ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑު ކައިރީ ހެޓްރިކް ހެދުމަށްފަހު، ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލޯ އުފާފާޅު ކުރުމަށް ޑިއޭގޯ ސިމިއޯނީއަށް މަލާމާތް ކުރި މައްސަލަ ޔޫއެފާއިން ބަލަން ފަށައިފިއެވެ.

އެތުލެޓިކޯއިން ގަދަ 16ގެ ފުރަތަމަ ލެގު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، އެ މެޗުގެ ދެވަނަ ގޯލާއެކު ސިމިއޯނީ ވަނީ ޔުވެންޓަސްއަށް މަލާމާތް ކުރުމުގެ ގޮތުން އުފާފާޅު ކޮށްފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން، ދެވަނަ ލެގުގައި ތިން ގޯލް ޖަހާ، ރޮނާލްޑޯ ވަނީ ސިމިއޯނީގެ އުފާފާޅުކުރުން ކޮޕީކޮށް، އެކަމަށް މަލާމާތް ކޮށްފައެވެ.

އެ މައްސަލަ އެތުލެޓިކޯއިން ޔޫއެފާއަށް ހުށަހެޅި އިރު، މައްސަލައިގައި ތަހުގީގު މިއަދު ވަނީ ފަށާފައެވެ. އަދި އެކަމަކީ ރޮނާލްޑޯ ކުޅިވަރުގެ ރޫހުން ބޭރުގައި ކުރި ކަމެއް ކަމަށް ބެލެވޭތީ، އެހެން އެކަން ކުރި ކަމަށް ސާބިތުކުރެވޭ ނަމަ، އޭނާއަށް ސަސްޕެންޝަން އަންނާނެ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

ޔުވެންޓަސްއިން އަޔެކްސްއާ ދެކޮޅަށް އޮތް ކުއާޓާ ފައިނަލް ދެ މެޗަށް ރޮނާލްޑޯ ސަސްޕެންޑް ވާނެ ކަމަށް ބެލެވޭ އިރު، އެ މައްސަލައިގައި ރޮނާލޯއާ މެދު ފިޔަވަޅު އަޅާނީ 21 ވަނަ ދުވަހު އޮންނަ ބައްދަލުވުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަހްމަދު

  ބަޔަކު ޖޭ ވެއްޖެ. ދެން ސިމިއޯނީ މާ ލަދުކުޑަކޮށް ވައްތަރު ޖެއްސި. އޭނަ ހަމަ ސާފު ހުދު ފޮތި ދޯ

  21
  7
 2. ޒާތީ

  ޒާތީ ވިޔަސް ބޮޑުވަރުތީ، ސިމިއޯނީ ކޮންމެވައްތަރެއް ޖެއްސިޔަސް އޯކޭ ދޯ

  17
  5
 3. ތުއްޓު

  ސިމިއޯނީ އުފާ ފާޅުކުރިގޮތަށް އެކަމައް މަލާމާތް ކުރުމައް އުފާ ފާޅުކުރުން މައްސަލަޔަކީ މިއީ ހަގީގަތް ގަބޫލު ކުރިޔަސް ނުކުރިޔަސް

 4. ބާސާ ފޭން

  ރޮނާލްޑޯ ކިތަންމެ ކުޅެން މޮޅަސް އަހްލާގު ހަމަ ސުމެއް
  މިހެން ބުނީމަ ރޮނާލްޑޯ ގެ ފޭންސް ރަތަށް އަރާން ކަން ވެސް އިނގޭ
  #ހަޖަމް ރޮނާލްޑޯ ފޭންސް

  2
  5