ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކޮށްފިއެވެ.

މާއްޓޭއަކީ ރާއްޖޭގެ ފުޓުބޯޅައިގެ މައިދާނުގައި ފާހަގަކޮށްލެވޭ، ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމްވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވި މާއްޓޭއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗުވެސް މެއެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުއްވާ، އެއަށްފަހު އެ ކްލަބުގެ ކޯޗުގެ ގޮތުގައިވެސް މާއްޓޭ ވަނީ ހާއްސަ ކާމިޔާބީތަކެއް ތަކުރާރު ކުރައްވާފައެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްކަން ވެސް ކުރިން ކުރި މާއްޓޭ ވަނީ ސްޕޯޓްސް މެނޭޖްމެންޓް އަދި ސްޕޯޓްސް މާކެޓިންއިން ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން މާސްޓާސް ހާސިލު ކޮށްފައެވެ. ދާދިފަހުން ވިކްޓަރީ އަނދަވަޅަކަށް ވެއްޓިގެން ދިޔުމުން، އެ ކްލަބު އަލުން ނަގާ ކޮޅަށް ޖެހުމުގެ ވިސްނުމުގައި ވިކްޓާރީގެ ހިންގެވުމަށްވެސް މާއްޓޭ ވަޑައިގެންނެވި އިރު، އެންމެފަހުން އޭނާ ހުންނެވީ ކްލަބުގެ ވައިސް ޗެއާމަންގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫރުލްޢާލަމް

    މަވެސް ވަރަށް އުންމީދާއެކު ރަނގަޅު ބަދަލަކަށް އެދިގެން ވޯޓްދިން ސަރުކާރެއްމީ. ނަމަވެސް މިވީ ކުޑަދުވަސްކޮޅު ތެރޭ ހަމަ ފޫހިވާހާކަންތައް އެބަފެނޭ.. މި މާއްޓޭއަކީ ވެސް ރިކުރޫޓިން އެޖެންޓުން އަތުން އެންމެގިނަ ފައިސާ ހޯދި މީހުންގެ ތެރޭން މީހެއްކަމަށް އެޒަމާނުގަ ވަރަށް މުޢުތަބަރުކޮށް ހަބަރު ލިބުނު މީހެއް.. މިހަރު ރައްޖެއަށް ވިސާނެތި ހަވާލުވާނެ މީހެއްނެތި އައިސްމި އޮތްހާ މީހުންގެ ފެށުމަކީ މާއްޓޭމެން.. ފައިސާގެ ބޭނުމުގައި މިހާލަތަށް ގަވްމު ވައްޓާލި މީހުންނަކީ ހަމަ ޚާއިނުންގެ ލިސްޓަށް ލާންޖެހޭމީހުން.. މިކަންކަން ބަލަންޖެހެ..