ކްރޮއޭޝިޔާގެ ފުޓްބޯޅައިގެ އިސް މީހެއް ކަމަށްވާ މަމިކް 6 އަހަރާއި 6 މަހަށް ޖަލަށް ލައި ކްރޮއޭޝިޔާ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ޖޫރިމަނާ ކޮށްފިއެވެ.

މަމިކް ޖަލަށް ލާފައިވަނީ އޭނާ ޑައިނަމޯ ޒަގްރެބްގެ އެގްސެކެޓިވްގެ މަގާމުގައި ހުރި ދުވަސްކޮޅު އެތަކެއް މިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލަ އަކާއި ގުޅިގެންނެވެ. މައްސަލަތައް ފެންމަތިވުމުން އޭނާ ވަނީ ބޮސްނިއާ ބޯޑަރުން ފިލަން މަސައްކަތް ކޮށްފައެވެ.

ކުރީގެ ޑައިނަމޯ ޒަގްރެބް ކުޅުންތެރިންގެ ތެރޭގައި މިމައްސަލައިގައި ހިމެނިފައި ވަނީ ރިއަލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް އެވެ. މަމިކްގެ މައްސަލައިގައި އޭނާ ދޮގު ބަޔާންތައް ދިނުމުގެ ސަބަބުން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ.

2008 ގައި ޑައިނަމޯ ޒެގްރިބް އިން ޓޮޓެންހަމް އަށް ބަދަލު ވިއިރު އޭނާ އާއި ސުވާލު ކުރުމުން މިމައްސަލަ އާއި ގުޅޭ ގޮތުން އޭނާ އެއްވެސް ބަހެއް ބުނެފައި ނުވެއެވެ. މިމައްސަލަ އިންޓަނޭޝަނަލް މައިދާނަށް އައިސްފައި ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ގައި ކްރޮއޭޝިޔާގެ ސަޕޯޓަރުން ސްޓޭޑިއަމް ތެރޭގައި ބަޑިބޭސް ބޭނުން ކުރި މައްސަލަ އެއްގެ ތެރެއިންނެވެ.

މިމައްސަލަ އާއި ގުޅިގެން މިމަހު ފެށޭ ވޯލްޑް ކަޕުގައި ލޫކާ މޮޑްރިޗް އަށް ނުކުޅެވޭ ގޮތަށް ނިންމާފައެއް ނުވެއެވެ.