ލިވަޕޫލްގެ ކޯޗު ޖާޖެން ކްލޮޕް ބުނާގޮތުން އެޓީމުގެ ތަރި މުހައްމަދު ސަލާހު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެއް ލެވެލް އަކަށް އައުމަށް އޭނާ މިސީޒަނުގައި ދެއްކި ކުޅުން ކުރިޔަށް އޮތް 15 ސީޒަނުގައި ވެސް ދައްކަން ޖެހޭނެއެވެ.

މިމަހުގެ 24 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގައި ސަލާހު އަދި ރޮނާލްޑޯގެ ކުޅޭއިރު މުހިންމު ވަނީ ޗެމްޕިއަންސް ލީގު ތަށި ނަގާ ޓީމު އެކަންޏެއް ނޫނެވެ. މީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ގިނަ އަހަރު ތަކެއް ވަންދެން ވާދަ ކުރަމުން އައި ބެލޮން ޑިއޯ ހޯދުމަށް ވެސް ސަލާހުގެ މިމެޗުގެ ކުޅުން ވަރަށް މުހިންމެވެ.

"ސަލާހު މިސީޒަނުގައި ކުޅުނީ ވަރަށް މޮޅަށް، ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ 15 ވަރަކަށް ސީޒަން ވެސް ކުޅެމުން އައީ މިގޮތަށް، ރޮނާލްޑޯ ވަނީ އެހާމެ ގިނަ ގޯލު ޖަހާފަ، 47000؟ ހައިރާން ކުރުވަނިވި އަދަދުތައް" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ސަލާހު އާއި ރޮނާލްޑޯ އަޅާ ކިޔަންވީ ސަބަބެއް ނެތް ކަމަށެވެ. ޕެލޭ ކުޅުނު ޒަމާނުގައި އެއްވެސް މީހަކު ޕެލޭ އާއި އަޅާ ނުކިޔާ ކަމަށާއި އޭގެ ފަހުން މިހާރު ރޮނާލްޑޯ އަދި މެސީ، ދެކުޅުންތެރިންވެސް މިއަންނަނީ ފުޓުބޯޅަ ޑޮމިނޭޓް ކުރަމުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެދެކުޅުންތެރިން ނޫނަސް މޮޅު ކުޅުންތެރިން އެބަތިބި. ކަމަށް އޭނާ ބުންޏެވެ.

"މެސީ އާއި ރޮނާލްޑޯ ކުޅޭ އިރު އަބަދުވެސް ބޯޅަ ހޯދަނީ ގޯލު ޖަހާ ސަރަހައްދުން، އެއީ ދުނިޔޭގެ ފުޓުބޯޅައިގައި ކުޅުންތެރިންނަށް ކުރަން އެންމެ އުނދަގޫ ކަން. މިހެންވެ މެސީ އާއި ރޮނާލްޑޯ މެދުގައި މިހުރިހާ އަހަރު ބެލޮން ޑިއޯ ލިބެމުން އައީ. މިދެކުޅުންތެރިން ކުޅުން ހުއްޓާލުމަށްފަހު ހުރިހާ އެންމެން ވެސް ހަނދާން ވާނެ %100" ލިވަޕޫލްގެ ކޯޗު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިޝްއާލް

    މިހާރުވެސް އޮތީ ރޮނާލްޑޯއަށް ވުރެ މަތީގަ
    ލޮލްަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ