1986 ވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދައިދިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި އާޖެންޓީނާގެ ކުރީގެ ލެޖެންޑް ޑިއެގޯ މެރެޑޯނާގެ ވަރުގަދަ މެސެޖެއް އާޖެންޓީނާގެ މިހާރުގެ ކެޕްޓަން ލިއޮނަލް މެސީއަށް އަމާޒުކޮށްފިއެވެ.

އާޖެންޓީނާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި މެރެޑޯނާ ބުނެފައިވަނީ މެސީއަކީ އެއްވެސް ކަމެއް ސާބިތުކޮށްދޭން ޖެހޭ ވަރަށް ވުރެ މޮޅު ކުޅުންތެރިއެއް ކަމަށާއި މެސީ ހަމަ އެކަނި ކުރަން ޖެހޭނެ ކަމަކީ މެޗުގައި ތަފާތުދެއްކުން ކަމުގައެވެ.

"މެސީއަކީ ކުލަބު ފެންވަރުގައިވެސް ހުރިހާ ކާމިޔާބީއެއް ހޯދައިފައި ހުރި މޮޅު ކުޅުންތެރިއެއް. ފުޓްބޯޅައިގައި މެސީ އަކީ އެއްވެސް ކަމެއް ސާބިތުކޮށްދޭން ޖެހޭ ވަރުގެ ކުޅުންތެރިއެއްކަމުގައި އަހަރެން ނުދެކެން. އެއަށްވުރެއް މޮޅު ކުޅުންތެރިއެއް މެސީއަކީ. މެސީ ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ މެޗުގައި މިހާރެކޭވެސް އެއްފަދައިން ތަފާތު ދެއްކުން" މެރެޑޯނާ ބުންޏެވެ.

އަދި މާޒީގައި ކަންތައް ވި ގޮތުން ދެރަނުވުމަށާއި މީހުން ކިޔާފާނެ އެއްޗަކަށް ނުވިސްނާ އުންމީދުތައް ފުރިހަމަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްވެސް މެރެޑޯނާ ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި މިއަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބުކުރާނެ ކަމަށް އުންމީދުކުރާ ކަމުގައި ބުނަމުން މެރެޑޯނާ ބުނީ މިފަހަރުގެ ވޯލްޑްކަޕްގެ އޭނާގެ ފޭވަރިޓަކީ އާޖެންޓީނާ ނޫން ކަމުގައެވެ.

" އަހަރެން އުންމީދު ކުރަން އާޖެންޓީނާއިން މިފަހަރުގެ ވޯލްޑްކަޕްގެ ތަށި އުފުލާލާނެ ކަމަށް. މެސީއާއި އެކު އާޖެންޓީނާއަށް އެކަން ކުރެވިދާނެ. އެހެންނަމަވެސް އަހަރެންގެ މިއަހަރުގެ ފޭވަރިޓަކީ އާޖެންޓީނާއެއް ނޫން" އުމުރުން 51 އަހަރުގެ މެރެޑޯނާ ބުނެފައިވެއެވެ.

އަދި މެސީއާއި އޭނާ އަޅާ ނުކިޔޭނެ ކަމަށާއި މެސީއަކީ އޭނާއަށް ވުރެއް އެތައް ގޮތަކުން މޮޅު ކުޅުންތެރިއެއް ކަމަށް މެރެޑޯނާ ވަނީ އިއުތިރާފް ވެފައެވެ. ނަމަވެސް 2014 ގެ ވޯލްޑްކަޕްގެ ފައިނަލްގައި ޖަރުމަން އަތުން 1-0 ބަލިވެ ވޯލްޑްކަޕް ނާކާމިޔާބު ވުމުން މެރެޑޯނާ ވަނީ މެސީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރޭ

    ވަރަށް ވަރުގަދަ މެސެ ޖެކޭ ލިޔުނިމަ ހީވަނީ ވަރަށް ދެރަ ބަހެއް ބުނިހެން.އެކަމަކު މަރަދޯނާ މެސީއަށް ތައުރީފު ކޮށް ފަ އެވަނީ.