ރޭ ކުޅުނު މެޗްގައި ބުރޯޝިއާ މޮންޗެގުލެޖްބާކްގެ މަށްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައި އެއްވަނައިގައި އޮތް ބުރޫޝިއާ ޑޯޓްމަންޓްއާއި ބަޔާން އަރާ ހަމަކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ 2-1 ގެ ނަތީޖާއަކުން ޑޯޓްމަންޑް ވަނީ އޮގްސްބާގް އަތުން ބަލިވެފައެވެ. އެމެޗުން ބަލިވުމުން އޭގެ ފައިދާ ނަގައި ބަޔާން ވަނީ ޕޮއިންޓްގެ ގޮތުން ޑޯޓްމަންޑްއާއި އެއްވަރު ކޮށްފައެވެ. ދެ ޓީމްވެސް މިހާރު އޮތީ 54 ޕޮއިންޓްގައެވެ. ތާވަލުގެ އެއްވަނައިގައި ޑޯޓްމަންޑް އޮތީ ބަޔާންއަށް ތުރެ ފައިދާ 2 ގޯލްގެ ތަފާތުންނެވެ.

ގުލެޖްބާކްގެ ދަނޑު ބުރޫޝިއާ ޕާކުގައި، ރޭ ކުޅުނު މިމެޗުގެ ފުރަތަމަ 11 މިނެޓްގައި، ބަޔާނުން ވަނީ ދެ ލަނޑު ޖަހައިކުރި ހޯދާފައެވެ. ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހާވީ މާޓިނޭޒް އެވެ. ތޯމަސް މުލާ ވަނީ މެޗުގެ 11 ވަނަ މިނެޓްގައި ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި، ޑޯޓްމަންޑްއިންވ ތިން ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. އެ ލަނޑު ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީއެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ސާޖް ޖާނަބްރީ އެވެ. ފަސް ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން އެޓީމްއަށް ޖަހައި ދިނީ ލެވަންޑޮސްކީއެވެ. ގުލެޖްބާކްގެ ހަމައެކަނި ލަނޑު އެޓީމް އަށް ކާމިޔާބު ކޮއްދިނީ ލާސް ސިންޑީއެވެ. އެއީމެޗްގެ 37 ވަނަ މިނެޓުގައެވެ.

މިއީ ގުލެޖްބާކްގެ ނާއުއްމީދުގެ ދުވަސް ކޮޅެކެވެ. ރޭ ކުޅުނު މެޗަކީ އަމިއްލަ ދަނޑުގައި ގުލެޖްބާކް ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ.