ހުރިހިތާމައެއް

    2
    3
    • ބީސީ

      ރާއްޖޭގެ ފުޓުބޯޅަ ހަމަ ދަށީ. ދުވަހެއް ދުވަހަކަށް ދަނީ ދަށަށް

  17. އަހްމަދު

    މިލިބުނު ކާމިޔާބީއާއި ފެނިފައި ފީފާގެ ރައީސް ކޮސްވާނެ! ތިޔަ ހޯއްދެވި ކާމިޔާބީއަށް ޓަކާ މަހްލޫފަށް، ބައްސާމަށް ފަށްފަށުން ޝުކުރިއްޔާ!!!

  18. ލަދުގަންނަންޖެހޭ

    މިއީ އެންނޫން ދިވެހިރާއްޖޭގެ ފެންވަރެކީ. ދެން ކޮންމެ ފަހަރަކު ކޯޗު މަތި އަޅުވާފައި އޭނަ ވަކި ކުރާނީ. ފުޓުބޯޅައަށް އެހާ ފޯރި ހުންނަ ގައުމެއްގައި މިއީ ސަޕޯޓަރުންނަށް ވެސް ލިބޭ ދެރައެއް. އެފް އޭ އެމް މިއަށް ވުރެ ޒިންމާދާރު ވާންޖެހޭ. 30 މިނެޓުވާއިރަށް ރާއްޖެ ކުޅުންތެރިން ތިބެނީ ވަރުބަލި ވެފައި މާނޭވާ ލާން. ކުޅުންތެރިންގެ ފިޓްނަސްއާއި ނިއުޓްރިޝަންއަށް އިސްކަންދީ، ގަދައަށް ޓްރެއިންކޮށްގެން ފުޓުބޯޅަ ނިކަން ކުރިއަރުވަބަލަ. މިއީ އަދި ސާފް ޗެމްޕިއަންޝިޕްގައި ވާ ވަރު.

    ÷

  19. މަސްވެރިޔާ

    ތިޔަ ޓީމު ހީވޭ މަސްވެރިކަމަށް ރަގަޅުވާނެހެން....ނެތްތަ ކުއްޔަށް ލިިބޭކަށް....