ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އަމިއްލަ ދަނޑުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ދިވެހި ޓީމު ނުކުންނާނީ ސަޕްރައިޒިންގް ނަތީޖާއަކަށް އުއްމީދުކޮށްގެން ކަމަށާއި ދަނގަޑޭގެ އެނބުރި އައުމާގެ މުޅި ޓީމް މޯޓިވޭޓް ވެއްޖެ ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ބުނެފި އެވެ.

ފަހަކަށް އައިސް ގައުމީ ޖާޒީގައި މޮޅަށް ކުޅެމުން އަންނަ ނިހާޓަށް މިދިޔަ ބުރާސްފަތި ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް ކައިރިން މޮޅުވި މެޗުގައި ނުކުޅެވުނެވެ. ޓީމާއެކު ނިހާޓް ލަންކާގައި ކޭމްޕްވެސް ކުރި އިރު ފަހުވަގުތު ވިސާ ހަމަނުޖެހުމުގެ ސަބަބުން މެޗުގައި ބައިވެރިނުވެވި އެނބުރި ގައުމަށް އައީ އެވެ. ނިހާޓްގެ އިތުރުން ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް ވެސް ވިސާ ނުލިބޭތީ އެ މެޗުގައި ނުކުޅެވުނެވެ.

އިއްޔެ އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"ޗައިނާ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެކަން އަހަރެމެން ވެސް ގަބޫލުކުރަން. އެކަމަކު އަހަރެމެންގެ ދަނޑުގައި ސަޕްރައިޒިން ރިޒަލްޓެއް ނެރެވިދާނެ ކަމަށް ޓީމުގެ އެންމެންވެސް އުއްމީދުކުރަނީ. ޓީމުގެ ކުޅުންތެރިންގެ ތިބީ ވަރަށް ރަނގަޅު ރޫހެއްގައި. ދަނގަޑޭގެ އެނބުރި އައުން ވެގެންދިޔައީ ޓީމް އިތުރަށް މޯޓިވޭޓްވެގެންދިޔަ ކަމަކަށް. ޗައިނާ އަތުން ސަޕްރައިޒިންގެ ރެޒަލްޓެއް ބޭނުން ނަމަ އެންމެން އެއް ރޫޙެއްގައި ތިބުމަކީ ފަސޭހަ އެއް،" ޗައިނާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ނިހާޓް ބުންޏެވެ.

"ޗައިނާ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެކަން އަހަރެމެން ވެސް ގަބޫލުކުރަން. އެކަމަކު އަހަރެމެންގެ ދަނޑުގައި ސަޕްރައިޒިން ރިޒަލްޓެއް ނެރެވިދާނެ ކަމަށް ޓީމުގެ އެންމެންވެސް އުއްމީދުކުރަނީ. ޓީމުގެ ކުޅުންތެރިންގެ ތިބީ ވަރަށް ރަނގަޅު ރޫހެއްގައި. ހާއްސަކޮށް ދަނގަޑޭގެ އެނބުރި އައުން ވެގެންދިޔައީ ޓީމް އިތުރަށް މޯޓިވޭޓްވެގެންދިޔަ ކަމަކަށް. ޗައިނާ އަތުން ސަޕްރައިޒިންގެ ރެޒަލްޓެއް ބޭނުން ނަމަ އެންމެން އެއް ރޫޙެއްގައި ތިބުމަކީ ފަސޭހަ އެއް،" ނިހާޓް ބުންޏެވެ.

ގައުމީ ޓީމުން ބޮޑު މެޗަކާއި ކުރިމަތިލާއިރު ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދޮޅު އަހަރަށް ފަހު ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމާ ގުޅުމެވެ. ދަނގަޑޭ އަލުން ޓީމަށް ނެގީ އެ މައްސަލައިގައި މާފަށް އެދުމުން ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ހާމަކޮށްފައިވާއިރު ދިވެހި ސަޕޯޓަރުން މިހާރު ތިބީ މިރޭގެ މެޗުގައި ދަނގަޑޭގެ ކުޅުން ދެކެން ކެތްމަދުވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ޗައިނާ އާއި ވާދަކޮށްފައިވެ އެވެ. ރަޝިއާ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގައި ކުޅުނު ދެ މެޗުން، ފަސޭހަކަމާއެކު އެގައުމުން ރާއްޖޭގެ މައްޗަށް ކުރިހޯދިއިރު އެ ފަހަރު ރާއްޖޭގައި ކުޅެން އޮތް ހޯމް މެޗު ވެސް ޗައިނާ އަށް ބަދަލުކުރީ އެ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ސަބަބުން ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުން ވެފައި ހުރުމުންނެވެ.

މިރޭ ޗައިނާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ.