މާދަމާ ރޭ ރަޝިޔާގައި ފަށާ ވޯލްޑް ކަޕްގެ ފައިނަލަށް އިންގްލޭންޑް ދަތުރުކުރާނެ ކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް ލަފާކޮށްފިއެވެ.

ހަޒާޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ވާނެގޮތް ލަފާކޮށްފައެވެ.

އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ބަލާއިރު ހަޒާޑް ލަފާކުރި ގޮތުގައި ގްރޫޕް އޭ އިން ދެވަނަ ބުރަށް ދަތުރުކުރާނީ އުރުގުއޭ އާއި މިސްރެވެ. ގްރޫޕް ބީ އިން ސްޕެއިން އާއި ޕޯޗުގަލް، ގްރޫޕް ސީ އިން ފްރާންސް އާއި ޑެންމާކް، ގްރޫޕް ޑީ އިން އާޖެންޓީނާ އާއި ނައިޖީރިއާ، ގްރޫޕް އެފް އިން ޖަރުމަނާއި މެކްސިކޯ، ގްރޫޕް ޖީ އިން އިންގްލޭންޑާއި ބެލްޖިއަމް އަދި ގްރޫޕް އެޗް އިން ޕޮލެންޑާއި ކޮލަމްބިއާ ދެވަނަ ބުރަށް ދަތުރުކުރާނެ ކަމަށް ހަޒާޑް ވަނީ ލަފާކޮށްފައެވެ.

އަދި ދެވަނަ ބުރުގައި އުރުގުއޭ އާއި ޕޯޗުގަލް ބައްދަލުކޮށް އުރުގުއޭ ކުއާޓާފައިނަލަށް ދަތުރުކުރާނެ ކަމަށް ވެސް ހަޒާޑް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ނައިޖީރިއާގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ކުއާޓާ އަށް ފްރާންސް ދަތުރުކުރާނެ ކަމަށް ހަޒާޑް ލަފާކޮށްފައިވާއިރު މެކްސިކޯގެ މައްޗަށް ކުރި ހޯދައި ބްރެޒިލް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރާނެ ކަމަށް ވެސް އޭނާ ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން ޕޮލެންޑާއި ބެލްޖިއަމް ބައްދަލުކޮށް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރާނީ ބެލްޖިއަމް ކަމަށް ހަޒާޑް ލަފާކޮށްފައިވާއިރު މިސްރުގެ މައްޗަށް ކުރި ހޯދައި ސްޕެއިން ވެސް ކުއާޓާ އަށް ދަތުރުކުރާނެ ކަމަށް ހަޒާޑް ލަފާކޮށްފައިވެއެވެ. އަދި ޑެންމާކްގެ މައްޗަށް ކުރި ހޯދައި އާޖެންޓީނާ ކުއާޓާ އަށް ދަތުރުކުރާނެ ކަމަށާއި ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދައި ޖަރުމަނުން ވެސް ކުއާޓާ އަށް ދަތުރުކުރާނެ ކަމަށް ހަޒާޑް ލަފާކޮށްފައިވެއެވެ. އަދި އިންގްލޭންޑާއި އާއި ކޮލަމްބިއާ ބައްދަލުކޮށް ކުއާޓާ އަށް ދަތުރުކުރާނީ އިންގްލޭންޑް ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

މުބާރާތުގެ ކުއާޓާގައި އުރުގުއޭ އާއި ފްރާންސް ބައްދަލުކުރާނެ ކަމަށް ހަޒާޑް ލަފާކުރިއިރު، އެތަނުން ސެމީއަށް ދާނީ ފްރާންސް ކަމަށް ހަޒާޑް ބުންޏެވެ. އަދި ބްރެޒިލް އާއި ބެލްޖިއަމް ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވެ ބެލްޖިއަމް ސެމީއަށް ދާނެ ކަމަށް ހަޒާޑް ލަފާކުރިއިރު ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވެ ސެމީއަށް ދާނީ އާޖެންޓީނާ ކަމަށްވެސް ހަޒާޑް ލަފާކޮށްފައިވެއެވެ. މީގެއިތުރުން ޖަރުމަނާއި އިންގްލޭންޑް ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވެ ސެމީއަށް އިންގްލޭންޑް ދަތުރުކުރާނެ ކަމަށްވެސް އޭނާ ވަނީ ލަފާކޮށްފައެވެ.

ހަޒާޑް ލަފާކޮށްފައިވާ ގޮތުގައި މުބާރާތުގެ ސެމީގައި ފްރާންސް ބައްދަލުކުރާނީ ބްރެޒިލްއާއެވެ. އަދި އަނެއް ސެމީގައި ބައްދަލުކުރާނީ ޖަރުމަނާއި އިންގްލޭންޑެވެ. އެގޮތުން ސެމީގެ މެޗުތަކުން މޮޅުވެ މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އިންގްލޭންޑާއި ބެލްޖިއަމް ކަމަށް ހަޒާޑް ވަނީ ލަފާކޮށްފައެވެ. އަދި އިންގްލޭންޑާއި ބައްދަލުކޮށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނީ ބެލްޖިއަމް ކަމަށްވެސް ހަޒާޑް ވަނީ ލަފާކޮށްފައެވެ.