ރާއްޖެ އައުމަށް އެދި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިންގްލަންޑުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އަށް ދައުވަތު ދީފި އެވެ.

އިނގިރޭސި ލީގް ކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކަން ކޮށްދޭން ފުރުސަތު ލިބުނު ނަމަވެސް އޭގެ ބޭނުން ނުހިފާނެ ކަމަށާއި އެ ހާލަތުގައި އޭނާ ދާނީ ޗުއްޓީއަކަށް ރާއްޖެ އަށް ކަމަށް ގާޑިއޯލާ ބުނުމުން ދުނިޔޭގެ މީޑީއާތަކުގެ ސަމާލުކަމަށް ރާއްޖެ ވަނީ އައިސްފަ އެވެ.

"އަހަންނަށް އެއްވެސް ހުށަހެޅުމެއް ލިބިފައިނެތިއްޔާ އަހަރެން ހުންނާނީ ދިވެހިރާއްޖޭގައި. ފަހަރެއްގައި ރާއްޖޭގައެއް ނޫން އެއީ އެތަނުގައި ގޮލްފް ކޯހެއް ނޯންނާތީ. އެކަމަކު ސިޓީގައި މަސައްކަތްކުރުމަށް ފަހު އަހަރެން ޔުނައިޓެޑުގައި މަސައްކަތް ނުކުރާނަން. އެއީ ޔަގީން ކަމެއް. އެއީ އަހަރެން ބާސެލޯނާގައި މަސަތްކަތްކޮށްފައި ވާތީ ރެއާލް މެޑްރިޑުގައި ވެސް މަސައްކަތްނުކުރާނެ ބީދައިން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ މިވާހަކަ ތަކާއި ގުޅިގެން އެމްއެމްޕީއާރުސީގެ ރަސްމީ ޓުވިޓާގައި މިއަަދު ވަނީ ރާއްޖެ އަންނަން އެދި ގާޑިއޯލާ އަށް ދައުވަތު ދީފަ އެވެ. ރާއްޖޭގެ ގިނަ ރިސޯޓު ތަކުން ވަނީ މި ޓުވީޓް ރީޓްވީޓު ވެސް ކޮށްފަ އެވެ.

ފުޓްބޯޅައިގެ ޕްރެޝަރު ބޮޑުވެ ހާސްކަން ފިލުވާލަން ގާޑިއޯލާ އެންމެ ފަހުން އިހުތިޔާރުކުރީ ވެސް ރާއްޖެ އެވެ. އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ބައިނަލްއަގްވާމީ މެޗުތަކަށް އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމުން ލިބުނު ކުރު މުއްދަތުގައި ރާއްޖެ އައިސްފަ އެވެ. އޭނާ އެފަހަރު ޗުއްޓީ ހޭދަކުރީ ރަންދެލި ރިސޯޓުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާޑިޔާ

    އޭ ގޯލްފް ކޯސް ހުންނަ ރިސޯޓްވެސް ރާއްޖޭގަ ހުރޭ ގާޑިއޯލާ. ދައުވަތުދޭ ބަޔަކު ގޯލްފް ކޯސް ހުންނަ ރިސޯޓަކަށް އަވަހަށް ދައުވަތު ދީ. މީހަކު ހައިރާނެއްނުވާނެތަ މިއޮއްވަރަށް ރިސޯޓް މާކެޓް ކުރާއިރު ގާޑިއޯލާމެނަކަށް ނޭނގެ މިރާއްޖޭގަ ގޯލްފް ކީސް ރިސޯޓް ހުންނަކަމެއް. ސާބަސް ޓޫރިޒަމް މިނިސްޓްރީއަށް

  2. Anonymous

    ކޮންމެހެންވެސް މިމީހުން ގެންނަންވާނެ. ﷲ އަށް އީމާންވެ ހެޔޮބަސްބުނާ ރަންގަޅު ކޮންމެކަމަކަށް މަގުދައްކާ މުސްމުން ނުގެންނާތި !! އެއީ ނި ރުބަ ނޫނީ އެހެންވެސް އެބާވަތު ގެ ލޭބަލް އެއްގެ ބައެއް. ޢައި ރުދީނެއްގެ މީހެއްނަމަ އެމީހަކު އަންނަން ކޮންމެހެން ނޫޅުނަސް ދައުވަތުދީ ހުރިހާ ޚަ ރަދެއް ދީގެން ވެސް ގެންނަންވާނެ. މިމީހާގެނެސް ނަމާދުތައް އަޅާފަ ޒުވާނުންނާ ޅަކުދިން މިމީހާއާއިއެކު ފުޓްބޯޅަ ކުޅެން ފޮނުވާފަ މައިންބަފައިން ފަޚު ރުވެ ރިވެފަތިބެ ގެން އާޚިރު ނަތީޖާ އަކަށް ވާނީ ކޮންކަމެއްތޯ؟ މާތްﷲ އާއިވަކީލް.

    7
    1
  3. ޙުސްނާ

    ޞައިސްކަލޯޔާ އަށްވެސް އަދި ކާ ރިޔަލޯ އަށްވެސް ފު ރުސަތު ދޭންވާނެ..