ވޯލްޑް ކަޕު ފެށެން ހަފްތާއަކަށް ވެފައި ވަނިކޮށް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު ބްރެޒިލްގެ މިޑްފިލްޑަރު، ފްރެޑްއަށް ފަރިތަކުރުންތަކުގެ ތެރޭގައި އަނިޔާ ވެއްޖެއެވެ.

ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ ބުނެފައިވާ ގޮތުގައި ލަންޑަނުގައި ކުރިޔަށްދާ ފަރިތަކުރުންތަކުގެ ތެރޭގައި އެނާގެ ފައިގެ ކުޑަ ހުޅަށް ވަނީ އަނިޔާ ވެފައެވެ. ފްރެޑްގެ އަނިޔާ އާއި ގުޅޭގޮތުން ޑޮކްޓަރު ބުނެފައިވަނީ ނުކުޅެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށާއި ހުކުރު ދުވަހު އިތުރަށް އަނިޔާ ވެފައި ވަނީ ކިހާ ބޮޑަށް ކަން ބެލުމަށް ޓެސްޓުތަކެއް ހަދާނެ ކަމަށެވެ.

ފްރެޑް

ބްރެޒިލް މިއަހަރުގެ ވޯލްޑް ކަޕުގައި ފުރަތަމަ ކުޅޭނީ ޖޫން 17 ވަނަ ދުވަހު ސްވިޓްޒަލޭންޑާއި ދެކޮޅަށެވެ. މީގެއިތުރުން ކޮސްޓަ ރީކާ ސާބިއާ އަދި ރަޝިއާ ވެސް ހިމެނެނީ ބްރެޒިލް އާއި އެއް ގުރޫޕެއްގައެވެ.

ޔުނައިޓެޑުން ވަނީ 47 މިލިއަން ޕައުންޑަށް ޝަކްތާރު ދޯނެސްކުން ފްރެޑު ގެނެސްފައެވެ. މީގެ އިތުރުން އޭނާގެ މެޑިކަލް މެންޗެސްޓާގައި ހަދާފައިވާއިރު މެންޗެސްޓާގެ އޮފިޝަލް ޕޭޖުން ވެސް ވަނީ ފްރެޑް ޓީމަށް ގެނައިކަން ހާމަކޮށްފައެވެ.