ޔުވެންޓަސް އަށް ކުޅެމުން އަންނަ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެ ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ނަޒާރިއޯ މޮޅު ކަމަށް އިންޓަރ މިލާނުގެ ކުރީގެ ޑިފެންޑަރ މިކެލް ސިލްވެސްޓްރާ ބުނެފިއެވެ.

ފުޓްބޯޅަ ތާރީހުގައި "ރޮނާލްޑޯ" މި ނަމަކީ އެންމެން ވެސް ދަންނަ އަދި އެހާމެ ފުޓްބޯޅައާ ގުޅިލާމެހިފައިވާ ނަމެކެވެ. 90ގެ އަހަރުތަކުގައި ފުޓްބޯޅައިގެ އެންމެ ވިދުންގަދަވި ތަރި ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އަކީ ދުނިޔެ މިހާތަނަށް ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއެކު ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ފުޓްބޯޅައިގެ ރަސްކަން ކުރަމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މި ޖީލުގެ އެންމެ ވަރުގަދަ ފޯވަޑެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރޮނާލްޑޯ ނަޒާރިއޯއާ އަޅާކިޔާ މީހުން މަދެއް ނޫނެވެ. އެކި މީހުންގެ ހިޔާލު ހުންނަނީ އެކި ގޮތަށެވެ. އެގޮތުން އެންމެ ފަހުން މި ބަހުސަށް ޖަވާބު ދިނީ އިންޓަ މިލާން އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅެދިން ޑިފެންޑަރު މިކެލް ސިލްވެސްޓްރާ އެެވެ.

"ލުއިޒް ރޮނާލްޑޯ އޭރު ހުއްޓުވޭކަށް ވެސް ނެތް. އޭރު އޭނާ އަށް ނިސްބަތްކޮށް ގޮވަމުން ދިޔައީ "އެލް ފެނޯމެނޯ" ގެ ނަމުން. އަހަރެން މެސީއާ ދެކޮޅަށް ކުޅުނިން. އަނެއްކޮޅުން ކްރިސްޓިއާނޯ އާއެކު އެއް ޓީމެއްގައި ކުޅުނިން. އެކަމަކު ލުއިޒް ރޮނާލްޑޯ އަކީ އެހެން ލެވެލް އެކޭ ބުނެވޭނީ ސްޕީޑަށް ބަލާއިރު. ކްރިސްޓިއާނޯ ދެތިން ހެޓްރިކެއްގެ ބޭނުންކޮށްފާނެ. އެކަމަކު ލުއިޒް ރޮނާލްޑޯ މާ ތަފާތު. އޭނާ ދިޔައީ ދަނޑުމަތީގަ މުޅިން އާ ކަންތައްތައް އީޖާދު ކުރަމުން. ކޮންމެ ހާލަތަކުން ވެސް އޭނާ އަށް އިނގޭ ދެމިގަނެގެން ދާން. ކޮންމެ ޕޮޒިޝަނެއްގަ ހުރެ ގޯލު ޖަހަން އޭނާ އަށް އިނގޭ. އަނެއްކޮޅުން އެއް އިރެއްގަ އެއް ފައިން ކުޅެ އޭރު ދުނިޔޭގެ އެންމެ މޮޅެތި ޑިފެންޑަރުން ކައިރިން ބޭނުން އެއްޗެއް ހަދާލި، " ސިލްވެސްޓްރާ ބުންޏެވެ.

ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަން ރޮނާލްޑޯ ނަޒާރިއޯ އަށް އެންމެ ބޮޑަށް ލިބެން ފެށީ އޭނާ ސްޕެއިންގެ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރުގައެވެ. އޭގެ ފަހުން އޭރުގެ ދުނިޔޭގެ ރެކޯޑް އަގަކަށް އިންޓަރ މިލާނުން 1997 ވަނަ އަހަރު ރޮނާލްޑޯގެ ސޮއި ހޯދިއެވެ. އިންޓަރ އާއެކު ފުރަތަމަ ސީޒަނުގައި ވެސް ރޮނާލްޑޯ ވަނީ ދުނިޔެ އާއި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައެވެ. އިންޓަރ އާއެކު ހޭދަކުރި ތިންވަނަ ސީޒަނުގައި ކަކުލަށް ލިބުނު ސީރިއަސް ހާނީއްކައެއްގެ ސަބަބުން ރޮނާލްޑޯގެ ކެރިއަރު އަޑިއަޅާލި ނަމަވެސް އޭނާ ވަނީ އެނބުރި އައިސް ބްރެޒިލް އާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ފުޓްބޯޅައިން ރޮނާލްޑޯ ރިޓަޔާ ކުރިއިރު އޭނާ ވަނީ ކެރިއަރުގައި 518 މެޗުން 352 ގޯލު ޖަހައި 19 ތަށި އުފުލާލާފައެވެ. ރޮނާލްޑޯ ވަނީ ބާސެލޯނާ އާއި އިންޓަރ މިލާނުގެ އިތުރުން ރެއާލް މެޑްރިޑް އަދި އޭސީ މިލާނުގައި ވެސް އޭނާގެ ހުނަރު ސާބިތުކޮށްދީފައެެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޞަބީ

    އަޞްލު ދުނިޔޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔިކީ ބުރެޒިލް ރޮނާލްޑޯ

    59
    16
  2. ސަރޭ

    ބޮޑު ރޮނާލްޑޯގެ ކުޅުން ނުފެންނަ މީހުން ބުނާނެ ސީރޯނާލްޑޯ އޭ މޮޅީ..

    ހަމަ އެކަނި ރާއްޖޭ ފުޓްބޯޅަ ބަލާ މީހަކައް ދިނިޔޭން އެންމެ މޮޅުކަމައް ފެންނާނީ އަސްފާގް

    48
    5
  3. ށަވިޔަނި

    ފުޓްބޯޅައިގެ ޖާދޫ ފެނުނީ ރޮނާލްޑީނިއޯ ފަރާތުން މަށައް އެއްމެ މޮޅީ އަބަދު ހެވިފަ ހުންނަ ޑީނިއޯ

    43
    5
    • ދައާޖިން

      ޑީނޯ އަސްލުވެސް އެންމެ ތަފާތީ، އެކި އެކި މައްސަލތަކާ ހުރެ ކެރިއަރަށް ހިޔަނި އެޅިގެން ނުދިޔަނަމަ، ބަޔަކު ކުރާނެ ބަހުސްއެއްވެސް ނޯންނާނެ.

  4. Anonymous

    ހަމަ މޮޅީ ޕޯޗުގަލް ރޮނާލްޑޯ

    17
    33
  5. ރޯރާ

    ހަމަ މޮޅީ ޕޯޗުގަލް ރޮނާލްޑޯ

    15
    30
  6. އަލީ

    މެސީ ދޯ އެންމެ މޮޅުވާނީ.. ދެން ބްރަޒިލް ރޮނާލްޑޯ ، ރޮނާލްޑިންހޯ.. މަރަޑޯނާ ޒިދާން ޕެލޭ ، ކުރިސްޓިއާނޯ ރޮނަލްޑޯ

    14
    27
  7. Anonymous

    މެސީ ކީއްވެ މޮޅުވާންވީ

    16
    16
  8. ރޯރާ

    މެސީ ކީއްވެ މޮޅުވާންވީ

    15
    12
  9. މާލެ

    މޮޅު ބަލަނި ކިހިނެއްތަ. އެމީހަކު ރުހެމީހަކު ރަނގަޅު ވަނީ ދޯ.

    24
    3
  10. އަލީ

    މެސީ މޮޅުވާންވީ ކީއްވެ ؟ 6 ބެލޮން ޑިއޯ އަދި 6 ރަން ބޫޓް އެބައޮަތްތަ އެހެން ކުޅުން ތެެރިއެއްގަ އަތުގަ؟ މެސީގެ އެސިސްޓްވި ވަރަށް އެހެން މީހަކަށް ވެވުނުތަ ؟ ޖަވާބު .. ނުލިބޭ.. ނުވޭ.

    17
    2
  11. ރޯރާ

    ހަމަ މޮޅީ މަގޭ ރޮނާލްޑޯ

    1
    2