ލިވަަޕޫލްގެ ލެޖެންޑް އިއާން ޖޯން އުމުރުން 82 އަހަރުގައި މަރުވެއްޖެއެވެ.

އިނގިރޭސި އެފްއޭ ކަޕުގައި 1965 ވަނަ އަހަރު އޭނާ އެންމެ ބޮޑަށް ފާހަގަވީ ލިވަޕޫލް މޮޅުކޮށްދިން ގޯލުންނެވެ. އޭނާ ލިވަޕޫލަށް ކުޅެފައިވަނީ 1961 އިން ފަށައިގެންނެވެ. އެ ޓީމަށް ކުޅުނު ދުވަސްވަރު އޭނާ ވަނީ ސްކޮޓްލޭންޑް ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދަައްކާފައެވެ.

ސްކޮޓްލޭންޑް ގައުމީ ޓިމަށް އޭނާ ވަނީ 9 ގޯލު ޖަހާފައެވެ. އަދި މުހިއްމު މެޗުތަކުގައި އޭނާގެ ފަރާތުން ޓީމަށް ފައިދާހުރި ކުޅުމެއް ކުޅެފައިވެއެވެ. ސްކޮޓްލޭންޑް ގައުމީ ޓިމަށް ޖުމްލަ 21 މެޗުގައި އޭނާ ކުޅެފައިވެއެވެ.

އޭނާގެ އާއިލާއިން ބުނެފައިވަނީ ވަކިވެގެން ދިޔައީ ލޯބިވާ ބައްޕަ އަދި ކާފަ ކަމަށާއި ގިނަ ދުވަސްތަކެއްގައި ބަލިވެ އުޅުމަށްފަހު މި ދުނިޔެއިން އޭނާ ވަކިވުމުން އާއިލާގެ އިތުރުން ސަޕޯޓަރުންނަށް އަަސަރު ކުރުވާފައިވާ ކަމަށެވެެ. މި ދަނޑިވަޅުގައި އޭނާގެ އިއާން ޖޯން އަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި އެރޯ ޕާކް ހޮސްޕިޓަލުގެ ހުރިހާ ސްޓާފުންނަށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.

އިއާން ޖޯން އެންމެ ބޮޑަށް ވިދާލީ ލިވަޕޫލުންނެވެ. އޭނާ ވަނީ އެ ޓީމަށް 80 އަށްވުރެ ގިނަ ލަނޑު ޖަހައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފަައެވެ.

ލިވަޕޫލަށް ގް ކުޅެ 80 ގޯލު ޖަހައި އެތައް ބަޔެއްގެ ސަމާލުކަން ހޯދާފައެވެ. އޭރު އޭނާ ލިވަޕޫލަށް ކުޅެދިން އަގަކީ 37،500 (ތިރީސް ހަތްހާސް ފަސްސަތޭކަ) ޕައުންޑަށެވެ. މިއީ އެ ޒަމާނުގެ އަގަށް ބަލާއިރު ބޮޑު އަގެކެވެ.

އިއާން ގެ ކުއްލި ވަކިވުމާއެކު ލިވަޕޫލުން ވެސް ވަނީ ހިތާމައިގައި ބައިވެރިވިކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ލިވަޕޫލުން ވަނީ އިއާން އެ ޓީމަށް ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކޮށްފަ އެވެ. އަދި އޭނާ ވަކިވި ހަބަރާއެކު ކުލަބަށް ހިތާމަވެރިކަން ވެރިވިކަމަށެވެ.

ގިނަ މީހުންގެ ސަމާލުކަން ލިބިފައިވާ އެސްޓީ ޖޯން އިތުރަށް މަޝްހޫރު ވެގެން ދިޔައީ ފުޓުބޯޅ ޓީވީ ޝޯއަކުންނެވެ. ކުޅުމުން ރިޓަޔާވުމަށްފަހު 1985 އިން ފަށައިގެން 1992 ގެ ނިޔަލަށް 'ސައިންޓް އެންޑް ގްރީވްސީ' ޝޯ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަ ޝޯއެކެވެ. .

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބބޖ

    ސޯ ވަޓް... ކާފަ ރެއް މަ ރު ވިއަސް އަހަ ރުމެންނަށް އަށަ ރެއް ނުކު ރާނޭ... އެތައް ދުވަހެއްގެ މަތިން މުސްލިމު އަހުންނާ ޢުހުތުންނާއި ތުއްތުކުދިން މަ ރުވީމަ އެއިން ކަމަކާ އެއްްޗެކޭ ބުނެ ވިސްނާ ފިކު ރު ކު ރާނެ ބަޔަކު ނޫޅޭ އެކަމް ފުޓްބޯޅަ ކުޅުން ތެ ރިއެއް މަ ރުވެއްޖާ އެހެޔޮ ކާފަ ރެއް ވިއަސް ފޭސްބުކް ތަންތަނަށް އެކަމުގެ ހިތާމަ ފާޅުކޮއް ލާނެ... އެކަމް އެތަށް މުސްލިމުންނެއް މަ ރު ވާއިރު އެކަމަށް ބަހެއް ވެސް އަދި ދުޢާ އެއްވެސް ކޮއްލާނޭ މީހަކު ނޫޅޭނޭ.... ެެެެެެެެެެެެެެެެެެެެެެެެެެެެެެެެ