އަލީ އަޝްފާގް (ދަގަނޑޭ)، ނިއު ރޭޑިއަންޓް
ސަޕޯޓުކުރަނީ: އިޓަލީ
މޮޅު ކުޅުންތެރިއަކީ: ލިއޮނަލް މެސީ
ޗެމްޕިއަންކަން ހޯދާނީ: އާޖެންޓީނާ / ޖަރުމަން
"އިޓަލީ މި ފަހަރު ވޯލްޑް ކަޕަށް ކޮލިފައިއެއްނުވޭ. އެހެންވީމަ މި ފަހަރު ސަޕޯޓްކުރަނީ އާޖެންޓީނާ އަށް. އާޖެންޓީނާ ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް އުންމީދުކުރަނީ"
އަސަދުﷲ އަބްދުﷲ، މާޒިޔާ
ސަޕޯޓްކުރަނީ: ބްރެޒިލް
މޮޅު ކުޅުންތެރިޔަކީ: ލިއޮނަލް މެސީ
ޗެމްޕިއަންކަން ހޯދާނީ: ބްރެޒިލް
"ބްރެޒިލް މި ފަހަރު ރަނގަޅު ނަތީޖާއެއް ނެރޭނެ، ހާއްސަކޮށް ނޭމާ ފިޓުކޮށް ހުރިއްޔާ"
ހަސަން ނާއިޒް (ދާދު)، މާޒިޔާ
ސަޕޯޓްކުރަނީ: ސްޕެއިން
މޮޅު ކުޅުންތެރިޔަކީ: ލިއޮނަލް މެސީ
ޗެމްޕިއަންކަން ހޯދާނީ: ސްޕެއިން
"ސްޕެއިން މި ފަހަރު ތަފާތުވާނެ"
މުހައްމަދު އުމެއިރު، ނިއުރޭޑިއަންޓް
ސަޕޯޓްކުރަނީ: އާޖެންޓީނާ
މޮޅު ކުޅުންތެރިޔަކީ: ލިއޮނެލް މެސީ
ޗެމްޕިއަންކަން ހޯދާނީ: އާޖެންޓީނާ
"މި ފަހަރު މެސީ ވޯލްޑް ކަޕްގައި ރަނގަޅު ފޯމެއްގައި ކުޅެފިއްޔާ އާޖެންޓީނާ ތަށި ނަގާނެ ކަމަށް ގަބޫލްކުރެވޭ"
އިސްމާއިލް މަހެފޫޒް (އިންމަ)، މާޒިޔާ
ސަޕޯޓްކުރަނީ: އާޖެންޓީނާ
މޮޅު ކުޅުންތެރިޔަކީ: ލިއޮނެލް މެސީ
ޗެމްޕިއަންކަން ހޯދާނީ: އާޖެންޓީނާ / ޖަރުމަން
"ލިއޮނެލް މެސީ މި ފަހަރުގެ މުބާރާތުގައި ތަފާތު ދައްކާނެ ކަމަށް ބެލެވޭ. އުންމީދުކުރަނީ އާޖެންޓީނާ ކަމަށް ތަށި ގެންދާނީ. އެކަމަކު ވަރުގަދަ އެހެން ޤައުމުތައް ވެސް އެބައޮތް"
ސޮބާހު މުހައްމަދު (ސޮބާހް)، ވެލެންސިއާ
ސަޕޯޓްކުރަނީ: ޖަރުމަނަށް
މޮޅު ކުޅުންތެރިޔަކީ: ލިއޮނެލް މެސީ
ޗެމްޕިއަންކަން ހޯދާނީ: ޖަރުމަން / ސްޕެއިން
"ސީދާ ލަފާކުރަން ދަތިވާނެ ޗެމްޕިއަންކަން މިވެނި ބަޔަކު ހޯދާނޭ. އެކަމަކު ގަބޫލްކުރެވޭ ގޮތުގައި ޖަރުމަން، ސްޕެއިން، ބްރެޒިލް އަދި އާޖެންޓީނާ ތައްޓަށް ވާދަކުރާނެ"
އަލީ ސުޒޭން، ގްރީން ސްޓްރީޓްސް
ސަޕޯޓްކުރަނީ: އިންގްލެންޑް
މޮޅު ކުޅުންތެރިޔަކީ: ކްރިސްޓިއާނޯ ރޮނާލްޑޯ
ޗެމްޕިއަންކަން ހޯދާނީ: ބްރެޒިލް
"އިންގްލެންޑަށް ސަޕޯޓްކުރަނީ. އަދި މި ފަހަރު އިންގްލެންޑް ރަނގަޅު ހިސާބަކަށް ދާނެ ކަމަށް ބެލެވޭ. އެކަމަކު އޮތް ސްކޮޑުގެ ތަޖުރިބާ އަށް ވިސްނާފައި މި ފަހަރު ތަށި ނަގާނޭ ބުނަން ދަތި"
ސުޒޭން ހަމަ ތަފާތީ. އެންމެންނަށް ވެސް އެންމެ ކަމުދާ ކުޅުންތެރިޔަކީ މެސީ.