ކެލާ ޔޫތް ފޯރަމް (ކޭވައިއެފް) އިން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގެ ކުޅުން ފަށައިފިއެވެ.

މިއީ އެ ރަށު ޒުވާނުންނާއި ގުޅިގެން ކޭވައިއެފް އިން އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. ބުދަދުވަހު ފެށި މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ ފަސް ޓީމާއެކު އެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން ކޭވައިއެފް ގެ ނައިބު ރައީސް މުހައްމަދު ހަސަން ވިދާޅުވީ މިއީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ އެފްސީ ތޫނުފިލި، އެފްސީ ވޯވޯ، ޔަންގް ސްޓާސް، ޓައިޓަން އެފްސީ އަދި ޔޫކޭ ކޮވިޑް އެފްސީ އެވެ.

މުބާރާތުގެ މެޗެއްގެ މޮޅު ކުޅުންތެރިޔާ

ލީގު އުސޫލުން ކުރިޔަށްދާ މި މުބާރާތުގެ ފުރަތަމަ ދުވަހު ދެ މެޗެއް ކުޅުނެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ވޯވޯ އަދި ޓައިޓަންސް އެފްސީ އެވެ. މި މެޗު 10-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ޓައިޓަންސް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓައިޓަންސް ޓީމުގެ މުހައްމަދު ޝައިބާން އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ތޫނުފިލި އަދި ޔަންގްސްޓާސް އެވެ. މި މެޗު 20-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ތޫނުފިލި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ތޫނުފިލި ޓީމުގެ އަހުމަދު ވަހީދެވެ.

މުބާރާތުގެ ތެރެއިން

މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 28 އިން މެއި މަހުގެ 4 ގެ ނިޔަލަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 4 ވަނަ ދުވަހުގެ ރޭ 22:00 ގައެވެ. ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. އައްޑޫ ޝަކުވާ ބޯޓު

  ޝާ ހު ގެނެސްދެނީ ކުޅިވަރު ހަބަރު ދޯ.
  ވަރަށް ބުރަކޮށް ރަނގަޅަށް އަދި ފަރުވާތެރިކަމާއެކު ކުޅި ވަރުގެ ޙަބަރުތައް ގެނެސްދީފައި ހުންނަނީ.
  ތަފާތު. (:
  ރާއްޖޭގެ ހުރި ހައި ނޫސްތަކާއި އަޅާ ބަލާއިރު ވަގުތު ކުޅިވަރު ހަބަރުތަށް ވ ބެސްޓް. ޝާޙްގެ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ކަމަށް ފާ ހަނގަ ކުރެވޭނީ.
  ކުޅިވަރާއި އަދި ލިޔުންތެރިކަމަކީ ޝާ ހްގެ އެންމެ ބޮޑު ދެ ޕެޝަން؟ ދެއްތޯ؟

  ކީޕް އިޓް އަޕް.
  މަބުނާނޭ އިތުރު އެއްޗެއް ނެތް!