ވޯލްޑް ކަޕް ކޮލިފިކޭޝަންސް ގައި މިރޭ ޗައިނާ އާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ބައްދަލުކުރާ މެޗް ބައްލަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަޑައިގަންނަވާނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ވިދާޅުވީ، މިރޭ 20:00 ގައި ގަލޮޅު ދަނޑުގައި އޮންނަ މި މެޗް އަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ކަމަށާއި އޭގެ އިތުރުން ގައުމީ ޓީމުގެ ޖޯޒީ ރަސްމީކޮށް ރައީސް ސޯލިހު ލޯންޗުކޮށްދެއްވާނެ ކަމަށެވެ.

ގައުމީ ޓީމް މިރޭގެ މެޗަށް ނުކުންނަ އިރު، މިދިޔަ ހަފްތާގައި ވަނީ ރަށުން ބޭރުގައި ގުއާމް އާއި ދެކޮޅަށް ކުޅުނު މެޗްގައި 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެ މެޗްގައި ރާއްޖޭގެ އެންމެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމަނާފައެއް ނުވެއެވެ. މިރޭ ޗައިނާއާއި ދެކޮޅަށް ނުކުންނަ އިރު ގައުމީ ޓީމުން ދަގަނޑޭ އަށް ވަނީ ޖާގަ ދީފައެވެ.

އެހެން ނަމަވެސް އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ވަނީ ދަގަނޑޭ ފުރަތަމަ 11 އިން ނުފެނިދާނެ ކަމުގެ އިޝާރާތެއްވެސް ދީފައެވެ. ކޯޗް ބުނެފައިވަނީ އޭނާ ދަގަނޑޭ ޓީމުގައި ހިމަނާނީ މަޑު މަޑުން ވިސްނައިގެން ކަމަށެވެ. ދަގަނޑެ ނުލާ ދިވެހި ޓީމުން ފާއިތުވެދިޔަ 2 އަހަރުތެރޭ ރަނގަޅު ނަތީޖާ ތަކެއް ނެރެފި ކަމަށާއި އެހެން ކަމުން ދަގަނޑޭ އާ މާ ބޮޑަށް ޕްރެޝަރ އެއް ނެއް ކަމަށެވެ.

ގްރޫޕް އޭ ގައި ގުއާމް އާއި ޗައިނާގެ އިތުރުން ދެން ހިމެނެނީ ފިލިޕީންސް އާއި ސީރިޔާއެވެ. ވޯލްޑް ކަޕް ކޮލިފައިން މި ފަހަރު ވެސް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންއާ އެއްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަފީ

    ގައުމީ ޓީމް މޮޅުވާން ބޭނުންނަނަމަ އިބުރާހިމް މުހައްމަދު ސޯލިހް ދަނޑަށް ނުވައްދާތި. ސަބަބަކީ ވަގު ވޯޓުން ވެރިކަމަށް އައި މީހެއްގެ ބަރަކާތެއް ނެތް!

    13
    2
  2. މޮޑީ

    ރިިއްޗެއްނު. ތިމީހާ ދިޔައީމަ އެ ބަލިވީ. ދެން މީނާ ދަނޑަށް ނުވައްދާތި.

    3
    1