ނިއުރޭޑިއެންޓުން މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން

މިރޭ ކުޅުނު އޭފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުގައި ފަހު މިނެޓުގައި ޖެހި ގޯލަކުން އިންޑިއާގެ ބެންގަލޫރު އެފްސީ އިން ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.

Error, group does not exist! Check your syntax! (ID: 111)

މިރޭ ރާއްޖެ ގަޑިން 7:30 ގައި ބެންގަލޫރުގެ ދަނޑުގައި ފެށި މެޗުގައި ނިއުގެ ފުރަތަމަ އެގާާރައިގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހިމަނާފައެވެ. ނަމަވެސް ބެންގަލޫރުގެ ފުރަތަމަ އެގާރައިގައި އެޓީމުގެ މަޝްހޫރު ކުޅުންތެރިޔާ ސުނިލް ޗެތްރީ ހިމަނާފައި ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް މާ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައި ނުވެއެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައި ވަނީ ނިއު އިންނެވެ.

ދެވަނަ ހާފުގައި އަޝްފާގު ދިން ޕާހަކުން ނިއުގެ ބިދޭސީ ކުޅުންތެރިޔާ ގުއިލެމް ވަނީ އޮފްސައިޑު ގޯލެއް ޖަހާފައެވެ. އޭގެ ފަހުން ދެ ޓީމުންވެސް ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އެގޮތުން ބެންގަލޫރުގެ ކުޅުންތެރިއަކަށް ހުސް ފުރުސަތެއް ލިބިގެން ދިޔަ ނަމަވެސް ނިއު އިން ވަނީ އެ ހަމަލާާ ދިފާއުކޮށްފައެވެ.

ބެންގަލޫރު އިން އެ ޓީމުގެ ތަރި ސުނިލް ޗެތްރީ އެރުވީ މެޗު ނިމެން 10 މިނެޓަށް ވެފައި ހުރިކޮށެވެ. މެޗެގެ 90 ވަނަ މިނެޓުގައި ޗެތްރީ އުފެއްދި ފުރުސަތަކުން ބެންގަލޫރުގެ ކުޅުންތެރިއަކު ގޯލު ޖެހިއެވެ. އޭނާ ބޯޅަ ފޮނުވާލީ ހުސް ދާގަނޑަށެވެ.

މި ގްރޫޕްގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވުނު މި މެޗްގެ ކުރިން ނިއު އަދި ބެންގަލޫރަށްވެސް ލިބިފައި އޮތީ 6 ޕޮއިންޓެވެ. ނަމަވެސް ނިއު ކުރީގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. މިއަދުގެ ނަތީޖާއާ އެކު ގްރޫޕުގެ އެއްވަނައިގައި އޮތީ ބެންގަލޫރެވެ.

ގްރޫޕް ސްޓޭޖްގައި ނިއު އެންމެ ފުރަތަމަ ބައްދަލުކުރީ ބަންގްލަދޭސްގެ އަބަހާނީއާއި ދެކޮޅަށެވެ. ރަށުން ބޭރުގައި ކުޅުނު އެމެޗް 0-1 އިން ނިއު އިން ކާމިޔާބު ކުރިއިރު ދެވަނަ މެޗް އިންޑިޔާގެ އައިޒައުލް އާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅެ ނިއު އިން ކާމިޔާބްކުރީ 1-3 ގެ ނަތިޖާ އަކުންނެވެ.

މި މެޗަށް ނިއު އިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުރި އިރު އެ ޓީމުގެ އަމާޒަކަށްވީ ބެންގަލޫރު އަތުން މަދުވެގެން ޕޮއިންޓެއް ހޯދުމެެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚކޮބާ އަސްފާގް މި މެޗް ހަދިޔާ ކުރާނީ ކާކައް މިފަހަރު.

  2. ޢަސްފާގު މިމެޗުގަ ކަޑަ ހެދި