ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ބާންލީ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާންލީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައެވެ ލިވަޕޫލަށް މި ލަނޑު އެެ ޓީމަށް ކާމިޔާބުކޮށްދިނީ އޭޝްލީ ބާންސް އެވެ. ބާންސް މި ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ބާންލީ އަށް އެންމެފަހުން ލިވަޕޫލްގެ ދަނޑުގައި މޮޅެއް ލިބުނީ 1974 ވަނަ އަހަރުއެވެ. އެހެންކަމުން މިއީ ބާންލީއަށް ތާރީހީ މޮޅެކެވެ. އަނެއްކޮޅުން މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލް ބަލިކުރެވުމަކީ ވެސް އެ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ލިވަޕޫލްގެ އެންމެފަހުން އެ ޓީމުގެ އަމިއްލަ ދަނޑުގައި މެޗަކުން ބަލިވީ މީގެ ހަތަރު އަހަރުކުރިންނެވެ. އެއީ 2017 ވަނަ އަހަރު ކްރިސްޓަލް ޕެލަސް އާއި ވާދަކުރި މެޗުންނެވެ. މި ސީޒަނުގައި ކްރިސްޓަލް ޕެލަސް އޮތީ ތާވަލުގެ 13 ވަނައިގައެވެ.

މި މޮޅާއެކު ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ ވަނީ ތާވަލުގެ 16 ވަނައަށް ޖެހިލާފައެވެ. އެއާއެކު އެ ޓީމު ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވެފައެވެ.