ދިވެހިރާއްޖޭގެ އަންހެން ވޮލީޓީމް މިރޭ ވަރުގަދައަށް ހިތްވަރު ކުރި ނަމަވެސް އެންމެފަހުވަގުތު ސިންގަޕޫރު އަތުން ބަލިވެ، ޗެމްޕިއަންކަން ހޯދަން ކުރި އުއްމީދު ގެއްލިއްޖެއެވެ.

ހަތަރު ގައުމަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި އަންހެން ވޮލީޓީމް ފައިނަލްގައި ސިންގަޕޫރު އަތުން ބަލިވީ ތިން ސެޓް ދެސެޓުންނެވެ.

ސިންގަޕޫރުން ދެ ސެޓް ހޯދާފައި ވަނިކޮށް ރާއްޖެ އިން ދެވަނަ ސެޓް ހޯދައި، ތިން ވަނަ ސެޓަކަށް ކުޅުން އިތުރު ކުރިއެވެ. ތިންވަނަ ސެޓްގައި ސިންގަޕޫރުން ފުރަތަމަ ހަތަރު ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ދިވެހި ކުޅުންތެރިން ކަށިން ހިތްވަރުނެރެ، ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް އެންމެ ފަހުވަގުތު ސިންގަޕޫރުން ވަނީ އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ސިންގަޕޫރުން ފަހު ސެޓް ގެންދިޔައީ 15-11 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެފައެވެ. ފުރަތަމަ ސެޓުގެ މެދާ ހަަމައަށް ދިޔައިރު ވެސް، ލީޑު ކުރަމުން ދިޔައީ ރާއްޖެއިންނެވެ. ނަމަވެސް ސިންގަޕޫރުން ވަނީ ސެޓުގެ ވަކި ހިސާބަކުން ނަތީޖާ ހަމަހަމަކޮށް، ލީޑު ނަގާފައެވެ. މި ސެޓުގައި ނެގި ލީޑާއެކު ސިންގަޕޫރުން ވަނީ ލީޑުގައި އޮވެ ސެޓު ނިންމާލާފައެވެ. އެ ޓީމުން ފުރަތަމަ ސެެޓު ކާމިޔާބުކުރީ 25-18 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ފަހުން ދިވެހި ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ ސިންގަޕޫރުން ނެގިއެވެ. ސިންގަޕޫރުން 25-22 އިން ދެވަނަ ސެޓު ކާމިޔާބުކުރީވެސް ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގައެވެ.

ތިންވަނަ ސެޓު ސިންގަޕޫރުން ފެށީ ވަރުގަދަކޮށެވެ. ރާއްޖެއަށް ވަނީ މި ސެޓުގެ ކުރީ ކޮޅުގައި ގިނަ ގޯސްތަކެއް ހެދިފައެވެ. ނަމަވެސް ފަހުން ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ލީޑު ފުޅާވެސް ކޮށްފައެވެ. ރާއްޖެއިން ތިންވަނަ ސެޓު ކާމިޔާބުކުރީ 19-25ންނެވެ.

ހަތަރުވަނަ ސެޓު ފަށައިގެން ރާއްޖެއަށް ކުދިކުދި ގޯސްތަކެއް ހެދުނު ނަމަވެސް ކުޅުން ރަނގަޅުކޮށް ރާއްޖެއިން މުހިންމު ބޯޅަތަކަށް މަސައްކަތްކޮށް، ލީޑު ފުޅާކުރަމުން ދިޔައިރު، ސިންގަޕޫރު ޓީމު ވަނީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފައެވެ. ރާއްޖެއިން 14-20 އަށް ލީޑު ފުޅާކުރީ މާޖިދާގެ ސާވިސްތަކުންނެވެ. ރާއްޖެއިން އެ ލީޑު ހިފަހައްޓައި ރާއްޖެއިން ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 19-25 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގާރީ

    އަސްލު ޗޯރަށް ޖެހިފައި އޮތް ސިހުރު ޓީމަށް ވެސް ޖެހުނީ

    7
    2
  2. ޕޮގުބާ

    ސިހުރު ޖެހުނީ ހެދި މީހުންނަށް

    2
    2
  3. ހުވަދޫ އަލިބެއްޔާ

    މާ ފޮނި ބޮޑުވީމާ ބަލިވީ.. ރަނގަޅަށް ވި ކަމެއް..

  4. އަހްމަދު

    ރޭގެ މެޗުން ރާއްޖެބަލިވީ ކޮމެންޓޭޓަރަކަށްއިން މީހެއްގެ އަނގަވިހަޖެހިގެން. އަބަދުވެސް ދެއްކީ ރާއްޖޭގެ ކުޅުންތެރިންގެ މޮޅުވާހަކަ. ރާއްޖެއަށް ޕޮއިންޓެއް ލިބޭއިރަށް އަޑުގެކޮޅަށް ފޮނިބަސްތައްބުނޭ. ސިންގަޕޯރ ކުޅުންތެރިން ޕޮއިންޓެއްހޯދިއަސް އަނގައަކުން ނުބުނޭ. ބަސްހުއްޓޭ. އަހަރެންވެސް ރާއްޖެމޮޅުވަން ބޭނުން. އެކަމަކު ރޭގައި އޭނާގެ ވާހަކަތައް ހުރިގޮތުން ކައިރީ ތިބި މީހުންކައިރީ މަބުނީން މީނާގެ މިހިރަ ފޮނިބޮޑުކަމުން މިރޭ ރާއްޖެ ދެރަވާނޭ. އެގޮތަށް މިދިމާވީ.

  5. އިބްރާ

    އެތަނަށް ކީއްކުރަން ދިޔައީ ބަދުނަސީބު މީހަކު ދިޔައީމާ ވީ ގޮތް