ފީފާއިން ހޮވާ "ދަ ބެސްޓް" އެވޯޑުގެ، އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ 10 ކުޅުންތެރިންގެ ނަންތައް އިއުލާން ކޮށްފިއެވެ.
މިއަދު އިއުލާންކުރި ލިސްޓްގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ބަލާލާއިރު، ޔުވެންޓަސް އަދި ޕޯޗުގީޒްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ، ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީވެސް ހިމެނެއެވެ. ޕޯޗުގަލްއާއެކު ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށް، ޔުވެންޓަސްއާއެކު އިޓަލީގެ ލީގު އުފުލާލި ރޮނާލްޑޯ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާއިރު، ބާސެލޯނާއާއެކު ވޭތުވެދިޔަ ސީޒަންގައި ލީގާއި ކަޕްވެސް ނެގި މެސީ ވަނީ ފަސް ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލް ކޮށްފައެވެ.
ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ފަހުރުވެރި ތަށި އުފުލާލިއިރު، އެޓީމުގެ ވަރުގަދަ ޑިފެންޑަރު ވާޖިލް ވެންޑައިކާއި މުހައްމަދު ސަލާހް އަދި ސަޑިއޯ މާނޭވެސް ވަނީ އެވޯޑްގެ ގަދަ 10 އަކަށް ނޮމިނޭޓް ވެފައެވެ. މި ސީޒަންގައި ރެއާލްއަށް ބަދަލުވި އެޑެން ހަޒާޑާއި، ޓޮޓެންހަމްއާއެކު ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު، ޓީމުގެ ކެޕްޓަން ހެރީ ކޭންސްވެސް އެވޯޑަށް ނޮމިނޭޓް ވެފައިވާއިރު، ޕީއެސްޖީ އަދި ފްރާންސްގެ ޒުވާން ފޯވަޑް ކިލިއަން އެމްބާޕޭވެސް ވަނީ ލިސްޓްގައި ހިމެނިފައެވެ.
އަޔެކްސްއަށް މޮޅު ކުޅުމެއް ދެއްކުމަށްފަހު ބާސާއަށް ބަދަލުވި ފްރޭންކް ޑިޔޮންގްވެސް ގަދަ 10އެއްގައި ހިމެނިފައިވާއިރު، އަޔެކްސްގެ ޓީމުގެ ލީޑަރެއްގެ ގޮތުގައި ފެނިގެންދިޔަ، މިހާރު ޔުވެންޓަސްގެ ޑިފެންޑަރު މަތިއޭސް ޑެލިޓްވެސް ލިސްޓްގައި ހިމެނެއެވެ.
ލިސްޓްގެ ފައިނަލް ވޯޓިންނަށް ލިސްޓް ފީފާއިން ދެން ކުޑަކުރާނީ ތިން ކުޅުންތެރިންނަށެވެ. އެ ކުޅުންތެރިންގެ ތެރެއިން ތެރެއިން އެންމެ މޮޅުކުޅުންތެރިޔަކު ހޮވުމަށް ވޯޓުލާނީ ސަޕޯޓަރުންގެ އިތުރުން ގައުމީ ޓީމުތަކުގެ ކޯޗުންނާ ކެޕްޓަނުން އަދި ނޫސްވެރިންނެވެ. ފީފާގެ "ދަ ބެސްޓް" އެވޯޑު ހަފްލާ އޮންނާނީ ސެޕްޓެންބަރު 23 ވަނަ ދުވަހު މިލާންގައެވެ.
ވެންޑައިކައް ހައްގު
ބުރެޒިލް ގެ ކީޕަރަށް ހައްގީ
މަށައް ހައްގީ??