ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯގެ ދަރިފުޅު ވަރުގަދަ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފިއެވެ.

ރޮނާލްޑީނިއޯގެ ދަރިފުޅު ޖޮއޯ މެންޑެސް މިވަނީ 19 އަހަރު ފުރެންދެން ދެފަހަރު މަތިން ކޮޕާ ލިބަޓަޑޯސް ކާމިޔާބު ކޮށްފައިވާ ކްރުޒީރޯ އަށް ސޮއިކޮށްފައެވެ. މެންޑެސްގެ ކޮންޓްރެކްޓް ގައި ސޮއި ކޮށްފައިވަނީ ހުކުރު ދުވަހު އޭނާއާއި ޔޫތް ކްލަބްއާއި އޮތް ހައިރާން ކުރަނިވި ގުޅުމެއްގެ ސަބަބުންނެވެ.

މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަސީޒަނުގައި އޭނާ އެޓީމަށް ކުޅޭނެއެވެ.

މިދިޔަ އަހަރުން ފެށިގެން އޭނާ އަންނަނީ ކްރުޒީރޯ އަށް ކުޅެމުންނެވެ. ނަމަވެސް މިހާރު ހިޔާލު ބަދަލުވެ އޭނާ ބޭނުން ވަނީ ދިގު މުއްދަތަކަށް ބްރެޒިލްގެ ޓީމެއްގައި ހުންނާށެވެ. މިކަމަށް "ގްރާސްރޫޓްސް ފުޓްބޯލް" ގެ ޑިރެކްޓާ އަމަރިލްޑޯ ރިބީރޯ ވަނީ ތަރުހީބު ދީފައެވެ.

"މިއަދު އަހަރުމެން މި ވަނީ މެންޑެސްގެ ސޮއި ހޯދާފައި. މެންޑެސް އަކީ އިތުބާރު ކުރެވޭ އުއްމީދީ ކުޅުންތެރިއެއް. އޭނާގެ ހުނަރުން އަހަރުމެންނަށް ވަރުގަދަ ޓީމް އެއް ބިނާ ކުރެވޭނެ." ރިބީރޯ ބުންޏެވެ.

ދިގު އިސްކޮޅެއް ލިބިފައިވާ މެންޑެސް މޮޅެތި ހުނަރުތަކުން ފުރިފައިވާ ކުޅުންތެރިއެކެވެ. އޭނާ އަށް މުޅި ދަނޑުގައި ކުޅެވޭނެ އެވެ. ކުރިއަށްވެސް މެދުތެރެއަށް ވެސް ކުޅެވޭނެ ކަމަށް ރިބީރޯ އިތުރަށް ބުނެފައިވެއެވެ.

މެންޑެސްގެ ސޮއި އަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދި ކަމިޔާބީއަކުން ނިންމާފައިވާ ކަމަކެވެ. އޭނާގެ ބައްޕަގެ އެއްވެސް ކަހަލަ މަސައްކަތެއް މިކަމާއި ގުޅިފައެއް ނުވެއެވެ.

މެންޑެސް ބުނެފައިވަނީ އެޓީމަކީ އޭނަގެ ހުވަފެނީ ޓީމެއް ކަމަށާއި އެ ޓީމް ވަނީ އޭނާގެ މުސްތަގްބަލުގައި އުޖާލާ ވާން ފުރުސަތު ދީފައި ކަމަށެވެ.