ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކުރާ 06 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023 ގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ޢާންމުކޮށް ހުޅުވާލާފިއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ގެޒެޓް ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ބައިވެރިވެފައިވާ އެންމެހައި ފަރާތްތަކުގެ މަސްލަޙަތައް ރިޢާޔަތްކޮށް މުބާރާތުގެ ޤަވާއިދު އިސްލާޙްކުރުމަށްފަހު، މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް ބަދަލުކޮށް، އަލުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާންކުރުމަށް ނިމިިދިޔަ ހުކުރު ދުވަހު ބޭއްވުނު އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ މި އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 07 މެއިވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންއަށް އީމެއިލް ކުރުމަށް ހޭންޑްބޯލް އެސޯސިއޭޝަން އިން އިއުލާންކޮށްފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް ފުރިހަމަކުރެއްވުމަށްފަހުގައި 14 މެއިވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހޭންޑްބޯލް އެސޯސިއޭޝަންއަށް އީމެއިލް ކުރުމަށްވެސް ބުނެފައިވެއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ކުރީން ފޯމް އަދި ޓީމް ލިސްޓް ހުށަހަޅުއްވާފައިވާ ކްލަބުތަކުން އަލުން ބައިވެރިވާ ފޯމް ހުށަހަޅަން ނުޖެހޭނެކަމަށެވެ. ނަމަވެސް، ޓީމް ލިސްޓައް ބަދަލެއް ގެންނަނަމަ އެފަދަ ބަދަލަކާއިއެކު މަތީގައި ބަޔާންކުރެވިފައިވާ ތާރީޚްގެ ކުރީން ހުށަހަޅަން އެ އެސޯސިއޭޝަނުން އިރުޝާދު ދީފައިވެއެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 20 މެއި 2023 ވާ ހޮނިހިރު ދުވަހެވެ. މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތުފަހުގެ ތާރީޚެއްގައި އަންގާނެ ވާހަކަވެސް އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އާއި ގުޅުމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ބުނެފައިވެއެވެ.