4 ވަނަ މައިލޯ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ކުޅުން ނިންމާލައިފިއެވެ.

15 ސްކޫލަކުން 924 ދަރިވަރުން ވާދަކުރި 4 ވަނަ މައިލޯ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށް، އަދި 16 އަހަރުން ދަށުގެ އުމުރުފުރާއެވެ. މި ހުރިހާ އުމުރުފުރާއެއްގެ ކުޅުންވެސް ކުރިއަށް ގެންގޮސްފައިވަނީ އަންހެން، ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދިއިރު، މި އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސްކޫލެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަކަން މާފުށީ ސްކޫލް ހޯދިއިރު، މި އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މާފުށީ ސްކޫލެވެ. މިއީ މާފުށީ ސްކޫލް މިބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލެވެ.

މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ޗެމްޕިއަން ޓީމްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްއެވެ.

ގައުމީ ހޭންޑްބޯޅަ ކޯޓުގައި ނިމިގެންދިޔަ މުބާރާތާއި ގުޅޭ ގޮތުން ހޭންޑްބޯލް މޯލްޑިވްސްއިން ބުނީ މިއީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ކަމަށެވެ.