އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ދަތުރު ކޮށްފިއެވެ.

މިއީ އަންހެން ވޮލީ ޓީމް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ރާއްޖެ ފައިނަލަށް ދަތުރު ކުރީ ބޮޑު ތަފާތަކުން އަފްގާނިސްތާން ބަލި ކުރުމަށްފަހުއެވެ.

މިއަދުު ކުޅުނުމެ މެޗްގައި ފުރަތަމަ ސެޓް ރާއްޖެއިން ގެންދިޔައީ 6-25 ގެ ބޮޑު ތަފާތަކުންނެވެ.

ދެވަނަ ސެޓް 7-25 އިން ކާމިޔާބު ކުރިއިރު، ތިންވަނަ ސެޓްްވެސް ކާމިޔާބު ކުރީ 8-25 ގެ ބޮޑު ތަފާތަކުންނެވެ.

މި މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ.

ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ކިޒިގިސްތާނާއި ވާދަކޮށް 3-2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. ރާއްޖެ އިން އިއްޔެ ބަންގްލަދޭޝްވެސް ބަލި ކުރީ ސީދާ ތިން ސެޓުންނެވެ.

ލީގު ބުރުގެ ފަހު މެޗްގައި މާދަމާ ރާއްޖެ ނުކުންނަނީ ވަރުގަދަ ނޭޕާލް އާ ދެކޮޅަށެވެ.

ރާއްޖެއިން ފައިނަލަށް ދަތުރު ކުރުމުން މި މުބާރާތުގެ ޓާގެޓް މިހާރު ވެސް ރާއްޖެއަށް ވަނީ ހާސިލް ކުރެވިފައެވެ. މި މުބާރާތާ ރާއްޖެ ކުރިމަތިލީ މެޑައްޔެއް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ.

ގައުމީ އަންހެން ވޮލީ ޓީމު ފަހަކަށް އައިސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މި މުބާރާތަށް ޓީމު ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ) އިރުޝާދުގެ ދަށުންނެވެ. މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ރާއްޖޭން ތައްޔާރުވިއިރު، ގައުމީ ފިރިހެން ޓީމަށް ދާދި ފަހުން ހަމަޖެއްސި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔަޗް ވަނީ އަންހެން ޓީމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މަރުހަބާ

    14
    1
  2. ބުރުގާ

    ތިކަހަލަ ކަޗޯޅީ މުބާރާތްތަކުގަ ދިވެހިން މޮޅުވާނެ. އަވަހައް ތި ބައިވަރުތައް މާލެގެނެސް ކޮއްމެ ބޮލަކައް 1 މިލިޔަން ރުފިޔާދީ.

    9
    9
    • ޜޮޒޭ

      ބުރުގާ ހާދަ ޖޭ ވެޔާ ދޯ.

      4
      1
  3. ވަގުތު

    ދިވެހިން ކޮންމެ ކަމެއް ކުރރިޔަސް ތާރީހުގެ ތެރެއަށް ނުވަން ގޮތެއްނޯވެ. މޮޅުވިޔަސް ތާރީހުގެ ތެރެއަށް. ބަލިވިޔސް ތާރީހުގެތެރެއަށް އެއްވަރުވިޔަށް ތާރީހުގެ ތެރެއަށް. ގޯލެއްޖެހިޔަސް ތާރީހުގެ ތެރެއަށް ބޯހަލާކު

    19
    3
  4. ސާބަސްދެން

    ދެން އޮތީ ފިރިހެން ޓީމަށް މިކަންވާނެކަން ސާބިތުކޮއްދިނުން.

    9
    1
    • ކޮސްބެ

      ހީވޭތަ ފިރިހެންޓީމަށް ވާނެހެން. ޢަވަށްޓެރި ލަންކާކުދިން އެސޮރުމެން ތަޅާބަލިކޮށްފި. ދެން ކިހިނެއްވާނީ.

  5. ޢާޟޯހު

    ވޮލީ އަންހެން ޓީމު?????

  6. މުއްތު

    ރާއްޖޭގެ އަންހެން ވޮލީޓީމަށް މަރުހަބާ