އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއިން ޗެލްސީ ބަލިކޮށް، ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ޕްރެޝަރު ބޮޑު ކޮށްފިއެވެ.

ލިވަޕޫލްއާއި ސިޓީއޮތީ އެއް ޕޮއިންޓްގެ ފަރަގަކުން ލިވަޕޫލް ކުރީގައެވެ. ރޭގެ މެޗައްފަހު މި ފަރަގު ވަނީ ބޮޑުވެފައެވެ. ލިވަޕޫލްއިން ޗެލްސީ ބަލިކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. 34 މެޗުން 85 ޕޮއިންޓް ހޯދައި ލިވަޕޫލް އެއްވަނައިގައި އޮތް އިރު، 33 މެޗުން 85 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތީ ދެވަނައިގައެވެ. ލީގުގައި ބާކީ ލިވަޕޫލްއަށް 4 މެޗު އޮތް އިރު، ތަށީގެ ރޭސް ވަނީ ފޯރިގަދަވެފައެވެ.

މެޗްގެ ދެވަނަހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ހެންޑާސަން ފޯރުކޮއްދިން ބޯޅައަކުން މާނޭ ވާނީ ލިވަޕޫލްއަށް ގޯލެއް ޖަހައި ލީޑު ނަގާދީފައެވެ. ދެވަނަ ގޯލް އެޓީމަށް ޖަހާފީފައި ވަނީ އުއްމީދީ ފޯވާޑް ސަލާހްއެވެ. އެއީ މެޗްގެ 53 ވަނަ މިނެޓްގައީ ޕެނެލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.

2012 ގެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލަށް ޗެލްސީ ބަލިކުރެވިފައެއް ނުވެއެވެ. ނަމަވެސް ރޭގެ މެޗަށް ލިވަޕޫލް ނިކުތީ މިކަންތަށް ނިމުމަކަށް ގެނުއުމުގެ އުއްމީދުގައި ތައްޔާރުވެގެންނެވެ. ލިވަޕޫލް އިން ފުރަތަމަ ގޯލް ޖަހާފައިވަނީ ޗެލްސީގެ ފޯވާޑް އެޑެން ހަޒާޑް ފޮނުވި ބޯޅަ އެއް ގޯލްގެ ދަނޑީގައި ޖެހި ބޭރުވުމުގެ ފަހުންނެވެ. ކީޕަރު އަލިސަން ވެސް ވަނީ ގިނަ ބޯޅަތަކެއް ދިފާއުކޮއްދީފައެވެ.

ލިވަޕޫލް ދެން މެޗެއް ކުޅެން ހަމަޖެހިފައިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޕޯޓޯ އާއި ދެކޮޅަށެވެ.