ޕްރިމިއަރ ލީގުގައި މިރޭ ތާވަލުގެ އެއްވަނައިގައި އޮތް އެވަޓަންގެ މައްޗަށް ސައުތެމްޓަންް އިން ކުރިހޯދައިފިއެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މިސީޒަންގައި މޮޅު ކުޅުމެއްދައްކަމުން އައި އެވަޓަން ލީގުގައި ބަލިވި މިއީ ފުރަތަމަ ފަހަރެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގައި ގިނަ ހަމަލާ އުފައްދާ ގޯލްޖަހާނެ ރަނގަޅުފުރުސަތުތަކެއް ތަނަވަސްކުރެވިފައިވަނީ ސައުތެމްޓަަނަށެވެ.

މެޗުގައި އެޓީމުން ޖެހިފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ވާޑެވެ. މިއި ޖޭމްސް އާއި ޑެނީ އިންގްސްގެ ފަރާތުން ރަނގަޅު ޕާސިންގް ތަކަކަށްފަހު ޑެނީ އިންގްސް ތަނަވަސްކޮށްދިން ރީތި ލަނޑެކެވެ.

ސައުތެމްޓަންއިން މެޗުގައި ޖެހި ދެވަނަ ލަނޑު ފުރަތަމަ ލަނޑުޖެހިތާ 8 މިނެޓުފަހުން އެޓީމަށް ކާމިޔާބުކޮށްދިނީ ޗީ އެޑަމްސްއެވެ. މިއީ ޑެނީ އެޑަމްސް އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް މުޅިން ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މެޗުން ބަލިވިނަމަވެސް އަދިވެސް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އޮތީ އެވަޓަންއެވެ. މެޗުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން އެއްވަރުވިނަމަވެސް އެވަޓަންއަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިދެޓީމްވެސް ވަނީ 6 މެޗުން 13 ޕޮއިންޓުހޯދާފައެވެ. ސައުތެމްޓަނަށް ހަމެޗުން ހޯދި 10 ޕޮއިންޓާއިއެކު ލިބެނީ ތާވަލްގެ ފަސްވަނައެވެ.