އަންގާރަ ދުވަހު ރޭ ކުޅުނު މެޗުގައި ލިވަޕޫލް އިން ވަނީ މެންޗެސްޓާ ޔުނައިޓެޑުން ހަދާފައިވާ ޗެމްޕިއަންސް ލީގުގެ ރެކޯޑެއް ބިންދާލާފައެވެ. އަދިވެސް ލިވަޕޫލް ކުޅެން 2 މެޗު އެބައޮތެވެ.

ލިވަޕޫލް އިން ބިންދާލާފައިވަނީ އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގުގައި އިނގިރޭސީ ލީގުގެ ޓީމަކުން އެންމެ ގިނައިން ޖަހާފާއިވާ ގޯލުގެ ރެކޯޑެވެ. ކްލޮޕްގެ ޓީމުން މުބާރާތުގެ 31 އަދި 32 ވަނަ ގޯލު ޖަހާފައިވަނީ އަންގާރަ ދުވަހު އިއްތިހާދު ސްޓޭޑިއަމްގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި 2-1 ގެ ނަތީޖާ އަކުން ސިޓީ ބަލިކުރި މެޗުގައެވެ.

17/2017 ސީޒަނުގައި 33 ގޯލު ޖެހުމާއެކު ލިވަޕޫލް ބިންދާލާފައިވަނީ 03/2002 ވަނަ ސީޒަނުގައި 32 ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑުން ހެދި ރެކޯޑެވެ. 56 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކޮށް ޔުނައިޓެޑުގެ ރެކޯޑާއި އަރާ ހަމަކުރި ގޯލު ޖަހާފައިވަނީ ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހުއެވެ. އަދި 20 މިނެޓު ފަހުން ރޮބާޓޯ ފަމީނިއޯ ގެ ގޯލުން ލިވަޕޫލް އަށް ރެކޯޑު ވަނީ ލިބިފައެވެ. އެއާއެކު 5-1 ގެ އެގްރެގޭޓު ނަތީޖާ އިން ލިވަޕޫލް ވަނީ ސިޓީގެ މައްޗަށް ކުރި ހޯދާފައެވެ.

ފަސޭހަ ކަމާއެކު 5-1 ގެ އެނަތީޖާއިން ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. މި ރެކޯޑު ބޮޑު ކުރުމަށް ލިވަޕޫލަށް އަދި 2 މެޗު އެބައޮތެވެ. އަދި ފައިނަލަށް ދަތުރު ކޮށްފިނަމަ ޔޫކްރޭނުގައި ކުޅޭ ފައިނަލްގައިވެސް އިތުރު ގޯލުތަކެއް ޖަހައި ރެކޯޑު ފުޅާކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށްދު9

    ލިވަޕޫލް މަހަށްފުރާގަޑި ޖެހިއްޖެ

  2. ސައު

    ޢެހެން ޓީމުތައް މިހާރު މަހައް ފުރީ ދޯ