އައްޑޫސިޓީގެ ޒުވާނުންނަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް "ވަގުތު ޔޫތު ކަޕް" ގެ ނަމުގައި ބާއްވާ ފުޓުބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކަށް އިކުއިކްސް ޕްރައިވެޓް ލިމިޓެޑް ހަަމަޖެހިއްޖެ އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ވިޔާފާރި ކުރަމުން އަންނަ އިކުއިކްސް ކުންފުނީގެ ފިހާރަތަކަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ މަގުބޫލު ފިހާރަތަކެކެވެ. އަދި ދިވެހިންގެ މެދުގައި މަގުބޫލު އެތައް އުފެއްދުންތަކެއް ވިއްކަމުން އަންނަ ބައެކެވެ.

އިކުއިކްސް އިން ދަނީ މާލޭ ސަރަހައްދުގައި ފަސް ފިހާރައެއް ހިންގަމުންނެވެ. އެއީ ދެ ހޯލްސޭލް ފިހާރައާއި ދެ ރީޓެއިލް މާކެޓް ފިހާރަތަކެވެ. މާލޭގައި ހަތަރު ފިހާރައެއް ހުރިއިރު ހުޅުމާލޭގައި ވެސް ފިހާރައެއް ހުރެއެވެ. މާލޭގައި ހުރި ފިހާރަތަކުގެ ތެރެއިިން "މެގަސޭލް" އަދި "އިކުއިކްސް" ފިހާރައަކީ ހޯލްސޭލް ސާމާނު ވިއްކާ ފިހާރަތަކެވެ. މި ދެ ފިހާރަވެސް ހުންނަނީ ނޯތު ހާބަރ ސަރަހައްދުގައެވެ.

ދެން ހުރި ތިން ފިހާރައިގެ ތެރެއިން ހުޅުމާލޭގައި ހުޅުވާފައި ހުންނަނީ "މެގަސޭލް ޓްރޭޑް" އެވެ. ދިވެހިންގެ މެދުގައި މަގުބޫލު "މުދާފޮށި" ފިހާރަ އަދި މާފަންނު މުރަނގަ މަގުގައި ހުންނަ "އިކުއިކްސް އެކްސްޕްރެސް" ފިހާރައަކީ ވެސް މަގުބޫލު އަދި ދިވެހިންނަށް ބޭނުންވާ ގިނަ ސާމާނުތައް ވިއްކާ ފިހާރަތަކެކެވެ.

މަޝްހޫރު "ސްޓޫޓްސް" ބްރޭންޑުގެ އުފެއްދުންތަކުން ފެށިގެން ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑުތައް އިކުއިކްސްގެ ފިހާރަތަކުން ލިބެންހުރެއެވެ. އަދި ބަދިގޭ ސާމާނާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުތައް ވެސް ހެޔޮއަގުގައި މި ފިހާރަތަކުން ލިބެން ހުރެއެވެ.

ވަގުތު މެނޭޖްމަންޓުން " ވަގުތު ޔޫތު ކަޕް" ފުޓުބޯޅަ މުބާރާތް ބާއްވަން ނިންމީ އައްޑޫސިޓީގައި ހުނަރުވެރި ފުޓުބޯޅަ ތަރިން އުފެއްދުމާއި، އަތޮޅުގައި ފުޓުބޯޅަ ކުރިއެރުވުމުގެ މަޤްސަދުގައެވެ. މީގެކުރިން "ވަގުތު" އިން ދަނީ ކޮންްމެ އަހަރަކުވެސް ފުޓްސަލް މުބާރާތެއް އައްޑޫގައި ބާއްވަމުންނެވެ.

މިއީ ބޮޑަށް ޒުވާން ކުޅުންތެރިންނަށް ހުޅުވާލެވިގެން ބާއްވާނެ ފުޓުބޯޅަ މުބާރާތެކެވެ. މި މުބާރާތް އައްޑޫސިޓީގައި ބޭއްވުމަށް މަސައްކަަތްކުރަނީ މިއަހަރުގެ ބޮޑު ޗުއްޓީއާއި ދިމާކޮށެވެ. މުބާރާތް ބާއްވާނެ ރަސްމީ ތާރީޚެއް ފަހުން އިއުލާނުކުރެވިގެން ދާނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ލިބިގެންދާނެ އެވެ. ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު އެހެނިހެން ވަނަވަނަ ހޮވުމަށްވެސް ވަނީ ނިންމާފައެވެ.

"މިއީ އައްޑޫސިޓީގައި ފުޓުބޯޅަ ދިރުވާ އާލާކުރަން ކުރާ މަސަައްކަތުގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮތްކަން ހާމަކޮށްދޭން ބާއްވާ މުބާރާތެއް، އުއްމީދަކީ މި މުބާރާތުގެ ސަބަބުން މި އަތޮޅުން ފުޓުބޯޅައިގެ ތަރިންތަކެއް އުފަންވެ އަތޮޅާއި މުޅި ޤައުމަށް އޭގެ ފައިދާ ލިބިގެންދިއުން" ވަގުތު މެނޭޖްމަންޓުން މައުލޫމާތުދެއެވެ.

"ވަގުތު ފުޓްސަލް ޗެލެންޖުގެ ނަމުގައި މި ވޭތުވެދިޔަ ހަތަރު އަހަރު އައްޑޫސިޓީގައި ވާނީ ފުޓްސަލް މުބާރާތެއް ބާއްވާފައެވެ. މި މުބާރާތް ވެގެންގޮސްފައިވަނީ މުޅި ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު، އަދި އެންމެ ފޯރިގަދަ މުބާރާތުގެ ގޮތުގައެވެ. މިދިޔަ ޑިސެމްބަރު މަހު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފްސީ އުސްގަނޑަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާހިލްމީ ބާދަލާ

    ޢިކުއިކްސް ގެ ވެރިޔާ އަކީ ފުޓްބޯލް އާއި ބޭސް ފަރުވާ އާައި ގުޅުން ހުންނަ ކަންކަމުގައި ވަރަށް ބޮޑު ޝައުގު ވެރި ކަމެއް ހުންނަ އައްޑު އައް ނިސްބަތް ވާ ބޭ ފުޅެކެވެ.މި ޖެނުއަރީ މަހުވެސް ދުބާއީގަައި އޮތް ހަކީމީ ބޭސް ވެރިކަމާއި ބެހޭ ސެމިނާރ އެއްގައި ބަަައިވެރިވެ ވަޑައި ގަތެވެ.