ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓް ބޯޅައިގެ 3 ވަނަ ހޮވާ މެޗްގައި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމުން ބޫޓާން ބަލިކޮށް މުބާރާތުގެ ލޯ މެޑަލް ހޯދައިފިއެވެ.

އަންހެން ބާސްކެޓް ބޯޅަ ޓީމުން ބޫޓާން ބަލިކޮށްފައިވަނީ ފަސޭހަކަމާއެކު 37 ޕޮއިންޓްގެ ބޮޑު ލިޑާކާއެކު 83-46 އިންނެވެ. މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަށް ލިބުނު ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

މި ޓީމުން ބޫޓާން ކޮޅަށް ތިންވަނަ ހޮވާ މެޗަށް ނުކުތީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި ނޭޕާލް އަތުން ހިތްދަތިކޮށް ބަލިވުމުން އާ ހިތްވަރަކާއި އެކީ އެވެ. މަދު ކުޅުންތެރިން ހިމަނައިގެން މުބާރާތުގައި ވާދަކޮށް ގައުމީ ބާސްކެޓް އަންހެން ޓީމުން ވަނީ އެހެން ޓީމުތަކަށް ރަނގަޅު ޗެލެންޖެއް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ކުއާޓާ ފުރަތަމަ ޕީރިއަޑް ފިޔަވައި އަނެއް ތިން ކުއާޓާވެސް ޑޮމިނޭޓް ކުރީ ދިވެހި ޓީމުންނެވެ. ފުރަތަމަ ކުއާޓާގެ ފުރަތަމަ ޕީރިއަޑްގައި ލީޑް ގައި އޮތީ ބޫޓާނެވެ.

މެޗްގައި އެންމެ ގިނަ ޕޮއިންޓް ހޯދީ ފާތިމަތު ރިޝްމާއެވެ. އޭނާ ވަނީ ރާއްޖެއަށް 28 ޕޮއިންޓް ހޯދައިދީފައެވެ. ދެން އެންމެ ގިނަ ޕޮއިންޓް ހޯދީ 16 ޕޮއިންޓް ހޯދި ރައިފާ އިބްރާހިމް (ރައި) އެވެ. ކެޕްޓަން އާމިނަތު ޝިއުރާވެސް 15 ޕޮއިންޓް ހޯދިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ކޮބާ ނެޔްތަ ސުޕުނޭ އެސޯސި އޭޝަނޭ ކިޔަ އިގެން ކޮމަންޓް ކޮ އްލާނެ ނަޒީގެ ޕަޕެޓެ އް!!

  2. ޙަޖަމްބެ

    ޕަޕެޓުން ތި ބޭނީ އެސޯސިޢޭސަން ގަ ، އާކަމެއް ނޫން ލޯމެޑެލް ސުޕުން ނައް އާކަމަކައް ވިޔަސް، އަދި ކަލޯ މެނައް ވެސް