ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓަސްއިން ކުޅޭ މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުޅެވޭތޯ ބެލުމަށް ހެދި ތިންވަނަ ޓެސްޓުންވެސް ރޮނާލްޑޯ ފައްސިވެ މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

މިއީ އާދައިގެ މަތިން ކޮންމެ މެޗެއް ކުޅުމުގެ ކުރިން ކޮންމެ ކުޅުންތެރިއެއްވެސް ހަދާ ޓެސްޓެކެވެ. މިފަހަރުވެސް ރޮނާލްޑޯ ޓެސްޓުކުރީ އޭނާ ބަލިން ރަނގަޅުވިތޯ ކަށަވަރުކުރުމުގެ ގޮތުން އޭނާގެ ކުލަބް ޔުވެންޓަސްއިންނެވެ.

ރޮނާލްޑޯ ކޮވިޑަށް އެންމެ ފުރަތަމަ ފައްސިވިކަން ހާމަވީ ނޭޝަންސް ލީގުގައި ސްވިޑަންއާ ދެކޮޅަށް ކުޅުމަށް ޕޯޗުގަލްގެ ޓީމުގެ ކުޅުންތެރިން ހެދި ޓެސްޓުންނެވެ.

ރޮނާލްޑޯ އެންމެ ފަހުން ޔުވެންޓަސްއަށް ކުޅެފައިވަނީ އެޓީމުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރޯމާއާއި ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައެވެ.

ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންކަމަށް ގިނަބަޔަކު އިއްތިފާގުވާ ރޮނާލްޑޯ އަދި މެސީ ބައްދަލުކުރާ މެޗަކީ ގިނަ ސަޕޯޓަރުން އިންތިޒާރުކުރަމުން ދިޔަ މެޗެކެވެ. ނަމަވެސް ރޮނާލްޑޯއަށް މި މެޗުގައި ނުކުޅެވޭނޭކަން ކަށަވަރުވުން މިއީ ގިނަބަޔަކު މާޔޫސްކުރުވާނެ ކަމެކެވެ. ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވިފަހުން މިހާތަނަށް މި ދެ ކުޅުންތެރިން ކުރިމަތި ލާފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕައްޓި

    ހަލާ މެޑްރިޑް

    2
    1
  2. ލާމު

    ބޮޑާބެ އަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެ. ހުންނާނީ ރާކަނި މަސް ކެވިފަ.

    5
    6
  3. ރޯރާ

    ވަރަށް ދެރަ ރޮނާލްޑޯ އަށް ނުކުޅެވޭތީ😔

    3
    3