ރޭ ސޯޝަން ސެންޓަރގެ އެތެރޭ ހޯލުގައި ކުޅުނު އޮފީސް, ކުންފުނި ތަކުގެ ވޮލީ މުބާރާތުގެ ފައިނަލް މެޗު އާބަންކޯއިން ސިދާ ތިން ސެޓުން ކާމިޔާބު ކޮށްފިއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ފައިނަލް މެޗު އާބަންކޯއިން ކާމިޔާބުކުރީ 25-21، 25-21 އަދި 25-16 އިންނެވެ.

"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް"

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާބަންކޯ އިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި އޮފީސް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ފަހު، ސެމީ ފައިނަލާއި ފައިނަލް ކުޅުނީ ސޯޝަލް އިންޑޯގަ އެވެ. އިންޑޯ އަށް ބަދަލުކުރީ ވިއްސާރައިގެ ސަބަބުން ސެމީ މެޗުތައް ފަސްކުރަން ޖެހުމުންނެވެ.

"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް"

ވެމްކޯގެ ދެ އެޓޭކަރުން ކަމަށްވާ އަލީ ހުޒާމް (ހުޒަންޓެ) އާއި އިންޑިއާގެ ވިނީތު ކުމާރަށް ރޭގެ ފައިނަލުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ. ފުރަތަމަ ދެ ސެޓުގައި ކޮންމެ ވެސް ވަރަކަށް ވެމްކޯ އިން ކުޅެވޭތޯ ބެލި ނަމަވެސް ތިން ވަނަ ސެޓު ދިޔައީ ފަރަގު ބޮޑުކޮށެވެ.

އާބަންކޯ އިން ރޭގެ ފައިނަލް މެޗުން މޮޅުވިއިރު، އެންމެ ބޮޑު ތަފާތެއް ދެއްކީ ޓީމުގެ ސެޓަރު އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އެވެ. ބަޓިސްގެ ސެޓިންތަކުގެ ފައިދާނަގައި، އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ސްރީ ލަންކާ ކުޅުންތެރިޔާ ލަސިންދު ވަނީ ބާރު ބޯޅަތަކެއް ފޮނުވާލައިފައެވެ. އާބަންކޯ ޓީމުގެ އާދަމް ފައިރޫޒްގެ ފަރާތުން ވެސް ފައިނަލްގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެ ޓީމުން ވަނީ ކޮންޓްރޯލް ގެއްލުނަނުދީ މޮޅު ކުޅުމެއް ދައްކައިފައެވެ.

"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް"

ބާރާތުގެ މޮޅު ކުޅުންތެރިއަކީ އާބަންކޯގެ ކުޑަކާއްޓެ އެވެ. އެންމެ މޮޅު ކޯޗަކީ އާބަންކޯގެ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް އާބަންކޯގެ ލަސިންދު ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކީ އާބަންކޯގެ އަހުމަދު މުޒުލިފް އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، އާބަންކޯގެ ފައިރޫޒް އާއި ބަޓިސް، ވެމްކޯގެ ހުޒަންޓެ އާއި ހުސެއިން ޔޫސުފް (ޓޯއި) އަދި އެމްއެންޑީއެފްގެ އާދަމް ނަސީމް (އެޑަމް) އާއި ހުސެއިން ރައްޒާން އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜައްޔިތުމީހާ

    ރަންގަޅުގޮތަކީ އާބަންކޯއިން ހެދި ގަވާއިދެއްގެދަށުން ކުޅުނު އޮފީސް ވޮލީބޯޅަމުބާރާތުގެތަށި އާބަންކޯއިން ނަގައި