2011 ވަނަ އަހަރަށްފަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯޖީ)ގެ އަންހެން ބެޑްމިންޓަން އިވެންޓްގައި މޮރިޝަސް ބަލިކުރި ފުރަތަމަ ގައުމަކަށް ދިވެހި ރާއްޖެ ވެއްޖެއެވެ.

މޮރިޝަސްއަކީ ވޭތުވެދިޔަ ދެފަހަރުވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ރަން މެޑަލް ހޯދި ޓީމެވެ. މޮރިޝަސް އަތުން ރާއްޖޭގެ ބެޑްމިންޓަން ޓީމު މޮޅުވީ 3-2 އިންނެވެ.

ރާއްޖޭން ކާމިޔާބުކުރި ގޭމްތަކަކީ ފާތިމަތު ނަބާހާއާއި ނީލާ ނަޖީބުގެ ސިންގަލްސް މެޗާއި، ނަބާހާއާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޑަބަލްސް މެޗުންނެވެ.

އަންހެން ޓީމު އިވެންޓުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުން ވަނީ ރީޔޫނިއަން އަތުން ސީދާ ފަސް ގޭމުން ބަލިވެފައިވާ އިރު، ރާއްޖޭގެ ފިރިހެން ޓީމު ވަނީ އިއްޔެ ކުޅުނު ފުރަތަމަ މެޗުން 4-1 ގޭމުން ބަލިވެފައެވެ. ފިިރިހެން ޓީމު ކުޅުނު ދެ ވަނަ މެޗުން ވަނީ މޮރިޝަސް އަތުން 4-1 އިން ބަލިވެފައެވެ.

އެންމެ ފަހުން 2015 ވަނަ އަހަރުގެ އައިއޯއައިޖީގެ ޓީމު އިވެންޓުގައި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ.