އޭސިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ފިރިހެން ވޮލީ ޓީމް އެކުލަވާލައިފިއެވެ.

ރޭ ޔޫތު ސެންޓަރ ސެމިނާ ރޫމްގައި ބެއްވި ހަފްލާގައި ޓީމްގެ ކުޅުންތެރިންގެ ނަންތަށް އިއުލާން ކޮށް ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފައިވެއެވެ. މިގޮތުން ކެޕްޓަނަށާއި ވައިސް ކެޕްޓަނަށް ޖާޒީ ހަވާލުކޮށްދެއްވީ އެ ހަފްލާގެ ޝަރަފްވެރި މެހެމާން އިބްރާހިމް އިސްމާއިލްއެވެ.

އޭސިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ވޮލީ ޓީމް - ފޮޓޯ: ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އޭސިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ޓީމްގައި ހިމެނިފައިވާ ކުޅުންތެރިންނަކީ ވިޝާމް ހުސެއިން، ނިލާމް ހަސަން، ނަސީމް އާދަމް، އަހުމަދު އަނިލް ނަސީރު، މައުރޫފް އަލީ، ހުޒާމް އަލީ، މިމްރާހް މުޙައްމަދު، ޝިމާއު އަހުމަދު، މުޙައްމަދު މިމްރާހް ހަސަން، އަބްދުލް ކަރީމް، ޝުއައިބް އަބްދުލް ލަތީފް، ފައިރޫޒް އާދަމް، ނައީމް މުޙައްމަދު އަދި ޖަވަމް އަލީ އެވެ.

މި ޓީމްގެ ކެޕްޓަންގެ ގޮތުގައި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހަމަޖައްސާފައިވާއިރު ވައިސް ކެޕްޓަންގެ ގޮތުގައި ހަމަޖައްސާފައިވަނީ ހުޒާމް އަލީ އެވެ.

އޭސިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ވޮލީ ޓީމްގެ ކެޕްޓަނާއި ވައިސް ކެޕްޓަން - ފޮޓޯ: ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވޮލީ ބޯލް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ބުނީ މިމަހު 21 ގައި ފެށުމަށް ހަމަޖެހިފައިވާ އޭސިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ކުރިން ފަރިތަކުރުން ތަކުގައި ބައިވެރިވުމަށް ޓީމްވަނީ ބެންކޮކަށާއި ބަންގްލަދޭސްއަށް ފުރުމަށް ހަމަޖެހިފައެވެ. އެގޮތުން މިމަހުގެ 7 ވަނަ ދުވަހު ޓީމް ބެންކޮކަށް ފުރަން ހަމަޖެހިފައިވާއިރު ބަންގުލަދޭސްއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 19 ގައެވެ.