ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ އިން ވަރުގަދަ ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗު ފަށަން އެއް ދުވަހަށް ވެފައިވާއިރު އިދިކޮޅަށް ނުކުންނަ ޗައިނާގެ މީޑިއާތަކުގެ ސަމާލުކަން ހުރީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަދި ދޮޅު އަހަރު ވަންދެން ޓީމުން ބޭރުގައި ހުރުމަށްފަހު ދާދިފަހުން ޓީމާއި ގުޅުނު އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އަށެވެ.

ޗައިނާގެ ބޮޑެތި މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން މިހުރިހާ ދުވަހު ޓީމުން ބޭރުކޮށްފައި ހުރުމަށްފަހު ޗައިނާ މެޗުގައި ދަގަނޑޭ ޓީމަށް ނަގާފައިވުމުން ޗައިނާ މެޗަށް ދިވެހި ޓީމް ތައްޔާރުވަމުން އަންނަ މިންވަރު ހާމަވެގެންދާ ކަމަށެވެ. އެގައުމުގެ މީޑިއާތަކުން މެޗާއި ދިމާކޮށް ދަގަނޑޭއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން އަންނަ އިރު ދަގަނޑޭގެ ކެރިއަރުގައި އޭނާ ހޯދާފައިވާ އެކިއެކި ކާމިޔާބީތަައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދަގަނޑޭއަކީ ސަރަހައްދުގައި އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިއާ ކަމަށާއި ސައުތު އޭޝިއާ ސަރަހައްދުގައި ކޮއްޓުމާއި ނެއްޓުމުގައި އެ ފެންވަރުގެ ކުޅުންތެރިއަކު ނެތްކަމަށް ބުނެ ދަގަނޑޭ އަށް ތައުރީފް އޮއްސާލާފައިވެ އެވެ.

ދަގަނޑޭ އަކީ ކޮންމެ ވަގުތެއްގައިވެސް އިދިކޮޅު ޓީމަށް ނުރައްކާ ކުރެވޭ ފެންވަރު ހުރި ކުޅުންތެރިއެއްގެ ގޮތުގައި ޗައިނާގެ މީޑިއާތަކުން ފާހަގަކުރާއިރު ދަގަނޑޭގެ ކުޅުން ޗައިނާގެ ޓީމުން ވަރަށް ގާތުން ބަލާފައިވާ ކަމަށާއި އެ ޓީމު އޮތީ އޭނާ ޓީމުގައި ހިމަނައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވެގެން ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވެއެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަން އާއި ދިމާކޮށް ކުރީގެ ގައުމީ ކެޕްޓަން ދަގަނޑޭ އަށް ސަމާލުކަން ދެމުން އަންނަނީ ހަމައެކަނި ޗައިނާ މީޑިއާ އިން އެކަންޏެއް ނޫނެވެ. މިދިޔަ އަހަރުގެ ބޫޓާނާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލައިގައި ކޯޗު ސެގާޓް ދަގަނޑޭ ޓީމުން ބޭރު ކުރިފަހުން އެކި ސިފަ ސިފައިގައި ދަގަނޑޭގެ ވާހަކަތައް މީޑިއާގައި ދެކެވުނެވެ. އޭގެ ފަހުން އަނެއްކާވެސް މީޑިއާގެ ސަމާލުކަން އޭނާ އަށް ލިބުނީ ޗައިނާ މެޗަށް އަލުން 34 އަހަރުގެ ކުޅުންތެރިއާ އަށް ޓީމުން ފުރުސަތު ދިނުމުންނެވެ.

ދޮޅު އަހަރު ވަންދެން ގައުމީ ޖާޒީގައި ފެނިފައި ނެތަސް ބޭރު ގައުމުތަކުން އަދިވެސް އެންމެ ޖެހިލުންވާ ދިވެހި ކުޅުންތެރިއަކީ ދަގަނޑޭއެވެ. ދިވެހި ސަޕޯޓަރުންގެ އެންމެ ބޮޑު އުއްމީދަކީ ވީހާވެސް އަވަސް މުސްތަގްބަލެއްގައި އަނެއްކާވެސް ދިވެހިންގެ އެންމެ މަގްބޫލު ކުޅުންތެރިއާ ދިވެހި ރަތް ޖާޒީގައި ފެނިގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނަފުރަތު

  ސަރޮގޭޓް ބެއްޔާވެސް އެންމެ ޖެހިލުންވެ ޖެލަސް ވަނީ ދަގޭއަށް..! ބޭގަނޑަށް ހަލާކުހުރި..!

  25
  5
  • ޟުޖެއިން

   ބނަސްސާނަށް ވެސް

   7
   1
 2. ރައްޔިތު

  ދިވެހިންގެ ހީރޯ..! ވި ލަވްޔޫ ދަގޭ

  15
  3
 3. ޖޯލި

  ޗައިނާ މީހުން ވަރުވެސް އަހަރެމެންގެ ކޯޗު ނުވީމަ ދެރަވަރު.

  13
  2
 4. ކއނ

  ޗައިނަގެ ކޮން ނިއުސް އެއްގައި އޮތީ

  6
  1
 5. ހުސޭނުބޭ

  އެކަމަކު ރާއްޖޭގެ ކޯޗު އުޅޭނީ ދަނގަޑޭއާ އަޅައިގަނެގެން ނެއްޓެން ނޭގެގެން!

  6
  1
 6. ހުސެން

  އެހެން މީހުންނަށް ތިކަން އިނގޭއިރު ކޯޗަކަށް ތިހިރަ ބުރާންޗަށް ތިވަރު ނޭގެނީތަ؟