އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ އޭލިއަން އެއް ކަމަށާއި، އޭނާ ހިފެހެއްޓުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ބްރެޒިލްގެ ކޯޗު ޓިޓޭ ބުނެފިއެވެ.

ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި ރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅެ، ބްރެޒިލުން މެޗު ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި އާޖެންޓީނާގެ ތަރި، އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ފެނުނީ ދަށް ކޮށެވެެ. މުޅި މުބާރާތުގައިވެސް އޭނާ ދަށްކޮށް ފެނުނު އިރު، ރޭގެ މެޗާއެކު މެސީ ފެނުނީ މާޔޫސްކަން އިތުރުވެފައި ވަނިކޮށެވެ.

ބްރެޒިލުން މެސީ ހިފެހެއްޓުމުގައި މޮޅަށް ޑިފެންސް ރާވާލާފައިވާ އިރު، ކޯޗު ޓިޓޭ ބުނެފައި ވަނީ މެސީއަކީ އޭލިއަންއެއް ކަމަށާއި، ރޭގެ މެޗުގައި ހިފެހެއްޓުނީ އޭލިއަން އެއް ކަމަށެވެ.

"މެސީއަކީ އޭލިއަންއެއް. އޭނާއަކީ އެންމެ ތަފާތު ކުޅުންތެރިޔާ. އަހަރެން ވާހަކަ ދެއްކިން އާޖެންޓީނާ ކޯޗާވެސް. ހަގީގަތުގައި އަހަރެންގެ މުޅި ޓީމު ބައްޓަން ކުރަން ޖެހުނީ މެސީއަށް. މެސީއަށްޓަކައި އަހަންނަށް ޖެހުނު މުޅި ޓީމު ބަދަލުކުރަން. ހާއްސަކޮށް ފިރްމީނޯ ފަހަތަށް ޖައްސާލާ މެދު އެއްކޮށް ބްލޮކް ކުރުމުން އަހަރުމެން ކުޅުންތެރިންގެ ބާރު ސްޕީޑުގެ ސަބަބުން ފައިދާވީ،" ޓިޓޭ ބުންޏެވެ.

ބްރެޒިލުން އެޓީމުގެ ހަލުވި އެޓޭކްގެ ބޭނުން ރޭގެ މެޗުގައި ހިފި އިރު، އާޖެންޓީނާއަށް އަނެއްކާވެސް ބޮޑު މުބާރާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީއެވެ. ހާއްސަކޮށް މެސީއަށް ގައުމީ ޓީމާއެކު އަނެއްކާވެސް ނާކާމިޔާބީއަ ކުރިމަތިވީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފީވަކު

    ކަލޯ ފީވަކޭ ޓީވީ ރަނގަޅު ކުރަން އާދޭ!!!!!!!

  2. ޅޮލް

    ކޮބާ ލުތުފީގެ ހަބަރެއް ނެތްތޭ؟

    4
    1
    • ޖެބްސް

      ލުތުފީ އެބައުޅޭ ވިހައިގެން.

      • ހުސޭނުބޭ

        އަނެއްކާ ކާކަށްތަ؟ ބުއްޅަބެއަށްތަ؟